ކިޔެވުން ފެށީ ނަމެއްގައި; ފްލައިން ސްކޫލްގެ ދަރިވަރުންނަށް ހައްލެއް ނުލިބޭ

އައްޑޫ ފްލައިން ސްކޫލްގެ ބައެއް މަތިންދާބޯޓުތަކެއް. -ފޮޓޯ: އޭއޭއޭ ސްޓޫޑަންޓް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލްގެ ބައެއް މަތިންދާބޯޓުތަކެއް. -ފޮޓޯ: އޭއޭއޭ ސްޓޫޑަންޓް ޔޫނިއަން

އައްޑޫ ސިޓީގައި ޕައިލަޓުން ތަމްރީނުކުރާ އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ)އާ އެވިޑް ކޮލެޖުން ހަވާލުވެ، އެތަނުގެ ކިޔެވުން އަލުން ފަށާފައިވަނީ ނަމެއްގައި ކަމަށާއި، ކޯސް ނިންމުމާ މެދު ހުރި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބޭކަމަށް އެތަނުގައި ކިޔަވާ ދަރިވަރުން މިއަދު ބުނެފި އެވެ.

އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއްވެފައިވާއިރު މި މައްސަލަ ހައްލު ނުވެ ގިނަ ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ.

އެ މައްސަލަ ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ހައްލެއް ނުލިބިގެން އުޅެނިކޮށް، އޭއޭއޭއިން ހިންގާ ފްލައިން ސްކޫލްގެ ހުރިހާ މިލްކިއްޔާތެއް އެވިޑުން ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މީގެ މަހެއް ހާ ދުވަސް ކުރިންނެވެ.

އެއާއެކު އެތަނުގެ ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަނިކޮށް، ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭއޭއޭ ގޮވައިގެން އެ ސްކޫލްގައި ކިޔަވަމުންދާ 48 ދަރިވަރަކު ވަނީ ސިވިލް ކޯޓަށް ގޮސްފަ އެވެ.

މައްސަލާގައި 48 ދަރިވަރުންގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ތަމްރީނު ދިނުމަށް އޭއޭއޭއިން ދަރިވަރުންނާއެކުވީ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި، ތަމްރީނުގެ ނަމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެ ފައިސާތައް އަނބުރާ ހޯދުމަށެވެ.

އޭގެއިތުރުން، ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިން އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެ އެވެ.

ދައުވާގައި އިތުރަށް ދަރިވަރުން އެދެނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކިޔެވުން ފެށީ ނަމެއްގައި، ކޯޓު ކޭހަށް ހުރަސްއަޅަން

އެ ސްކޫލާ އެވިޑުން ހަވާލުވުމުގެ މަޝްވަރާތައް ކުރަމުން އައިއިރު ވެސް އެތަނުގެ ގިނަ ދަރިވަރުން ދިޔައީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެ ކުދިންގެ ނަޒަރުގައި، އޭއޭއޭއަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާއިރު، އެއަށްވާނެ ގޮތެއް ނޭނގި ސްކޫލްގެ މިލްކުވެރިކަން އެހެން ކުންފުންޏަކަށް ބަދަލުކުރެވިގެން ނުވާނެ އެވެ.

ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި 48 ކުދިންގެ ތެރޭގައި ހިމެނޭ ދަރިވަރަކު މިއަދު "އަދަދު"އަށް ބުނި ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ބޭއްވި ކަމަށެވެ.

އަދި އެ އަޑުއެހުމުގައި ވެސް އޭއޭއޭ އާއި އެވިޑާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން އިތުރު ސުވާލުތައް އުފެދިފައިވާކަމަށް އޭނާ ބުނެ އެވެ.

އެގޮތުން، އެ އެއްބަސްވުމުގެ ގަނޑުތަކެއް ކޯޓަށް ހުށަހެޅިއިރު، އޭގައި އޮތީ އޭއޭއޭގެ މުދާތައް އެވިޑުން ގަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، މިވަގުތު އެ މުދާތައް ހުރީ ކުއްޔަށް ނަގާ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ބާރަ މަސް ދުވަހުން ކޯސް ނިންމާ ގޮތަށް 2017 ގައި އެ ސްކޫލްގައި ކިޔަވަން ފެށި އެ ދަރިވަރު ތުހުމަތުކުރި ގޮތުގައި، އެވިޑުން ސްކޫލްގެ ކިޔެވުން އަލުން ފެށީ ވެސް ހަމައެކަނި ނަމެއްގައި ކަމަށެވެ.

"ސިމިއުލޭޓާ ޓްރެއިނިން އެކަނި ފެށީ. އެއީ ވެސް އެންމެ ކުއްޖަކަށް. ދެން ތި ބޭފުޅުން ވެސް ވިސްނާ، އެންމެ މަތިންދާބޯޓެއް ވެސް ނެތް ސްކޫލަކުން ޕައިލެޓުންނަށް ކިޔަވައިދޭނެ ގޮތެއް،" އޭނާ ބުންޏެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި އެންމެ ފުރަތަމަ ކޯޓުގެ އަޑުއެހުން މިދިޔަ އާދީއްތަ ދުވަހަށް ތާވަލުކުރުމާއެކު ހަމަ އެ ދުވަހު ކިޔެވުން ފެށޭ ކަމަށް ބުނެ އެވިޑުން ދަރިވަރުންނަށް އީމެއިލް ކުރަން ފެށި އެވެ.

އެއީ މައްސަލަ ހުށަހެޅި ދަރިވަރުންގެ ތެރެއިން ވެސް ބައެއް ދަރިވަރުންގެ ކިޔެވުން ފެށިފައިވާކަން ކޯޓުގައި ބުނަން ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

"އެ އަޑުއެހުމުގައި ވަކީލުން ބުނި މައްސަލަ ހުށަހެޅި ކުދިންގެ ތެރެއިން ތިން ކުއްޖެއްގެ ކިޔެވުން ފަށާފައިވާކަމަށް. އެކަމަކު އެއީ ވެސް ދޮގެއް. އެ ތިން ކުދިންނަށް އަޅުގަނޑު ގުޅިން. އޭގެ ތެރެއިން އެ ކުއްޖަކު އަސްލު ކިޔެވުން ފެށީ،" އޭނާ ބުންޏެވެ.

މި މަހުގެ ނިޔަލަށް ސްކޫލް ހިންގަން އޭއޭއޭއަށް ދީފައިވާ ބިމުގެ އެއްބަސްވުން ހަމަވާއިރު، އެ އެއްބަސްވުން އަދިވެސް އާ ކޮށް ދީފައިނުވާކަން އެނގިފައި ވެ އެވެ.

އެއީ ދަރިވަރުން ވެސް އުފައްދާ ސުވާލެކެވެ. އެއްބަސްވުން އާ ކޮށްދޭނެ ކަމުގެ ޔަގީންކަމެއް ނެތި، އެންމެ ހަ ދުވަހަށް އެތަނުގެ ކިޔެވުން އަލުން ފެށުމަކީ ގަބޫލުކުރަންދަތި ކަމެއް ކަމަށް އެ ކުދިން ބުނެ އެވެ.

ބިން ނުލިބުނަސް ސްކޫލް ހިންގާނެ

ކުދިންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން އެވިޑުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ނަމަވެސް، އެތަނުގެ އޮފިޝަލަކު މީގެ ކުރިން "އަދަދު"އަށް ވިދާޅުވެފައިވާ ގޮތުގައި ސްކޫލް ހިންގާ ބިމުގެ މުއްދަތު އިތުރުކޮށްދޭތޯ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

"އުއްމީދުކުރަނީ އަޅުގަނޑުމެންނަށް ބިން ދެއްވާނެ ކަމަށް. އެކަން ކާމިޔާބުނުވި ކަމުގައި ވިޔަސް، އެވިޑް ފްލައިން ސްކޫލްގެ ކަންކަން ރާއްޖޭގެ ކޮންމެވެސް އެހެން ދިމާލެއްގައި ނަމަވެސް ކުރިއަށް ގެންދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެވިޑުން އެންމެ އިސްކަމެއް ދޭނީ ސްކޫލްގައި ކިޔެވުން ހުއްޓިފައި ތިބި ދަރިވަރުން ކޯސް ފުރިހަމަކުރެވޭނެ ގޮތެއް ހޯދުމެވެ.

އެ ސްކޫލްގައި ގްރައުންޑް ވެފައިވާ ފްލައިޓްތަކަށް ބޭނުންވާ ސްޕެއާތައް ހޯދައިގެން ވީހާ ވެސް އަވަހަށް އެ ފްލައިޓްތައް ފްލައިން ކޮންޑިޝަނަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެވިޑުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަދި މިހާރު ބައެއް ސްޕެއާތައް ލިބިފައި ހުރި ނަމަވެސް، އިތުރު ސްޕެއާތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox