ބޮން ހަރުކޮށް ތައްޔާރީތައްވީ ހުޅުމާލޭ ފްލެޓެއްގެ ބޭރުގައި

ގޮއްވާލުމަށް ސައިކަލުގައި ބޮން ހަރުކުރި ސަރަހައްދު: އެ ސަރަހައްދަކީ އާއްމުންނާއި ކުޑަކުދިން ނުކުމެ އުޅޭ ހިސާބެއް. -- ފޮޓޯ: ފުލުހުން

ގޮއްވާލުމަށް ސައިކަލުގައި ބޮން ހަރުކުރި ސަރަހައްދު: އެ ސަރަހައްދަކީ އާއްމުންނާއި ކުޑަކުދިން ނުކުމެ އުޅޭ ހިސާބެއް. -- ފޮޓޯ: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ގޮއްވާލި ބޮން، ސައިކަލުގައި ހަރުކޮށް އެކަމުގެ ތައްޔާރީތައް ވަމުން ދިޔައީ ހުޅުމާލޭ ފްލެޓެއްގެ ބޭރުގައި އެތައް ބަޔެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ލައިގެން ކަން ފުލުހުންގެ ތަހުގީގުން އެނގިއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ސައިކަލުގައި އައިއީޑީ ހަރުކުރީ ހުޅުމާލޭ 106 ނަމްބަރު ފްލެޓްގެ ތިރީގައި ސައިކަލް ބަހައްޓައިގެން މޭ މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:30 ކަންހާއިރު ކަމަށެވެ. ބޮން ގޮއްވާލީ މޭ ހަ ވަނަ ދުވަހުގެރޭ އެވެ.

"މިސަރަހައްދަކީ އާއްމުކޮށް ކުޑަކުދިންނާއި އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން ނުކުމެ ހާއްސަކޮށް ރޭގަނޑުގެ އެ ގަޑިތަކުގައި މިސަރަހައްދުގައި ހުންނަ ޖޯލިތަކާ ތަންތަނުގައި ތިބޭ ސަރަހައްދެއް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ޓެރަރިސްޓުން އެ ސަރަހައްދުގައި އެކުރި ކަމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ހާލަތެއްގައި ވަރަށް ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އޭގެ ސަބަބުން އަދި އެސަރަހައްދުގައި އުޅޭ މީހުންގެ މުދަލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ގޮސްދާނެ ކަމަށެވެ.

އެ ބޮން ހަރުކުރަން އެ ފްލެޓްގެ ކައިރިއަށް ސައިކަލް ގެންދިޔައީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު ކަމަށާއި ބޮން ހިފައިގެން އެ ސަރަހައްދަށް އައީ އަލީ ހައިޝަމް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ސައިކަލްގައި ބޮން ހަރުކުރިއިރު އެ ހަމަލާގައި ބައިވެރިވާ އެހެން އެންމެން އެ ސަރަހައްދު ވަށައިގެން ތިބި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖީދީމަގުގައި ބަހައްޓާފައި ހުރި ސައިކަލްގައި އިން އައިއީޑީ ގޮއްވާލިއިރު އޭގެ އަސަރު ކުރާ ހިސާބުގައި 17 މީހުން ތިބި ކަމަށެވެ. ބުރައިގެން ދިޔަ ރޭޒާފުށްތަކުން ޖެހި ނަޝީދާއި ބޮޑީގާޑުގެ އިތުރުން ބައެއް އާއްމުން ވަނީ ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ.

"މިބޮމުގެ ހަމަލާގެ ސަބަބުން އިތުރު އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް އުފަންވުމުގެ ފުރުސަތު އޮތް،" ރިޔާޒް ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި ބައެއް މީހުން
ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި ބައެއް މީހުން

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި ބައެއް މީހުން

އެކަންކަމުން ދޭހަކޮށް ދެނީ އެ ހަމަލާދިން މީހުންނަކީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި އެ މީހުންގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ކިތަންމެ ނުރައްކާތެރި ކަމެއް ވެސް ކޮށްފާނެ ބައެއްކަން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހު އެވެ.

މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ރޭޒާ ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox