ނަޝީދަށް ދިން ހަމަލާ ރާވައި، އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ މީހަކު ވަނީ ބަންދުކޮށްފައި

Jul 24, 2021, 5:11 AM
ހަމަލާގައި އިސް ދައުރެއް އޮތް ކަމަށް ތުހުމަތުގައި ބަންދުކުރި އިސްހާގު.

ހަމަލާގައި އިސް ދައުރެއް އޮތް ކަމަށް ތުހުމަތުގައި ބަންދުކުރި އިސްހާގު.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު, ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި، ހަމަލާ ދިނުމުގައި ބައިވެރިވި ބޮޑެއް ހިމެނޭކަން "އަދަދު"އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހަމަލާ ރާވައި، ހިންގުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރި ކަމުގެ ތަހުމަތުކޮށް ތަހުގީގު ކުރަމުން ދަނީ މ. ކުދެހިގޭ, އިސްހާގު، 42، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެންމެ ފުރަތަމަ ކުރީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތެވެ. އެ ތުހުމަތުގެ ބަންދުގައި އިސްހާގު ހުއްޓައި، އިތުރު ހެކި ފުލުހުންނަށް ނުދެއްކިގެން ބަންދުން ދޫކޮށްލި އެވެ.

އެކަމަކު ފަހުން އަނެއްކާވެސް ހަމަ އެދުވަހު އޭނާ ހައްޔަރުކުރީ އެ ހަމަލާގައި ތުހުމަތުކުރެވޭ އިތުރު މީހަކާ އެކުގަ އެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި އިސްހާގު ބައިވެރިވި ކަމުގެ ތުހުމަތުކޮށް އޭނާ ބަންދު އިތުރުކޮށްފައިވަނީ މި މަހުގެ 6 ގަ އެވެ. އެފަހަރު ޖެހި 15 ދުވަހުގެ ބަންދުގެ މުއްދަތަށް ފަހު، މި މަހުގެ 22 ގައި 30 ދުވަހަށް ބަންދު ވަނީ އިތުރުކޮށްފަ އެވެ.

އިސްހާގާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތަހުގީގު ނިންމައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވައިފަ އެވެ.

އެ މީހުންނަކީ، ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކާ އެކު، ހަމަލާގެ ތުހުމަތު ޖުމުލަ ހަތް މީހެއްގެ މައްޗަށް ކުރެ އެވެ. މި އެންމެން ތިބީ ފުލުހުންގެ ބަންދުގަ އެވެ. ދައުވާކުރަން ފޮނުވި މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހުއްޓުމަށް ވެސް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ނަޝީދަށް އަމާޒުކުރި ހަމަލާގައި އަމަލީ ގޮތުން އުޅުނު މީހުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ހާމަކުރުމާ އެކު ކަންބޮޑުވުމަކަށް ވީ ހަމަލާ ރާވައި ހިންގުމުގައި އަދި ހަރަދުކުރި ބަޔަކު ނުހޯދިދާނެ ކަމެވެ. އެކަމަކު, އެ ބަޔަކު ހޯދުމަކީ ތަހުގީގުގެ އިސް އަމާޒެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ތަހުގީގައި ފުލުހުން އަންނަނީ ބޭރުގެ މާހިރުންގެ ވެސް އެހީ ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox