އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ހަމައަށް އާދެވިއްޖެ: އިމްރާން

ޓެރަރިޒަމް އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އިންޓެލިޖެންސް އޮނިގަނޑުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ޓެރަރިޒަމް އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އިންޓެލިޖެންސް އޮނިގަނޑުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ޓެރަރިޒަމްއާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ބަދަލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ހަމައަށް އާދެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގި އިންކުއަރީން ފެންނަން އޮތީ އިންޓެލިޖެންސީ އިދާރާތަކުގައި ބޮޑު "ބާގަނޑެއް" އުފެދިފައިވާ ކަމެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފުލުހުންނާއި އެމްއެންޑީއެފާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އެމްއެމްއޭ އިން މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް އެކުލަވާލަން ޖެހެ އެވެ.

އެ އޮނިގަނޑު އެކުލަވާނުލައި އޮތުމަކީ 241 ކޮމިޓީން ފާހަގަކޮށްފައި އޮތް ގޮތުގައި ހޯމް މިނިސްޓަރު އިމްރާންގެ އިހުމާލެކެވެ. އެއީ އޮނިގަނޑު އެކުލަވާލައި, މައުލޫމާތު ބަދަލުކުރޭތޯ މޮނިޓަކުރުން ވެސް ހޯމް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމަނާފައިވާތީ އެވެ.

އިންކުއަރީއާ ހަމައަށް ވެސް އޮނިގަނޑު ނުނިމި އޮތީ, މިނިސްޓަރު ވިދާޅުވި ގޮތުގައި, ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އޮތް ދެބަސްވުންތަކާ ހެދި އެވެ. އެއީ ޒަމާނުއްސުރެން އޮތް ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ގާނޫނަށް ބަދަލު ގެނައީ, އެކަން އެހެން އޮތުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާތީ އެ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ސަލާމަތްތެރިކަން ކުރިއަށް ނެރެ, ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި އެއްބާރުލުމާއި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަކީ ކޮންމެހެން އޮންނަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ގާނޫނުގެ ތެރެއިން އެ މަސައްކަތް ކުރަން ފެށީ މި ސަރުކާރުން. އަޅުގަނޑުމެން އެ މަސައްކަތް ކުރަން ފެށުމާ އެކު އިންޓެލިޖެންސް އޮނިގަނޑު އެކުލަވާލަން ހުދު އަޅުގަނޑަށް އޮތީ ކޮން ހައިސިއްޔަތެއްތޯ ވެސް ސުވާލުކުރެވިގެން ދިޔަ," އިމްރާން ވިދާޅުވި އެވެ.

އެ ސުވާލުތަކާ އެކު ވެސް އިމްރާން ވިދާޅުވި ގޮތުގައި އެކަން ދޫކޮށެއް ނުލައްވަ އެވެ. ގޮންޖެހުންތަކާ އެކު ވެސް މަޝްވަރާކުރިއަށް ނެރެ ހިކުމަތްތެރިކަމާއި މަޑުމައިތިރިކަމާ އެކު ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު އެޕްރީލް 28 ގައި ގެޒެޓްކުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއީ ނަޝީދަށް ހަމަލާ އަމާޒުކުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މިނިސްޓަރު އިމްރާން "އަދަދު"އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މިނިސްޓަރު ވިދާޅުވީ މައުލުމާތު ބަދަލުކުރުމުގެ އޮނިގަނޑު ވެސް އެކުލަވާލުމުގެ މަސައްކަތް ހުއްޓާނުލައި ގެންގޮސް އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ހަމައަށް އާދެވިއްޖެ އެވެ.

"އުނދަގޫ މަރުހަލާ ކަޑައްތު ކުރެވިއްޖެ. ހިޔާލުތަފާތުވުންތައް ނައްތާލެވޭ, އެންމެންގެ ވިސްނުން އެބަ އެއްގޮތަށް ކުރެވޭ," މިނިސްޓަރު ވިދާޅުވި އެވެ.

ދެން މުހިއްމު ކަމަކަށް އޮތީ އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާ ފަސް މުއައްސަސާ އެކުގައި ހިންގާ ތަމްރީނުތައް ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގައި 2007 ވަނަ އަހަރުން ފެށިގެން އުފެދި ބޮޑުވަމުން އައި ހާލަތްތަކަށް ހުއްޓުވުމަށްޓަކައި މި ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި އެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ގާނޫނަށް 2019 ގައި ގެނެވުނު ބަދަލުތަކާއި އޭގެ ދަށުން ގަވާއިދުތަކާއި އޭގެ މައްޗަށް ބިނާކޮށް ހެދި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ހިމެނޭ ކަން ފާހަގަކުރެއްވި އެވެ.

"މިއީ އެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތްތައް. މީގެ ހަގީގީ ނަތީޖާ ފެންނާނީ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވި އިންޓެލިޖެންސާއި އިންވެސްޓިގޭޝަނާއި ރީހެބިލިޓޭޝަން އެކުގައި ފަށައިގަތުމުން," އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox