ޕޮގްބާގެ ވިސްނުން ހުރީ ހިލޭ ޓްރާންސްފާ އަކަށް

Jul 21, 2021, 3:41 AM
ޕޮގްބާގެ ވިސްނުން ހުރީ ހިލޭ ޓްރާންސްފާ އަކަށް

މެންޗެސްޓާ (ޖުލައި 21) - މި ސީޒަނުގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ. އަންނަ ޖެނުއަރީ މަހުގެ ކުރިން ޔުނައިޓެޑާ އެކު ޕޮގްބާ އާ އެއްބަސްވުމެއްގައި ސޮއިނުކުރާނަމަ އެ މަސް ތެރޭގައި އޭނާ ބޭނުން ކޮންމެ ކްލަބަކާ މަޝްވަރާކޮށް ހިލޭ ޓްރާންސްފާއެއްގައި ސީޒަން ނިންމާފައި އެ ޓީމަކާ ގުޅެން ޕްރީ އެގްރީމެންޓެއް ހެދޭނެ އެވެ.

މީގެ ކުރިން ޕޮގްބާ ހޯދަން ރެއާލް މެޑްރިޑާއި ޕީއެސްޖީން މަސައްކަތްކުރި ނަމަވެސް ޔުނައިޓެޑުން އޭނާ ވިއްކާލަން ބޭނުމެއް ނުވި އެވެ. ޔުނައިޓެޑުން އޭނާ ވިއްކާލަން ކިޔާ އަގުބޮޑުވުމުން އެ ޓްރާންސްފާ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ އަހަރު ރެއާލްގެ އޮފިޝަލަކު ވަނީ ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެެ.

ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޕޮގްބާ ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއް ދެން ނަހަދާނެ ކަމަށް ބުނެފަ އެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅެން ދާ ކޮންމެ ފަހަރަކު ޕޮގްބާގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިން ކުރާ ގިނަ ސުވާލުތަކަކަށް އޭނާ ޖަވާބު ދެ އެވެ. މިދިޔަ އަހަރު ޕޮގްބާ ވަނީ ކްލަބް ކެރިއަރުގައި ފަހަކަށް އައިސް ތަށި ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބެއް ނުލިބޭތީ ކެރިއަރަށް އަސަރުކުރާ ކަމަށް ބުނެފަ އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެއީ ކްލަބް ބަދަލުުކުރަން ބޭނުންވާކަން އަންގަން ޕޮގްބާ ދިން ނުސީދާ މެސެޖެކެވެ.

ޔުނައިޓެޑްގައި ޕޮގްބާ އެންމެ ފަހުން ކާމިޔާބުކުރި މުބާރާތަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ. އޭގެ ފަހުން މި ދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ޔުނައިޓެޑް ވަނީ ވިޔަރެއާލް އަތުން ބަލިވެފަ އެވެ.

ފްރާންސްގެ މަޝްހޫރު ލެ ހާވްރޭ އެކެޑަމީން ފާހަގަވި ޕޮގްބާ ޔުނައިޓެޑްގެ އެކަޑަމީން އަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. ޔުނައިޓެޑްގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ވިދާލީ 2012 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅި ދައްކަން ފެށި މޮޅު ކުޅުމާ އެކު އެވެ. އޭނާގެ ކެރިއަރުގައި ބޮޑެތި ކަންކަން ހާސިލްކޮށްފައިވަނީ ޔުވެންޓަސް އަށް ކުޅުނުއިރު އެވެ.

ޔުނައިޓެޑުން އޭނާ އަނބުރާ ގަތީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. މިއީ އޭރު ދުނިޔޭގެ ރެކޯޑް ފީ އެކެވެ.

ޕޮގްބާ ލައްވައި ދިގު ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންވެ އެވެ. އެކަމަކު، އެކަން ކުރަން އޮތް ހުރަހަކީ ޕޮގްބާ ޑިމާންޑްކުރާ ވަރުގެ ބޮޑު މުސާރައެއް ދޭން ޔުނައިޓެޑްގެ މެނޭޖްމަންޓުން ދެކޮޅު ހެދުން ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން މިދިޔަ ސީޒަން ތެރޭގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox