ގައުމީ ބަހަށް ދިން އިސްކަން ހަމައެކަނި ކަރުދާހުގައި

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރާގެ ނަން ބޯޑު އިނގިރޭސިން އަޅާފައި.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރާގެ ނަން ބޯޑު އިނގިރޭސިން އަޅާފައި.

"ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ އެވެ."

މަތީގައި ނަކަލު ކުރެވިފައި އެވަނީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ނ) އެވެ. ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދުގައި އެ ގާނޫނު ތަންފީޒު ކުރެވެމުންދާ މިންވަރުގެ ތަސްވީރެއް ހަމައެކަނި އެ މާއްދާއަށް ބެލުމުންވެސް ސިފަ ކުރެވެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އަމަލުކުރަން ފެށުނީ މެއި 11، 2011 ގަ އެވެ. ގާނޫނަށް އަމަލުކުރަން ފަށައި 11 ވަނަ އަހަރު ގުނަމުންދާއިރު އެ ގާނޫނުގެ ސަބަބުން ދިވެހި ބަހަށް ލިބުނު ކުރިއެރުމެއް ނެތްކަން ހޭހުރި ކޮންމެ ދިވެއްސަކަށް ސާފުވާނެ އެވެ. ދިވެހި ބަހުގެ ހިމާޔަތުގައި، ދިވެހި ދައުލަތުގެ ނަމުގައި ހެދި ގާނޫނެއް ތަންފީޒު ނުކުރެވިގެން މިއުޅެނީ ކީއްވެގެންތޯ އާއި އެ ގާނޫނު ތަންފީޒު ކުރުމަށް ކުރެވިދާނޭ ކަންކަމަކީ ކޮބައިކަން ވިސްނާލަން ޖެހެ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަކީ، ހަމައެކަނި ގާނޫނެއް ފާސްކޮށްލުމުގެ ނަމުގައި ފާސްކުރި ގާނޫނެއް ނޫންކަން އެ ގާނޫނުގެ ތައާރަފް ބަޔާންކުރާ މާއްދާއަށް ބެލުމުން އެނގެ އެވެ. އެ ގާނޫނުގެ އެއް ވަނަ މާއްދާގައި ގާނޫނު ތައާރަފް ކުރަމުން ބުނެފައިވަނީ މުހިންމު ވާހަކަތަކެކެވެ. އެ ގާނޫނު ވުޖޫދަށް ގެންނަން ޖެހުނު ސަބަބުތައް ތިލަކޮށް ބަޔާންކޮށްދީފައިވެ އެވެ.

"....ބަސްތައް ނެތިގެން ހިނގައިދާނެކަމުގެ އިންޒާރު، އދ. ގެ ތައުލީމާއި، ސައިންސާއި، ސަގާފަތާބެހޭ ޖަމްއިއްޔާއިން ދެމުން ގެންދާއިރު އެކަމަށް ރައްކާތެރިވުމަކީ ދިވެހިން ލަސްނުކޮށް ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ފެންނާތީ" އާއި، "ދިވެހިބަސް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި، މުއްސަނދިކޮށް، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުކޮށްދިނުމަކީ، އަބަދުވެސް އެއިރެއްގައި އޮތް ދިވެހި ޖީލެއްގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ" ކަމަށް ގާނޫނުގެ ތައާރަފްގައި ބަޔާންކޮށްފައި އޮވެ އެވެ. އަދި މިއީ "މި މުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހި ރައްޔިތުން ލިބިގަތް ގާނޫނެއް" ކަމަށްވެސް ފުރަތަމަ މާއްދާގެ (ހ) ގައި ލިޔެފައި އޮވެ އެވެ.

ގާނޫނެއްގެ ތައާރަފް ބަޔާންކުރުމުގައި މިފަދަ ޖަޒުބާތީ އަދި ޖޯޝު ހުރި ވާހަކަ ތަކެއް އެހެން ގާނޫނަކުން ނުފެންނާނެ އެވެ. އެހެންވުމާއެކު، މި ގާނޫނު ފާސްކޮށްފައި އޮތީ ހަމަ ހަގީގަތުގައި ވެސް ދިވެހި ބަހަށް އިސްކަން ދީ، ބަސް ކުރިއެރުމުގެ މަގުސަދުގައި ކަމަށް އެކަކަށް އަޅުގަނޑު ގަބޫލުކުރަމެވެ.

ގާނޫނު ހެދި މަޖިލީހުން، ދިވެހި ބަހަށް ދިން އިސްކަން ކަރުދާހެއްގައި ލިޔެ ފަޒާގެ ތެރެއަށް ދޫކޮށްލީއަކީ އެއް ނޫނެވެ. އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި އިދާރާއެއް ވެސް އުފައްދައި، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އެ އިދާރާއާ ހަވާލުކުރި އެވެ. އެއީ އެ ގާނޫނުގެ 7 ވަނަ މާއްދާއިން އުފެއްދި، ދިވެހި ބަހުގެ އެކެޑަމީ އެވެ. އެ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) ނިޔާކުރާ ގޮތުން ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާބެހޭ ގޮތުން އެންމެ ފަހުބަސް ބުނާ ފަރާތަކީ އެކެޑަމީއެވެ. އެއީ ދިވެހި ބަހާ ގުޅޭ ގޮތުން އުފެދޭ ހިލާފްތަކުގައި ނަމަ ސުޕްރީމް ކޯޓެވެ.

ބަހުގެ އެކެޑަމީން އަދާކުރަންޖެހޭ މައިގަނޑު 15 މަސްއޫލިއްޔަތެއް ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެއް މަސްއޫލިއްޔަތަކީ ދިވެހިބަހުގެ ގަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. މި ވާހަކަ އޮތީ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގަ އެވެ. އެޅިދާނޭ ފިޔަވަޅެއްގެ ގޮތުގައި ގާނޫނުން ހުއްދަކޮށްފައި އޮތީ ފަސްސަތޭކަ ރުފިޔާއާއި ފަސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެހެންނަމަވެސް، ބަހުގެ އެކެޑަމީ ލިބިދޭ ބާރުގެ ބޭނުންކޮށް، މިހާތަނަށް އެއްވެސް މީހަކު ނުވަތަ އިދާރާއެއް ވިޔަސް ޖޫރިމަނާކުރިކަމެއް އެނގިފައެއް ނުވެ އެވެ. ބަހުގެ ގަވާއިދާ ހިލާފުވާ ދިވެއްސަކު ނެތީ އެވެ. ނުވަތަ ބަހުގެ އެކެޑަމީގެ ޒިންމާ އަދާނުކުރެވެނީ އެވެ.

ބަހުގެ ގަވާއިދާ ހިލާފްވެގެން ޖޫރިމަނާކުރުމުގެ ބާރު ލިބިފައި އޮތަސް އެކަން ކުރެވޭނީ އޭގެ ކުރިއަށް ހުރި ޒިންމާތައް އަދާކުރުމަށްފަހުގަ އެވެ. ފިޔަވަޅު އެޅުމުގެ ކުރިއަށް އެކެޑަމީއިން އަދާކުރަންޖެހޭކަމަށް ގާނޫނުގައި ހުރި ޒިންމާތައްވެސް މަދެއް ނޫނެވެ. ދިވެހި ބަހުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުވުމާއި، ބަހާމެދު ލޯބި އުފެއްދުން ފަދަ އާންމު ޒިންމާތަކެއް އެކެޑަމީއާ މަތިކުރެވިފައި ވެ އެވެ. މި ޒިންމާތައް އެކެޑަމީ އިން އަދާކުރަމުން ގެންދެޔޭ އިންސާފުވެރި ދުލަކުން ބުނެވޭކަށް ނެތެވެ.

ދިވެހި ބަހުގެ ހަމަތަކާމެދު މީސްމީޑިއާގެ މަންސަތަކުގައި ބޮޑެތި ބަހުސްތައް ހިނގާއިރު ބަހުގެ އެކެޑަމީއިން އެ ދެމެދަށް ވަންނަ ތަނެއް ނުފެނެ އެވެ. ބަހުގެ ގަވާއިދުން ހުއްޖަތު ދައްކައި، ރަނގަޅުގޮތް ބުނެދިނުމަށް މަސައްކަތްކުރާ ތަނެއްވެސް ނުފެނެ އެވެ. އެކެޑަމީގެ ވަކިވަކި މެންބަރުން ކޮންމެވެސް އެއްޗެއް ވިދާޅުނުވެޔެކޭ ނޫނެވެ. އެހެންނަމަވެސް، އެކެޑަމީގެ ރަސްމީ ނިންމުމަކުން އެއިން ބަހުސަކާމެދު ފައިސަލާއެއް އިއްވާފައެއް ނުވެ އެވެ.

ދިވެހިބަހުގެ ގަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބެލުމަކީ އެކެޑަމީގެ މަސްއޫލިއްޔަތެކެވެ. އެކަން ކުރުމަށް އެންމެ ރަނގަޅު މަގަކީ ނޫސްވެރިން ދިވެހި ބަހުގެ ގަވާއިދުތަކަށް އަހުލުވެރި ކުރުވުން ކަމުގައި ދެކެމެވެ. އާބާދީއާ އިންސާނީ ވަސީލަތުގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ނޫސް މަޖައްލާތައް ގިނަ ގައުމެކެވެ. ނޫސް ކިޔާ މީހުންވެސް ގިނަ އެވެ. "ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސްނެގުމަށް ރޭޕްކުރި މީހާގެ މައްސަލަ ތަހުގީގު ކުރަނީ" ފަދަ ހެޑްލައިންތަކުން ނުކުމެދާނޭ ފިތުނައަކީ ބަހުގެ އެކެޑަމީގެ ޒިންމާ އަދާކޮށް، ނޫސްވެރިންނަށް ތަމްރީނު ދީގެން ހުއްޓުވިދާނޭ ކަމެކެވެ.

ދިވެހި ބަހުގެ ހިމާޔަތުގައި ގާނޫނެއް އެބައޮތެވެ. އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މަތި ކުރެވިފައި އޮތީ ދިވެހި ބަހާމެދު އުފެދޭ ދެބަސްވުންތަކުގައި ފަހުބަސް ބުނުމުގެ ބާރު ލިބިދީފައި އޮތް ބާރު ގަދަ އިދާރާއަކާ އެވެ. ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް އަވަހަށް ފައްޓަވަން ވީއެވެ. ވީކަމެއް ވެގެން ކުރިން އެ ގާނޫނު ނުހިންގިފައި އޮތަސް، އެ މަސައްކަތް ފެށުމުގެ ވަގުތު އަދިވެސް ފާއިތެއް ނުވެ އެވެ. އެ މަސައްކަތް ފެށުމަށްޓަކައި ނަމަ ކޮންމެ ސާއަތަކީ ވެސް ހަމަ ހެޔޮ ސާއަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox