އެމްޑީޕީގެ ގުނަންތަކުން ނަޝީދާ އެއް ކޮޅަށް ތެދުވަން ފަށައިފި

އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު ޝުރާއު

އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު ޝުރާއު

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމަށް އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ހިފެހެއްޓުމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ތާއީދުކޮށް އެމްޑީޕީގެ ބައެއް ގުނަންތަކުން ތެދުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ވިދާޅުވެ ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން، ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ނަން ވަކިން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ނިންމުތަކަކަށް ނުފޫޒު ފޯރުވަން ރައީސް ސޯލިހު ފުރުސަތު ދެއްވުމުގެ ސަބަބުން މުޅި ކޯލިޝަނުން ގަބޫލުކުރާ ޑިމޮކްރެޓިކް އަސާސްތައް މުގުރާލާފައިވާ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން، އެކަމަށް ތާއީދުކޮށް އެންމެ ފުރަތަމަ ބަޔާނެއް ނެރުނީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުންނެވެ.

އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅުތައް ތަކުރާރުކުރަމުން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، ޕާޓީގެ އަސާސްތަކަށް ސަރުކާރުން އިހުތިރާމްކޮށް ދިފާއުކޮށް ދިނުމަށް ވަނީ ގޮވާލައިފަ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ރޫހުގެ އިތުރުން، ޕާޓީގެ އަންހެނުންގެ ރޫހުން ވެސް ރޭ ވަނީ ނަޝީދުގެ ވާހަކަތަކަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވެސް ގޮވާލާފައިވަނީ އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށް، އެމްޑީޕީގެ އަސާސްތަކަށް އިހުތިރާމްކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ދާދި ފަހުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ކޯލިޝަން ދަމަހައްޓަން ޑިޕްލޮމަސީ އާއި ދޫދިނުން އެކަންޏެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވާ އިގުތިސޯދީ ކުރިއެރުމާއި، މިނިވަންކަމާއި ހަމަހަމަކަން ދެމެހެއްޓުމުގެ ހިތްވަރު ވެސް ބޭނުންވާ ކަމަށެވެ.

އެގޮތުން، މި ފަހުން ސަރުކާރުން ހުށަހެޅި ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ބިލާ ގުޅޭގޮތުން ކަން ހިނގައިދިޔަ ގޮތް ނަޝީދު ހާއްސަކޮށް ފާހަގަކުރައްވާފައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކުރިން ހިނގާފައިވާ ޑރ. އަފްރާޝީމް އަލީ، ޔާމީން ރަޝީދު އަދި އަހުމަދު ރިލްވާން އަނިޔާވެރިކޮށް މަރާލުމުގެ އިތުރުން އެމަނިކުފާނު ވެސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ފަހަތުގައި އޮތީ މީހުން ކާފަރެއްގެ ގޮތުގައި ސިފަކޮށް އެބަޔެއްގެ ލޭ ހުއްދަކުރުން ކަމަށް ވިސްނިގެން ކަމަށެވެ.

ނަމަވެސް، އަދާލަތު ޕާޓީން އިސްވެ އެ ބިލާ ދެކޮޅު ހެދުމުން، ސަރުކާރުން އަމިއްލަ ހުށަހެޅި ބިލަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ މެދު ވެސް ނަފުރަތު އުފައްދައި، ހަމަ އެފަދަ ނުރައްކާތެރިކަމަށް ހުށަހެޅިދާނެތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"އެހެންކަމުން މި ބިލަށް ތާއީދުކޮށް، ގަބޫލުކުރާ ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމުގެ ލީޑާޝިޕް މި ސަރުކާރަށް ނުދެއްކޭނަމަ، އަޅުގަނޑަށް މި ސަރުކާރަށް ތާއީދުކުރަން ވަރަށް ދަތި،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox