ނަޝީދު އިސްކުރައްވަނީ އަމިއްލަ ސިޔާސީ މަންފާ ކަމަށް ބުނެ އަދާލަތުން ނުރުހުންވެއްޖެ

Jul 17, 2021, 5:36 PM
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله: ސަރުކާރުގެ ނިންމުންތަކަށް އަދާލަތުގެ ނުފޫޒު ފޯރާފައިވާ ކަމުގެ ވާހަކަތައް އެ ޕާޓީން ކުށްވެރިކުރި. -- ފޮޓޯ: އަބްދުالله ޝަފީއު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله: ސަރުކާރުގެ ނިންމުންތަކަށް އަދާލަތުގެ ނުފޫޒު ފޯރާފައިވާ ކަމުގެ ވާހަކަތައް އެ ޕާޓީން ކުށްވެރިކުރި. -- ފޮޓޯ: އަބްދުالله ޝަފީއު

ސަރުކާރުގެ ނިންމުންތަކުގެ މައްޗަށް ސިޔާސީ ގޮތުން ބުރަދަނެއް ނެތް އަދާލަތު ޕާޓީގެ ނުފޫޒު ފޯރާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކުގައި އަސާސެއް ނެތް ކަމަށާއި ބޭނުމަކީ އެމަނިކުފާނުގެ އަމިއްލަ ސިޔާސީ މަންފާތަކެއް ހާސިލްކުރައްވުން ކަމަށް ބުނެ އަދާލަތު ޕާޓީން މިރޭ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދުކުރަން ދަތި ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ ދުނިޔެއަށް އެކަން އިއުލާންކުރައްވަން ނަޝީދު މިއަދު ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އޭގައި ސަބަބެއް ކަމަށް އޮތީ, އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ދީނީ ހައްދުފަހަނައެޅުމަށް ސަރުކާރުން ދީލައިލުން ބަލައިނުގެންނެވޭތީ އެވެ.

Advertisement

ބަޔާނުގައި އެމަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވެފައި އޮތީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށެވެ. އެއީ, ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައި ސަރުކާރުގެ ނިންމުންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, އެ ޕާޓީގެ ނުފޫޒަށް މާބޮޑަށް ދީލާލަފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އޭގެ ސަބަބުން މުޅި ކޯލިޝަނުން ގަބޫލުކުރާ ޑިކޮމްރެޓިކް އަސާސްތައް މުގުރާލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނަފްރަތު ހުއްޓުވުމުގެ ބިލާ, ކޯލިޝަންގައި ދެމިއޮވެ އަދާލަތު ޕާޓީ އިސްވެ ދެކޮޅު ހެދުމުން ސަރުކާރުން އަމިއްލަ ހުށަހެޅި ބިލަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ މެދު ވެސް ނަފުރަތު އުފައްދައި، ހަމަ އެފަދަ ނުރައްކާތެރިކަމަށް ހުށަހެޅިދާނެތީ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރެއްވައިފަ އެވެ.

ނަޝީދުގެ މި ވާހަކަތައް ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ރައްޔިތުންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއްގެ ގޮތުގައި ދޭހަވާ ގޮތަށް ދޮގު ވާހަކަތަކެއްގެ މައްޗަށް ބައިނަލްއަގުވާމީ ދުނިޔެއަށް ނަޝީދުު ނެރުއްވި ބަޔާން ކުށްވެރިކުރާ ކަމަށެވެ. އަދާލަތު ޕާޓީއާ ގުޅުވައި ނަޝީދު ދެއްކެވި އެއްވެސް ވާހަކައެއްގައި, ހަގީގަތެއް ނެތް ކަމަށް ބަޔާނުގައި ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ކޯލިޝަނަކުން ފެށުނީ ގާނޫނާ ހިލާފު އަމަލުތަކަކާ ދެކޮޅަށް, ޒަމާނުއްސުރެން ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިބުމަށް ކަމަށް ބަޔާނުގައިވެ އެވެ. ނަޝީދުގެ މަސައްކަތްޕުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގާނޫނީ ވެރިކަމާ ދެކޮޅަށް އަމިއްލަ މަންފާތަކެއް އިސްކޮށްގެން ކުރާ މަސައްކަތެއް ކަމަށް އަދާލަތުގެ ބަޔާނުގައިވެ އެވެ.

ނަފްރަތުގެ ބިލާ މެދު އަދާލަތު ޕާޓީއަށް ނަޝީދު އަމާޒުކުރެއްވި ނުރުހުންތަކަށް ވެސް ރައްދުދީފައިވެ އެވެ.

އެ ބިލް ފާސްކުރުމާ ދެކޮޅަށް ސަރުކާރަށް އަދާލަތުގެ ނުފޫޒު އޮތް ކަމަށް ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅު ދޮގުކޮށް ބަޔާނުގައި ބުނީ އެ ބިލް އަނބުރާ ފޮނުވާލީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

އަދާލަތު އުފެދުނީ އަދި ދެމިއޮތީ ވެސް ދިވެހިން ދެމިތިބި އިސްލާމީ އުސޫލްތައް ނަގަހައްޓަން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި, ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތު ހުއްޓުވުމުގެ ބިލުގައި އެ ޕާޓީން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބަޔާނުގަިއ ބުންޏެވެ.

ބިލް އެކުލަވާލާފައި އޮތް ގޮތަށް ތާއީދުކޮށް ވަކާލާތުކުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ގިނަ ބައެއްގެ ކަންބޮޑުވުން ބިލް އެކުލަވާލާފައި އޮތް ގޮތާ ގުޅޭ ގޮތުން އޮތް ކަމަށް އަދާލަތުން ބުންޏެވެ. އޭގެތެރޭގައި 120 ކައުންސިލާއި 100 ޖަމިއްޔާ އިން ވެސް ބިލުގައި ހުރި ބައެއް މާއްދާތަކާ ދެކޮޅު ކަމަށް ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ އެ ބިލުގައި ހުރި ބައެއް މާއްދާތައް ރާއްޖޭގެ ގާނޫނާއި ބައިނަލްއަގުވާމީ އުސޫލްތަކާ ވެސް ފުށުއަރާ ކަމަށެވެ. ބިލްގެ އިސްލާހަށް އެ ޕާޓީން ބަސްބުނީ އެ ސަބަބާ ހެދި ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން ދޭހަވާ ގޮތަށް އަދާލަތުން ސިފަކޮށްފައިވާއިރު ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ރައީސް ސޯލިހާއި މި ސަރުކާރުން ކުރާ މަސައްކަތުގައި އަދާލަތު ޕާޓީން ތާއީދުކޮށް އެއްބާރުލުން ދިނުމުގައި ދެމިތިބި ކަމަށް ބުނެފައިވެ އެވެ.

އަދާލަތުން ނަޝީދަށް ރައްދުދީ ބަޔާން މި ނެރުނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އޮތް ހުރަހަކީ އަދާލަތު ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވިދާޅުވުމުންނެވެ. އެމަނިކުފާނުގެ އެ ވާހަކަތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ތެރޭގައި އުފެދިގެންދާ ނަފްރަތުގެ ސަބަބުން އިންސާނުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ދަރަޖައަށް ދާ ވަރުގެ ކަންތައްތައް ނައްތާލަން ގާނޫނީ އޮނިގަނޑެއް ގާއިމްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެކަން ކުރަން ވާނީ ހަމަނުޖެހުމަށް ޖާގަ ލިބޭ ގޮތަށް ނޫން ކަމަށާއި ނަފްރަތު ހުއްޓުވަން މަގުފަހިވާގޮތަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox