އިމްރާން ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދުގެ ވިސްނުންފުޅު މުރާޖައާ ކުރައްވަން ޖެހޭ

ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ޖަލްސާއެއްގައި: މި ވެރިކަން ގެނައި ސަބަބު ލީޑަރުން ހަނދާން ނައްތާނުލަން އިމްރާން އެދިވަޑައިގަތް. -- ފޮޓޯ/ ހުސެއިން ވަހީދު

ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ޖަލްސާއެއްގައި: މި ވެރިކަން ގެނައި ސަބަބު ލީޑަރުން ހަނދާން ނައްތާނުލަން އިމްރާން އެދިވަޑައިގަތް. -- ފޮޓޯ/ ހުސެއިން ވަހީދު

ކޯލިޝަން ވެރިކަމެއް ގެނެސް ދައުރުގެ މެދުތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަން އިއުލާންކުރައްވައި އިދިކޮޅު ޕީޕީއެމާ ކޯލިޝަން ހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ނެރުއްވި ވިސްނެވުން މުރާޖައާ ކުރެއްވުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި ކޯލިޝަންގެ އެއް ލީޑަރު އިމްރާން އަބްދުالله މިދިޔަ އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.

މި ވެރިކަން އުފެއްދީ އެމްޑީޕީ އިސްވެ އޮވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގެންނެވި ކޯލިޝަނަކުންނެވެ. މި ކޯލިޝަންގެ މައި ޕާޓީގެ އިސް ދެ ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ, ސިޔާސީ މަސައްކަތުގައި ރައީސް ސޯލިހްއާ އެކު އިތުރަށް ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅެއް ނުވެ އެވެ. އެކަން ނަޝީދު އިއުލާންކުރައްވައި ބޭނުންފުޅު ވަނީ އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީނާ އެކު އެމްޑީޕީ/ ޕީޕީއެމް ހިމެނޭ ސަރުކާރެއް ހިންގަވަން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement

ނަޝީދު މިކަން ދުނިޔެއަށް ވެސް އިއުލާންކުރައްވާފައިވާ އިރު, މި ވާހަކަފުޅަށް ރައީސް ސޯލިހާއި ކޯލިޝަން ލީޑަރުން ވެސް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެކަމަކު އިމްރާން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި, ކޯލިޝަންގެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސް ސޯލިހް އާއި ރައީސް ނަޝީދުއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ މިވެރިކަން ރައްޔިތުން ގެނައި ސަބަބު ލީޑަރުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ އުއްމީދުތަކާއި ބޭނުންތައް ހާސިލްވެ ނުނިމެނީސް ލީޑަރުން ޒިންމާތައް ހަނދާން ނައްތާލައި މޫނު އެހެން ފަރާތަކަށް އަނބުރާލުމަކީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޯލިޝަން އުފެދުނު ގޮތުގެ ހަނދާން އާކޮށްދެއްވަމުން އިމްރާން ވިދާޅުވީ ތަފާތު ސިޔާސީ ފިކުރުގެ ޕާޓީތައް 2018 ގައި ކޯލިޝަނަކާ ހަމައަށް އައީ ރައްޔިތުން ނާއުއްމީދާއި މާޔޫސްކަމުގައި ތިއްބައި އެ ހާލަތުން އަރައިގަތުމަށް ކަމަށެވެ. އެހެންކަމުން ދައުރުގެ މެދުތެރެއިން, ރައްޔިތުން އިތުރަށް މާޔޫސްވާނެ ފަދަ ކަމެއް ކޯލިޝަން ލީޑަރުން ކުރުމަކީ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ލީޑަރުން އެބަޖެހޭ ވަރަށް ބޮޑަށް ޒިންމާދާރުވާން. ލީޑަރުން އެބަޖެހޭ ވަރަށް ކެތްތެރިވާން. ލީޑަރުން އެބަޖެހޭ ވަރަށް ބޮޑަށް މަޝްވަރާކުރަން. ލީޑަރުން އެބަޖެހޭ މާފްކުރަން, ހުރި ހިޔާލުތަފާތުވުންތައް ނައްތާލަން މަސައްކަތް ކުރަން," އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު [އެކުގައި މަސައްކަތް ނުކުރެއްވުމުގެ] އެ ވިސްނުންފުޅު އަލުން މުރާޖައާ ކުރައްވަން ޖެހިވަޑައިގަންނަވާ."

ސަބަބަކީ އިމްރާން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވީ ވައުދުތަކުގެ މަތން ހަނދާން ނައްތާލައި މާޔޫސްކޮށްލުމަކީ އެއްގޮތަކަށް ވެސް ކުރުން ހެޔޮނުވާނެ ކަމަކަށް ވާތީ އެވެ.

ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕުގެ ކަންބޮޑުވުމަކީ ރައްޔިތުންނަށް ވައުދުވި ގޮތަށް އަދި އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ވައުދުތައް ނުފުދި ސަރުކާރުގެ މިސްރާބު ގޯސްވެފައިވުން ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު އަދާލަތު ޕާޓީން ދެކޭ ގޮތުގައި ސަރުކާރުގެ މިސްރާބު ހުރީ ވައުދުތައް ފުއްދައި ނަތީޖާ ނެރެދިނުމާ ދިމާލަށެވެ.

މި މަސައްކަތުގައި އެ ޕާޓީ ވެސް ބައެއް ފަހަރު ހިތްހަމަނުޖެހޭ ސިޔާސަތުތައް ހުންނަ ކަމަށާއި އެއް ކަމަކީ ނަފްރަތުގެ ބިލް ކަމަށް އިމްރާން ވިދާޅުވި އެވެ. އެ ބިލު ހުށަހެޅީ އަދާލަތާ މަޝްވަރާނުކޮށް ކަމަށާއި އެ ބިލުގައި އެ ޕާޓީން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރައްޔިތުންގެ ތެރޭގައި އުފެދިގެންދާ ނަފްރަތުގެ ސަބަބުން އިންސާނުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ދަރަޖައަށް ދާ ވަރުގެ ކަންތައްތައް ނައްތާލަން ގާނޫނީ އޮނިގަނޑެއް ގާއިމްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަން ކުރަން ވާނީ ހަމަނުޖެހުމަށް ޖާގަ ލިބޭ ގޮތަށް ނޫން ކަމަށާއި ނަފްރަތު ހުއްޓުވަން މަގުފަހިވާގޮތަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނަފްރަތުގެ ބިލަކީ ސަރުކާރުން ކުރާ ވަރަށް ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކޯލިޝަން ޕާޓީގެ ގޮތުގައި ދެމިއޮތަސް ގޯހުން ހުރި ކަންކަން ސަރުކާރަށް ދައްކުވައިދިން ކަމަށާއި މިގޮތަށް ހިނގައިދާ ބައެއް ކަންކަމަކީ ސަރުކާރުގެ މިސްރާބު ގޯސްކަމަށް ކަނޑައަޅަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ނުތަނަވަސްވާ އަދި އުއްމީދުތަކާ ހަމައަށް ވާސިލްނުވެވޭ ކަންކަން އެބަހުރި ކަމަށާއި އެއާއެކު ރައްޔިތުން ބޭނުންވާ ކަންކަން ވެސް ފުއްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ކޮވިޑުގެ ދަތި ހާލަތާ އެކު ގިނަ ކަންކަން ލަސްވި ކަމަށާއި އެއީ ބަހަނާއެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

"ކަންކަން އިފްތިތާހްކުރަން އޮންނަ ދުވަހު ވެސް ކަރަންޓީނަށް ދާން ޖެހުން ފަދަ ކަންކަން ވެގެން އެބަ މެދުކެނޑޭ. މިހާތަނަށް ރަނގަޅަށް މަސައްކަތްތަކެއް ކުރެވިފައިވޭ. އެންމެ ރަނގަޅު ނަތީޖާއާ ހަމައަށް ނުދެވޭ ކަންކަމުގައި ހުރަސްތަކެއް އެ ހިސާބަށް ނުދެވުމުގައި ވެސް އެބަހުރި," އިމްރާން ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި މަސައްކަތްތައް ކުރަނީ އާއްމު ރައްޔިތުންނާ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ކަމަށް އިމްރާން ވިދާޅުވި އެވެ. ކޯލިޝަން ވެރިކަމަށް ބަލާ ނަމަ މަޝްވަރާގެ އުސޫލް އެންމެ ބޮޑަށް ކުރިއަށް ނެރޭ ސަރުކާރަކީ މިއީ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކޯލިޝަން ސަރުކާރެއް ކާމިޔާބުވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ކުރެއްވޭނެ މަންޒަރު ދެ އަހަރާއި ބައިގެ ތެރޭގައި ފެންނަމުންދާ ކަމަށެވެ. ހިޔާލުތަފާތުވުންތަކާއި މައްސަލަތައް ހުއްޓަސް ކަންކަމުގައި ހައްލު ހޯދޭނެ ކަމަށާއި މިކަމުގައި އޮތް އެންމެ ރިވެތި އުސޫލަކީ ލީޑަރުން މަޝްވަރާގެ މަގު އިހްތިޔާރުކުރުން ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox