މުލަކޭ ސަސް އަށް ސޮއިކޮށްފި

ލީގުގެ މެޗެއްގެ ތެރެއިން ޔަސްފާދު ހަބީބު (މުލަކޭ): އޭނާ ވަނީ ސަސް އަށް ސޮއިކޮށްފައި.

ލީގުގެ މެޗެއްގެ ތެރެއިން ޔަސްފާދު ހަބީބު (މުލަކޭ): އޭނާ ވަނީ ސަސް އަށް ސޮއިކޮށްފައި.

މިިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފި އެވެ.

ސަސްގެ ސްޕޮންސަރުންގެ އަގުވަޒަންކުރަން ރޭ ސަސްގެ ކޮފީ ކްލަބްގައި ބޭއްވި ހަފްލާގައި މުލަކޭ, 28, ވަނީ ސަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި މުލަކޭ ވަނީ މާޒިޔާ އަށް ބަދަލުވެ، އެ ޓީމާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. މާޒިޔާގައި ރަނގަޅު އަހަރުތަކެއް ހޭދަކުރުމަށް ފަހު މުލަކޭ ދަ ގްރާންޑޭ އަށް އަށް ބަދަލުވީ މީގެ ދެ ސީޒަން ކުރިންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ލީގުގައި ކުޅުނު 14 މެޗުގައި ވެސް ކުޅެފަ އެވެ. އަދި އެ މެޗުތަކުގައި ހަތަރު ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.

މުލަކޭ ވަނީ ގިނަ ފަހަރުތަކެއް މަތިން ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ. މިދިޔަ މަހު އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް އެންމެ ފުރަތަމަ ނެގި ސްކޮޑުގައި މުލެކޭ ހިމެނެ އެވެ. އެކަމަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ އަށް ޓީމާ އެކު ދެވޭ ގޮތެއްނުވި އެވެ.

މިދިޔަ ފަހަރު ލީގުގައި ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މުލަކޭ ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަސް އިން ރޭ ބޭއްވި އިވެންޓް ޝަރަފްވެރި ކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވުމުން ނާޒިމް ވިދާޅުވީ ޓީމެއް ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ވަރަށް ޗެލެންޖިން ކަމެއް ކަމަށެވެ. ސަސްގެ މެނޭޖްމަންޓުން ރަނގަޅު ސްޕޮންސަރުންތަކަކާ ގުޅިގެން މިހާތަނަށް ކުޅުންތެރިން ބެލެހެއްޓުމާ ގުޅޭ ކަންކަން ފުރިހަމަކުރަން ކޮށްފައިވާ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކްލަބް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތަކީ އަލީ އަޝްފާގު. މި ކްލަބްގެ އިސް ފަރާތެއް ކަމަށްވާ އަލީ އަޝްފާގަކީ ތި ހުރިހާ ކުޅުންތެރިން ނަމޫނާ އަކަށް ބަލަން ޖެހޭ ކުޅުންތެރިއެއް،" ނާޒިމް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ކުޅުންތެރިޔާގެ ގޮތުގައި އަލީ އަޝްފާގު އެ ހުންނެވީ. އެހެންކަމުން އަލީ އަޝްފާގުގެ ކިބައިން އެ ފެނުނު ހުރިހާ ރަނގަޅު ސިފައެއް ތި ހުރިހާ ކުޅުންތެރިން މިއަދު ބަލައިގަންނަން ވާނެ. ބަލައިގަނެ އެކަންކަން ތި އެންމެންގެ ފިޒިކަލީ އަދި މެންޓަލީ ހަށިގަނޑުގައި އަށަގަނެފިނަމަ މި ކްލަބަށް ވުރެ ވަކި ވަރުގަދަ ކްލަބެއް ދިވެހިރާއްޖޭގައި އުފެންވެގެނެއް ނުދާނެ،"

ސަސްގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ކަހަލަ ތަޖުރިބާކާރު ކޯޗެއް ހުރުމަކީ ވެސް އެ ކްލަބަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރޭގެ ހަފްލާގައި ވަނީ ސަސްގެ ޕާޓްނަރުންނަށް ހަދާނީ ފިލާ ހަވާލުކޮށްފަ އެވެ. އެ ކްލަބްގެ ޕާޓްނަރުންނަކީ ސްޓެލްކޯ، ލިޓަސް ގްރޫޕް، އެސްޖޭ ކޮންސްޓްރަކްޝަން، މޯލްޑިވްސް ވޭވް، ހީނާ މޯބައިލްސް އަދި ފަތަހަ ގްރޫޕް އެވެ.

މިދިޔަ ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ސަސް އިން ސީޒަން ނިންމާލީ ހަ ވަނައިގަ އެވެ. ސީޒަން ފެށިއިރު ސަސް އަށް ކޯޗުކޮށްދިނީ އަހުމަދު ނާޝިދު (ނާދު) އެވެ. ވަކި ހިސާބަކުން މޯހަން ޓީމާ ހަވާލުވި އެވެ. ސަސް އަށް ލީގުގައި ކުޅުނު 14 މެޗުން ލިބުނީ 15 ޕޮއިންޓެވެ. ތިން މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރު އަދި ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox