ޖޮކޮވިޗް އޮލިމްޕިކްސްގައި ކުޅެން ނިންމައިފި

Jul 17, 2021, 4:41 AM
ޖޮކޮވިޗް އޮލިމްޕިކްސްގައި ކުޅެން ނިންމައިފި

ބެލްގްރޭޑް (ޖުލައި 17) - އަންނަ ހަފްތާގައި ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުގައި ކުޅެން ނިންމާފައިވާ ކަމަށް ދުނިޔޭގެ ފިރިހެން އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ޖޮކޮވިޗް މީގެ ކުރިން ބުނީ ޓޯކިޔޯ އޮލިމްޕިކްސްގައި އޭނާ ފެނުމުގައި އޮތީ 50-50 ފުރުސަތެއް ކަމަށެވެ. އެއީ ޖަޕާނުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅަކަށްވާތީ އެހާ ބޮޑަށް ބަލި ފެތުރިފައިވަނިކޮށް މެޗުތަކެއް ކުޅެން ދިއުން އެންމެ ރަނގަޅު ކަމަށް ނުފެންނާތީ އެވެ.

އެކަމަކު، ޖޮކޮވިޗް އިއްޔެ ވަނީ އޮލިމްޕިކްސްގައި ވާދަކުރާ ސާބިއާގެ ޑެލިގޭޝަނާ އެކު އަށް ދުވަހުގެ ތެރޭގައި ޖަޕާނަށް ދާނެ ކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ.

"ޓޯކިޔޯ އަށް ދާން އަހަރެން ފްލައިޓެއް ބުކް ކޮށްފިން،" ޖޮކޮވިޗް ބުންޏެވެ.

އޮލިމްޕިކްސްގައި މިހާތަނަށް ޖޮކޮވިޗަށް ލިބުނު ކާމިޔާބަކީ 2008ގެ ބެއިޖިން އޮލިމްޕިކްސް އިން ލޯ މެޑެއްޔެކެވެ.

ދާދި ފަހުން ޖޮކޮވިޗް ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ޓެނިހުގެ ދެ ލެޖެންޑުން ކަމަށްވާ ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާގެ ގްރޭންޑް ސްލޭމް ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ 20 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްގެންނެވެ.

މި އަހަރުގެ މިހާތަނަށް ތިން ގްރޭންޑް ސްލޭމް ތަށި ވެސް ކާމިޔާބުކުރީ ޖޮކޮވިޗް އެވެ. ގްރޭންޑް ސްލޭމްގެ ރެކޯޑާ އެކު ޖޮކޮވިޗް ދެން އަމާޒުހިފާފައިވަނީ އޮލިމްޕިކްސް އަށެވެ. އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސް އެންމެ ފަހުން ކާމިޔާބުކުރީ 1988 ވަނަ އަހަރު ޖަރުމަނުގެ ސްޓެފީ ގްރާފް އެވެ. ޖޮކޮވިޗަށް މި ފަހަރު އެ ރެކޯޑާ ހަމަކުރެވިދާނެ އެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ މި ފަހަރުގެ އޮލިމްޕިކްސްގައި މަޝްހޫރު ކުޅުންތެރިންތަކެއް ނުކުޅޭނެ އެވެ. އެ ގޮތުން ފެޑެރާ އާއި ނަޑާލް އަނިޔާގެ ސަބަބުން ނުކުޅޭއިރު، އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ ޔޮހާނާ ކޮންޓަސް އާއި ޑޭން އެވަންސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، މުބާރާތް ގެއްލިފަ އެވެ.

އަދި އަނިޔާގެ ސަބަބުން އެންޖެލިކާ ކާބާ ވެސް މި ފަހަރުގެ އޮލިމްޕިކްސް އިން ނުފެންނައިރު، އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް މުބާރާތުން ނަން ނެގީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ނިންމި ހިސާބުންނެވެ.

އޮލިމްޕިކްސްގެ ޓެނިސް އިވެންޓު ފަށާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox