އިޓަލީ އާއި ސައުދީ އަރަބިއްޔާ ގުޅިގެން 2030 ވޯލްޑް ކަޕަށް ބިޑްކުރަނީ

Jul 17, 2021, 4:50 AM
ިއިޓަލީ އާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗެއްގެ ތެރެއިން.- ފޮޓޯ: އޭއެފްޕީ

ިއިޓަލީ އާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗެއްގެ ތެރެއިން.- ފޮޓޯ: އޭއެފްޕީ

މިލާން (ޖުލައި 17) - ފީފާ އިން 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން އިޓަލީ އާއި ސައުދީ އަރަބިއްޔާ ގުޅިގެން ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ދި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފި އެވެ.

ކުރިން އިޓަލީން އެކަނި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑްކުރަން ވިސްނި ނަމަވެސް ސައުދީ އަރަބިއްޔާއާ ގުޅިގެން އެކަން ކުރަން ނިންމީ ތަފާތު ދެ ގައުމެއްގައި އަދި ދެ ބައްރެއްގައި ވޯލްޑް ކަޕް ކުޅުމުގެ ތަޖުރިބާ ކުރުމުގެ ގޮތުންނެވެ.

ސައުދީ އާއި އިޓަލީގެ ދެ މެދުގައި 2200 މޭލުގެ ދުރުމިނެއް ހުރިއިރު، މި ފަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅެން ބައެއް ޓީމުތަކުން ދަތުރުކުރަން ޖެހުނު ދުރުމިން ވެސް ދެ ހާސް މޭލާ ގާތްކުރެ އެވެ.

އަދި މީގެ އިތުރުން 2026 ވަނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ވޯލްޑް ކަޕް ކުޅޭއިރު ވެސް ދަތުރުކުރަން ޖެހޭ ދުރުމިން ދިގެވެ. މުބާރާތް ކުޅޭ ކެނަޑާގެ އެޑްމޮންޓަން އާއި މެކްސިކޯ ސިޓީގެ ދުރުމިނަކީ ގާތްގަނޑަކަށް 3000 މޭލެެވެ. މި ކަންކަމަށް ބަލާއިރު އިޓަލީ އާއި ސައުދީ އަރަބިއްޔާގެ ބިޑް ކާމިޔާބުވުމުގެ ފުރުސަތު އެބައޮތެވެ.

ސައުދީ އަރަބިއްޔާ އަށް ވޯލްޑް ކަޕް ބިޑް ކާމިޔާބު ކޮށްދޭން ކުރަން ޖެހޭ މަސައްކަތް ކުރަން ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ހަވާލުކޮށްފައި އޮތީ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ އެވެ. އިޓަލީއާ ގުޅިގެން ބިޑް ކުރަން ހިޔާލު ދިނީ ވެސް އެ ކުންފުނިންނެވެ. .

މީގެ ކުރިން ސައުދީން ވަނީ މިސްރާއި މޮރޮކޯއާ ގުޅިގެން ވޯލްޑް ކަޕަށް ބިޑް ކުރަން މަޝްވަރާ ކޮށްފަ އެވެ. އެކަމަކު، އެކަން ކާމިޔާބުވާ ގޮތެއް ނުވި އެެވެ. އެންމެ ބޮޑު ސަބަބަކީ މިސްރާއި މޮރޮކޯ އަކީ އަދި ވޯލްޑް ކަޕް ބާއްވާނެ ފެންވަރަށް ދަނޑުތަކާއި ޓެކްނޮލޮޖީގެ އެހެނިހެން ކަންތައްތައް އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ދެ ގައުމު ކަމަށް ނުފެންނާތީ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2028 ގެ ޔޫރޯ އާއި 2030 ގެ ވޯލްޑް ކަޕަށް ބިޑް ކުރަން ނިންމައިފަ އެެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގަބްރިއެލް ގްރަވީނާ ވިދާޅުވީ ޔޫރަޕާއި ދުނިޔޭގެ ބޮޑު ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަކީ އިޓަލީން އަބަދުވެސް ޝައުގުވެރިވާނެ ކަމެއް ކަމަށެވެ.

ސައުދީއާ ގުޅިގެން އިޓަލީން ވޯލްޑް ކަޕަށް ބިޑެއް ކުރަން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އިޓަލީ ކްލަބް ފުޓްބޯޅައިގެ ސުޕަ ކަޕް މެޗު ސައުދީގައި ކުޅުނެވެ. އަދި މީގެ ދެ އަހަރު ކުރިން ސައުދީގެ ހާއްސަ މުނާސަބަތެއް ފާހަގަކުރަން އިޓަލީއާ އެކު އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައިވެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކެއް ބައިވެރިވާ ވޯލްޑް ކަޕް ބިޑްތަކެއް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބާއްވަން ކުރާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން އިންގްލެންޑުން ސްކޮޓްލެންޑާއި އަޔަލެންޑް، ވޭލްސް އަދި ނޮދަން އަޔަލެންޑާއި ގުޅިގެން ވޯލްޑް ކަޕް ބިޑެއް ތައްޔާރު ކުރަން ވާހަކަ ދެއްކި އެވެ. އަދި ސްޕެއިނުން ވަނީ ޕޯޗުގަލްއާ ގުޅިގެން 2030 ގެ ވޯލްޑް ކަޕަށް ބިޑްކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ބޭނުންވަނީ ޔޫރަޕްގެ ހުރިހާ ގައުމެއް ބައިވެރިވެގެން ވޯޓު ލެވޭނެ އެއް ބިޑެއް އޮތުމަށެވެ. އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތަށް ގިނަ ބިޑްތަކެއް ކުރުމަކީ އެ ބައްރުގެ ވޯޓުތައް އެތައް ބަޔަަކަށް ބެހިގެންދާނެ ސަަބަބެއް ކަމަށް ޗެފެރިން ދެކިލައްވަ އެެވެ.

ވޯލްޑް ކަޕް ބާއްވަން ބިޑްކޮށް ވޯޓުލުން އޮންނާނީ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox