ލީގާއެކު ބޮޑު ބަދަލެއް މުޅި ފުޓްބޯޅަ އަށް އަންނާނެ: ބައްސާމް

Jul 16, 2021, 3:52 AM
ލީގާއެކު ބޮޑު ބަދަލެއް މުޅި ފުޓްބޯޅަ އަށް އަންނާނެ: ބައްސާމް

އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމަށް ފަހު ލީގު ފަށައިގެން ކުރިއަށްދާތާ ދެތިން އަހަރު ތެރޭގައި މުޅި ދިވެހި ފުޓްބޯޅަ އަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން އިއްޔެ ވަނީ އާ ލީގުގެ ފޯމެޓް ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެ ފޯމެޓްގައިވާ ގޮތުން ރާއްޖެ ބަހާލާނީ ހަތަރު ޒޯނަކަށެވެ. ކޮންމެ ޒޯނެއްގައި ވަކިން އޯޕަން ޑިވިޝަނަކާއި ތިން ވަނަ ޑިވިޝަން، ދެ ވަނަ ޑިވިޝަން އަދި އެއް ވަނަ ޑިވިޝަނެއް އޮންނާނެ އެވެ.

ބައްސާމް ވިދާޅުވީ މި ލީގުތަކުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދަށުން ރަޖިސްޓްރީ ކުރެވި ގާނޫނީ ގޮތުން ވެސް ބަލައިގަނެފައިވާ ޓީމެއްގެ ގޮތުގައި ކަމަށެވެ. ބައްސާމް ވިދާޅުވީ ޓީމުތައް ރަޖިސްޓްރީވުމުގައި ޒޯންގެ ކަންކަން ކުރިއަށްދާނެ ގޮތް ކޮމިޝަނާ އޮފް ސްޕޯޓްސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޕްރިމިއާ ލީގު ފަށައިގެން އެންމެ ފުރަތަމަ ކަންކަން ކުރާއިރު، އެފްއޭއެމުން އެ ޒޯނެއްގެ މަސައްކަތެއް ކުރިއަށްގެންދާނީ އެ ޒޯނެއްގައި ހުންނަ ޒޯން އޮފީހަކާ ގުޅިގެންނެވެ. އެކަމަކު، ދުރު ރާސްތާ ވިސްނުމަކީ ޒޯންތަކަށް ބާރު ދީގެން ކުރިއަށްދިއުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ބޭނުމަކީ ފުރިހަމަ އަށް އެ އޮފީސްތަކުގެ ފަކްޝަން ފަށައިގަނެވުނީމަ ހަަމަ އެ ރީޖަންއެއްގެ ހުރިހާ ބާރެއް މި އޮފީސްތަކަށް ދިނުން. ދެން އެވަރަށް އެ އޮފީސްތަކަށް ތައްޔާރުވެވެން ދެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދާނީ. އަޅުގަނޑު މި ބަލަނީ މީގެ 10 އަހަރު ވާއިރަށް އެ އޮފީސްތަށް ރަނގަޅަށް ހިނގައިގަންނާނެ ކަމަށް. އެކަމަކު، އޭގެ ކުރިއަށް ވެސް މި ބަދަލު އަތުވެދާނެ،" ބައްސާމް ވިދާޅުވި އެވެ.

"މުސްތަގުބަލުގައި އެފްއޭއެމްގެ އަސާސީ ގަވާއިދަށް ވެސް ބަދަލުތަކެއް އަންނާނެ. ދެން އޭގެ ތެރެއިން ވޯޓު ލުމުގެ ހައްގު ވެސް ލިބިގެންދާނެ. މި ލީގު ފެށިގެން ދެތިން އަހަރު ތެރޭ ވަރަށް ބޮޑު ބަދަލެއް މުޅި ފުޓްބޯޅަ އަށް އަންނާނެ،"

ލީގުތައް ފެށިގެންދިއުމާ އެކު ވަރަށް ބައިވަރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ އެވެ. ބައްސާމް ވިދާޅުވީ މިހެން އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކުގައި ގާތްގަނޑަކަށް 130 ނޫނީ 133 ވަރަކަށް ޓީމު އެވްރެޖްކޮށް ބައިވެރިވާ ކަމަށާއި އެ ގޮތަށް އެކަން ވެއްޖެނަމަ މިއީ މި ލީގުގެ ތެރެއިން ވެސް އެތައް ބަޔަކަށް ލިބިގެންދާނެ ވަޒީފާގެ ފުރުސަތުތަކެއް ކަމަށެވެ.

ޓީމުތަކަށް ޒޯން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ

ފުރިހަމަ ގަވާއިދެއް އޮވެގެން ނޫނީ މި ލީގު އެންމެ ރަނގަޅަށް ނުހިނގާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ. އަދި ގަވާއިދެއް ހަދާއިރު ހުރިހާ ފަރާތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭ ގޮތަށް އޮތުން ވެސް އެއީ މުހިއްމު ކަމެއް ކަމަށް އެފްއޭއެމުން ދެކެ އެވެ.

ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާލޭގައި އޮތް ކްލަބެއް އަތޮޅު ތެރޭގެ ކޮންމެ ވެސް ޒޯނެެއްގައި ނިސްބަތްވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެ ޒޯންތަކެއްގައި އެބަހުރޭ ޒޯން އޮފީސްތަކެއް. އެ ޒޯންތަކުން އެ ހުއްދަތައް ނަގަން ޖެހޭ. އެ މެމްބަރުން އެ ހުއްދަ ދޭން ޖެހޭ. އަދި އެފްއޭގެ ކޮންގްރެސް އިން އެ ހުއްދަ ދޭން ޖެހޭ. އަދި އެ ކްލަބަކަށް މި ހުއްދަ ދެވޭނީ މިސާލަކަށް ޕްރިމިއާ ލީގުގައި އޮތް ކްލަބެއް މާލޭގެ ފުރަތަމަ ޑިވިޝަނުގައި މި އޮތް ކްލަބެއް އެހެން ޒޯނަކުން ފަށަން ޖެހޭނީ އެ ޒޯނެއްގެ އޯޕަން ޑިވިޝަނުން (އެންމެ ދަށް ޑިވިޝަނުން)،" ބައްސާމް ވިދާޅުވި އެވެ.

"އެ ހިތްވަރު އެ ޓީމެއްގެ ހުރެއްޖިއްޔާ އެކަން ކުރަން ހަމަ ދާންވީ. އެ ފުރުސަތު އޮންނާނެ ޒޯން ބަދަލުކުރަން. އެކަމަކު އޭތި އެހާ އޯޕަން ކޮށް ވެސް ނުބާއްވާނެ. އެއީ ކޮންމެ އަހަރަކު ޒޯން ބަދަލުކުރަން ވެއްޖިއްޔާ އެންމެ ފަސޭހަ ދިމާލަކުން ދެވޭތޯ ހުރިހާ އެންމެން ވެސް މަސައްކަތް ކުރާނެ. އެހެންވީމަ އުސޫލުތަކެއް ހެދިގެންދާނެ،"

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ކ) އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (މ) އަދި ލީގުގެ ކޮންސަލްޓަންޓް މުހައްމަދު އާދަމް (ވ).-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޓީމުތައް އެކުލަވާލާއިރު، ވަކި އަދަދަކަށް ޒުުވާން ކުޅުންތެރިން ޓީމުގައި ހިމަނަން ޖެހޭ ގޮތަށް ގަވާއިދުގައި ހިމެނުމުގެ ވިސްނުން އެފްއޭއެމުން ގެންގުޅެ އެވެ. އެކަމަކު، އެއްވެސް ޓީމަކަށް ވަކި އަދަދަކަށް ރަށަށް ނިސްބަތްވާ ކުޅުންތެރިން ކުޅެން ޖެހޭ ގޮތަށް އޮތުމަށް ލާޒިމުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެފްއޭއެމުން ދެކެ އެވެ.

"މި ވަގުތު ކުރިއަށްދާ މާލޭ ޒޯނުގެ ކަންކަމުގައި ވެސް އެ ކަހަލަ ގޮތަކަށް ކުޅުންތެރިންގެ ގަވާއިދެއް ނުލަން. އެހެންވީމަ އެހެން ޒޯންތަކުގައި ވެސް ނުލުން އެންމެ ރަނގަޅީ. ވިސްނުމަކީ ޒުވާން ކުޅުންތެރިން ވަކި ވަރަކަށް ބެހެއްޓުމަށް ބާރު އެޅުން،" ބައްސާމް ވިދާޅުވި އެވެ.

އާ ލީގުގެ ފޯމެޓް އެކުލަވާލިއިރު، ފުޓްބޯޅަ ކޯޗުންނާއި ކުރީގެ ކުޅުންތެރިން އަދި ކުޅިިވަރުގެ އެކި ވުޒާރާތަކުގެ އިސް މަގާމުގައި ތިބި ފަރާތްތަކުގެ ލަފާ ހޯދި އެވެ. ބައްސާމް ވިދާޅުވީ އެކި މަޝްވަރާތަކަށް ފަހު އެންމެނަށް އެއްބަސްވެވޭ އެންމެ ރަނގަޅު އަދަދަކީ ދިވެހި ޕްރިމިއާ ލީގު 12 ޓީމާ އެކު ކުރިއަށް ގެންދިއުން ކަމަށެވެ.

ބައްސާމް ވިދާޅުވީ ލީގު ފެށިގެން އަހަރުތަކެއް ވެގެންދާއިރު ދެކެން ބޭނުންވާ ހުވަފެނެއް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުގެ ހުވަފެނަކީ މި ލީގު ފެއްޓިގެން ދެ އަހަރެއް ތިން އަހަރެއް ވެގެންދާއިރަށް އެ ރަށްތަކަށް ނިސްބަތްވާ ޓޮޕް ޕްލޭޔަރުން އެ ރަށުގައި ތިބެގެން އެ ރަށުގެ ޓީމުން ފެނުން. ޕްރިމިއާ ލީގުގައި މިސާލަކަށް ދަންނަވާނަމަ އޭދަފުށީ ޓީމަށް ހަމްޒާ، (ހަމްޕު) ވެސް ކުޅެވޭތަން ފެނިގެން ދިއުން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްލަކޮށް ބަލާއިރު އަތޮޅު މުބާރާތަކީ އަބަދުވެސް ތަފާތު ކުޅުންތެރިންތަކެއް ފެނިގެންދާ މުބާރާތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުމުރުފުރާ ގައުމީ ޓީމުތަކާއި ގައުމީ ސީނިއާ ޓީމުތަކަށް ރަނގަޅު ކުޅުންތެރިން މި ލީގުން ލިބޭނެ ކަމަށާއި ފަހަކަށް އައިސް މައްސަލަ އަކަށް ދިމާވެފައިވާ ދިވެހި ގޯލްކީޕަރުންގެ މަދުވުމުގެ މައްސަލަ އަށް ވެސް ހައްލެއް ލިބި ދިވެހި ގޯލްކީޕަރުންގެ އަދަދު ވެސް އިތުރުވާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އެފްއޭއެމުން އާ ލީގުގެ ފޯމެޓް އެކުލަވާލުމުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި އެހީ ހޯދީ ފުޓްބޯޅަ ކޯޗު މުހައްމަދު އާދަމްގެ ފަރާތުންނެވެ. މުޅި ރާއްޖެ އަށް ހުޅުވާލެވިގެން މިނިވަން ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދިޔައިރު، އިންތިޒާމްތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްރެރިވި މުހައްމަދު އެވެ.

މުހައްމަދު ބުނީ އިންތިޒާމްތަކުގެ ހަރަދަށް ބަލާއިރު އޭރު ކުރި ވަރަށް ހަރަދު ކޮށްގެން ވެސް ކަންކަން މެނޭޖް ކުރެވޭނެ ކަމަށެވެ. އޭރު ގާތްގަނޑަކަށް މުޅި މުބާާރާތަށް ހަރަދުވެފައި ހުންނާނީ 12 މިލިއަން ރުފިޔާ ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.

އެފްއޭއެމުން އެކުލަވާލާފައިވާ ޓެންޓޭޓިވް ޝެޑިއުލްގައިވާ ގޮތުން މި އަހަރުގެ އޮކްޓޫބަރު ހިސާބުގައި އާ ލީގުގެ މަސައްކަތް ފެށޭވަރު ވެއްޖިއްޔާ އަންނަ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރަށް ޒޯންތަކުގެ ލީގުތައް ނިންމޭނެ އެވެ. މުހައްމަދު ބުނީ ޝެޑިއުލް ފައިނަލް ކުރަން އެނގޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން ކަމަށެވެ. އަދި ކުރިއަށް ގެންދާނީ ބައި ބަޔަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox