ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީ/ޕީޕީއެމްގެ ސަރުކާރަކަށް ޔާމީންގެ އެހީ

ނަޝީދާއި ޔާމީން ސަލާމްކުރައްވަނީ: ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު މިހާރު ބޭނުންފުޅުވަނީ ޔާމީންއާ އެކު.

ނަޝީދާއި ޔާމީން ސަލާމްކުރައްވަނީ: ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު މިހާރު ބޭނުންފުޅުވަނީ ޔާމީންއާ އެކު.

އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދުވާ ސަރުކާރެއް އުފެއްދުމަކީ މިވަގުތު ގައުމަށާއި އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަސައްކަތް އެކުގައި ކުރެއްވި ރަހުމަތްތެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފިކުރު ތަފާތު ވެއްޖެ ކަން އިއުލާންކުރެއްވުމަށް ފަހު މިއަދު އެމްޑީޕީގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ވަނީ ސާފުކޮށްދެއްވައިފަ އެވެ.

ނަޝީދު އެ މެސެޖުގައި ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ އިއްތިހާދަކަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން ބޭނުންފުޅުވާ ކަަމަށެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަ އޮޅުންއަރާތީ ކަމަށް ވިދާޅުވެ ފޮނުއްވި މެސެޖުގައި އޮތީ، ޕީޕީއެމަށް ބަދަލުތަކެއް ގެނެވި އެ ގެނެވޭ ބަދަލުތަކަކީ އިންޑާއައުޓްގެ ފަލްސަފާ އާއި ދުރު އަދި ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކަށް ވެސް އެއްބަސްވެވޭ ބަދަލުތަކަކަށް ވާން ޖެހޭ ކަަމަށެވެ. އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާ އެކު އެއްބަސްވެވޭ އެމްޑީޕީ/ޕީޕީއެމް އިއްތިހާދެއް އުފައްދުމަށް ބޭނުންވާ ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"..އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ދެކެމެވެ،" ރައީސް ނަޝީދުގެ މެސެޖުގައިވެ އެވެ.

އެކަމަކު ޔާމީންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނަޝީދު ނުކުންނަވައި، ވެރިކަމުގައި ހެއްދެވި ގޯސްތަކާއި ގާނޫނާ ހިލާފު ކަންކަން ރާއްޖޭގައި އަލުން އިޔާދަވާން ބޭނުން ނުވާ ކަމަށް އެކި ވާހަކަފުޅުތަކުގައި ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނެވުމުގައި ޔާމީން ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު، އޭގެ ކުރިން އެކުގައި ސިޔާސީ މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވުމުން ޕީޕީއެމުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ނަޝީދުގެ ސިޔާސީ ފިކުރާއި ސިޔާސަތުތައް އިދިކޮޅަކަށް ކަމަކު ނުދެ އެވެ. އެހެންވެ އެކުގައި ކުރެއްވޭނެ މަސައްކަތްތަކެއް ނެތް ކަމަށް ވެސް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމާ އެކު މަސައްކަތް ކުރައްވަން ނަޝީދު ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުން ގެންދަވާއިރު، އެމްޑީޕީ އަދިވެސް ދެމިއޮތީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގަ އެވެ. އެ ޕާޓީ ތަމްސީލްކުރައްވާ ރައީސުލްޖުމްހޫރިއްޔާއަކު ހުންނެވިއިރު، އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތް ދެން ނުކުރެއްވޭނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ދެ ފެކްޝަނެއް އޮތް ކަން ވެސް ވަނީ ހާމަވެފަ އެވެ. ޕާޓީގެ މަސައްކަތް ބައިބައިވީ، ސަރުކާރުން، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރާތީ ކަމަށް ޕާޓީގެ ލީޑަޝިޕުން ވަނީ ބުނެފަ އެވެ.

އެކަމަކު، ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox