ފްރާންސްގައި 593 މިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާކޮށްފި

ގޫގުލްގެ އޮފީހެއް.--

ގޫގުލްގެ އޮފީހެއް.--

ޕެރިސް، ފްރާންސް (ޖުލައި 13) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކޮޕީރައިޓް ގަވާއިދުތަކާ އެއް ގޮތަށް އަމަލުކޮށްފައި ނުވާތީ ފްރާންސްގައި 593 މިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާކޮށްފި އެވެ.

ފްރާންސްގެ ކޮމްޕެޓިޝަން އޮތޯރިޓީގެ ޗީފް އިސަބެއްލާ ޑެ ސިލްވާ ވިދާޅުވީ މިއީ ގަވާއިދަކާ ހިލާފުވެގެން މިހާތަނަށް ކުންފުންޏަކަށް ކުރި އެންމެ ބޮޑު ޖޫރިމަނާގެ އަދަދު ކަމަށެވެ.

ކޮމްޕެޓިޝަން އޮތޯރިޓީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ އިތުރުން މީޑިއާ ކުންފުނިތަކުގެ ކޮންޓެންޓު ބޭނުން ކުރާތީ، އެ ކުންފުނިތަކަށް ފައިސާގެ ބަދަލު ދިނުމަށް ގޫގުލްއަށް އަންގާފައި ވެ އެވެ.

އެގޮތަށް އަމަލު ނުކުރާ ނަމަ ކޮންމެ ދުވަހަކު ލިބޭ ގެއްލުމުގެ ގޮތުގައި 900،000 ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ވެސް ކޮމްޕެޓިޝަން އޮތޯރިޓީން ގޫގްލްއަށް ވަނީ އަންގާފަ އެވެ.

ގޫގުލްގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުނީ އެ ނިންމުމާ މެދު ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ގޫގުލްއިން ގަވާއިދާ އެއް ގޮތަށް އަމަލު ކުރުމަށް ކުރާ މަސައްކަތަށް ރިއާޔަތްކޮށްފައިވާ ނުވާ ކަމަށް ބުންޏެވެ.

"މި ނިންމުމުގައި މުޅިން ވެސް ވަނީ މޭ އިން ފެށިގެން ސެޕްޓެމްބަރު 2020 އަށް ހިނގި މަޝްވަރާތަކުގެ ވާހަކަ. އޭގެ ފަހުން އަޅުގަނޑުމެން މި ދަނީ މީޑިއާ ކުންފުނިތަކާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން،" ގޫގުލްގެ ބަޔާނެއްގައި ބުންޏެވެ.

ގޫގުލްއާ ދެކޮޅަށް މިހާ ބޮޑު ޖޫރިމަނާއެއް އައިސްފައި މި ވަނީ ގޫގުލް ސާޗް އިންޖީނުގައި މީޑިއާ ގްރޫޕުތަކުގެ އާޓިކަލްތަކާއި، ފޮޓޯ އަދި ވީޑިއޯތައް ފެންނައިރު، އެ ގްރޫޕުތަކަށް އެއްވެސް ފައިސާއެއް ނުލިބޭތީ އެވެ.

ގޫގުލް ސާޗް އިންޖީނުގައި މީޑިއަ ގްރޫޕުތަކުގެ ކޮންޓެންޓު ފެންނައިރު، ޖަހާފައި ހުންނަ އިޝްތިހާރުތަކުގެ ހުރިހާ ފައިސާއެއް ލިބެނީ ހަމައެކަނި ގޫގުލް އަށެވެ.

އެހެންވެ، ގިނަ މީޑިއާ ކުންފުނިތަކުން ވަނީ އެ އިޝްތިހާރުތަކުން ގޫގުލްއަށް ލިބޭ އެތައް މިލިއަން ޑޮލަރުގެ ފައިދާއިން ބައެއް ކޮޕީރައިޓު ގާނޫނުތަކުގެ ދަށުން އެ މީހުން ލިބެން ޖެހޭނެ ކަމަށް ދައުވާކޮށްފަ އެވެ.

ނަމަވެސް ގޫގުލްއިން ބުނެފައިވަނީ ސާޗް އިންޖީނުގައި ހަބަރުތައް ޑިސްޕްލޭ ކުރުމުން، ގޫގުލް ބޭނުން ކުރާ މީހުންނަށް ނޫސް ވެބްސައިޓުތަކަށް ދިޔުމަށް ހިތްވަރު ލިބޭ ކަމަށެވެ.

އޭގެ އިތުރުން މީޑިއާތަކަށް އެހީވުމަށް ގިނަ ކަންކަން ކުރާ ކަމަށާއި އެގޮތުން ކޮވިޑު ބަލިމަޑުކަމުގައި އެމެޖެންސީ ފަންޑު ވެސް ފޯރުކޮށްދެމުންދާ ކަމަށް ގޫގުލްއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox