ތަފާތު ފިކުރެއް؛ އެމްޑީޕީއާއެކު ކުރާނެ މަސައްކަތެއް ނޯންނާނެ: އިދިކޮޅު

ޝިޔާމް: އެމްޑީޕީއާ ފިކުރު ތަފާތު ކަމަށާއި އެ ޕާޓީއާއެކު ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަމީމް / އަދަދު

ޝިޔާމް: އެމްޑީޕީއާ ފިކުރު ތަފާތު ކަމަށާއި އެ ޕާޓީއާއެކު ކުރާނެ މަސައްކަތެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަމީމް / އަދަދު

އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ފިކުރާއި ސިޔާސަތުތަކާއި އިދިކޮޅު ކޯލިޝަނުން ގެންގުޅޭ ވިސްނުމާއި ބޮޑެތި ފުށުއެރުންތަކެއް ހުންނަ ކަމަށާއި، އެމްޑީޕީއާއެކު ކުރެވޭނެ މަސައްކަތެއް ނޯންނާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ދެން އެކުގައި ނުހުންނަވާނެކަން އިއްޔެ އިއުލާން ކުރެއްވުމަށްފަހު އެވެ. ނަޝީދު އިއްޔެ ވަނީ، ޕީޕީއެމް އާއި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

އޭގެ ފަހުން، ނަޝީދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް،"

އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ނަޝީދު ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވާފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އުޑާބިމާހާ ތަފާތު ކަމަށެވެ.

އެގޮތުން، ދެ ޕާޓީން ގެންގުޅޭ އިސްލާމްދީނާއި އިގުތިސޯދާއި ގައުމު ކުރިއެރުވުން ފަދަ މުހިންމު އަސާސްތައް ވަރަށް ބޮޑަށް ތަފާތުކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އެމްޑީޕީއާއި ނަޝީދާ އެކީގައި ކުރިއަށް ދެވޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަންކުރަން ޑީލެއް ނަހަދާނެ

އެކުގައި މަސައްކަތްކުރުމުގެ ދައުވަތާއެކު ރައީސް ޔާމީން މިނިވަންކުރަން ހުށަހަޅައިފިނަމަ ނަޝީދުގެ އެ ދައުވަތު ގަބޫލުކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ވެސް ޝިޔާމް ވަރަށް ސާފުކޮށް ޖަވާބު ދެއްވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލާން ހުކުމްކޮށްފައި ސިޔާސީ ގޮތުން އަނިޔާދިނުމަށެވެ. ނަޝީދުގެ ދައުވަތުން އެކަން އެމްޑީޕީގެ ލީޑަޝިޕުން ވެސް މިހާރު ގަބޫލުކުރާކަން ވެސް ސާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ޔާމީން މިނިވަންކުރަން އިދިކޮޅުން އެއްވެސް ޑީލެއް ނަހަދާނެ ކަމަށާއި އެކަން ކުރާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް ޝިޔާމް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ޑީލެއް ހަދައިގެން ރައީސް ޔާމީން މިނިވަންވާކަށް ނުޖެހޭ. މީގެ ކުރިން އަޅުގަނޑުމެން ބުނަމުން މިއައީ އެމަނިކުފާނަށް ކޮށްފައިވަނީ ނުހައްގުން ނާއިންސާފުން ކުރި ސިޔާސީ ހުކުމެކޭ. އެހެންވީމާ އަޅުގަނޑުމެން ޑީލެއް ނަހަދާނެ. މި ޕާޓީއަކުން ޑީލެއް ނަހަދާނެ. ސާފު މަގުން މަސައްކަތް ކުރާނީ. ފޮރިވިގެން އަޑިއަޑީން ކުރާނެ ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޔާމީންގެ ފިކުރުގެ މަތީގައި ވަކި އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންނާއެކު ވެފައިވަނީ އިޖުތިމާއީ އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އުސޫލުތަކާއި އަސާސްތަކެއްގެ މަތީގައި ކޯލިޝަން ވެސް އަދި ޔާމީން ވެސް އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ނިޒާމު ބަދަލުކުރަން ކުރާނެ މަޝްވަރާއެއް ނެތް

ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅުގެ އެހީތެރިކަން ހޯއްދަވާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވާފައިވާއިރު، އެކަމަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ޔާމީން ވެރިކަން ކުރެއްވި ފަސް އަހަރު ރައްޔިތުންނަށް ލިބިދީފައިވާ ކަމަށެވެ.

އެގޮތުން، ނިޒާމު ބަދަލުކުރުމުގެ ވާހަކަ ނަޝީދު އިސްވެ ދައްކަވަނީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

"ނިޒާމު ބަދަލުކުރުގެ މަޝްވަރާއެއް ޕާޓީގެ ތެރެއިން ވެސް ނުދޭ. ދާކަށް ނުވެސް ޖެހޭ. އަޅުގަނޑުމެން ރިޔާސީ ނިޒާމެއްގެ ތެރޭގައި މިތިބީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޓެރަރިޒަމްގެ މައްސަލަ ފަދަ ގައުމަށް ދިމާވެފައިވާ ބޮޑެތި ކަންކަން ހައްލުކުރުމުގައި އިދިކޮޅުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ރައީސް ސޯލިހުގެ ސަރުކާރަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދޭން ތައްޔާރަށް އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެކަމަކު މި ޕާޓީއަކުން ޑީލް ހަދާކަށް ނުދާނެ. ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަން ނުދާނެ. ޑީލެއްގެ ދަށުން ރައީސް ޔާމީން ކުރަން ޑީލެއް ހަދަން އަޅުގަނޑުމެން ނުދާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox