"ރާއްޖެ ސަލާމަތްކުރަން": ނަޝީދު ބޭނުންވަނީ އެމްޑީޕީ، ޕީޕީއެމްއާއެކު ކޯލިޝަން ހަދަން

ނަޝީދާއި ޔާމީން: ޕީޕީއެމްއާއެކު ކޯލިޝަން ހަދަން ބޭނުންވާކަން ވަނީ ހާމަ ކުރައްވާފައި

ނަޝީދާއި ޔާމީން: ޕީޕީއެމްއާއެކު ކޯލިޝަން ހަދަން ބޭނުންވާކަން ވަނީ ހާމަ ކުރައްވާފައި

ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެ ޕާޓީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ދެން އެކުގައި ނުހުންނަވާނެކަން އިއްޔެ އިއުލާން ކުރެއްވުމަށްފަހު އެވެ. ނަޝީދު އިއްޔެ ވަނީ، ޕީޕީއެމް އާއި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

އެ ވާހަކަތައް ނަޝީދު ދެއްކެވީ، އެމްޑީޕީގެ އެތެރޭގެ ވަޓްސްއެޕް ގުރޫޕެއްގަ އެވެ.

އެތެރޭގެ ގްރޫޕްގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލާއެކު ނަޝީދު މިއަދު ވަނީ ޓްވިޓާއަށް ވަޑައިގެންފަ އެވެ.

"އަޅުގަނޑުގެ ހަމަ އެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން،" ޓްވީޓު ފައްޓަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.

"އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް،"

އިނގިރޭސިވިލާތުގައި ހުންނަވާ ކުރެއްވި ޓްވީޓު ނިންމާލައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ، އަފްގާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.

ނަޝީދުގެ މި ވިސްނުމަށް ރައީސް ވެސް އިދިިކޮޅުގެ ވެސް ސަމާލުކަމެއް ނެތް

ސިޔާސީ ގޮތުން އެކުގައި ހުރެވެން ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ނަޝީދު، ރައީސް ސޯލިހަށް އަމާޒު ކުރައްވާފައިވަނީ ވަރުގަދަ ސިޔާސީ ހަމަލާއެކެވެ. ނަމަވެސް، ނަޝީދުގެ އެ ހަމަލާއަށް ރައީސްގެ އެއްވެސް ސަމާލު ކަމެއް ނެތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް މުހިންމީ އަދި މަސައްކަތް ކުރައްވަނީ ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެއްވުމަށެވެ.

"ރައީސްގެ އިތުރު އެހެން ވިސްނުންފުޅެއް ނެތް،" މަބުރޫކު ވިދާޅުވި އެވެ.

ސަރުކާރުން، ނަޝީދުގެ ވާހަކަތަކާ ގުޅިގެން މިހެން ބުނެފައިވާއިރު، އިދިކޮޅު، ޕީޕީއެމްއިން ވެސް ވަނީ ނަޝީދާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތްކަން ހާމަކޮށްފަ އެވެ.

ޕީޕީއެމް، ޕީއެސްސީއާއެކު ހަދާފައިވާ ކޯލިޝަންގެ އެކްޓިން ލީޑަރު އަބުދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންއަކީ ސިއްރުން އެއްވެސް ޑީލެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި ނަޝީދާއެކު އެއްވެސް ޑީލެއް ހައްދަވާފާނެ ކަމަށް އޭނާއަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

"ރައީސް ސޯލިހާއި ރައީސް ނަޝީދާ ތަޅާތެޅުމެއްގެ ތެރެއިން އެއަށް ޖަވާބު ދީ އޭގެ ތެރޭގައި ތާށިވާކަށް އަޅުގަނޑުމެން ނެތިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ނަޝީދު ވިދާޅުވެފައިވާއިރު އަބްދުއްރަހީމް ވިދާޅުވީ ބޭނުން މީހެއްގެ ކައިރިން އެހީއަށް އެދުމަކީ ނަޝީދުގެ ހައްގެއް ކަމަށާއި އެކަމަކު އެމަނިކުފާނާއެކު ސިޔާސީ މަސައްކަތް ކުރަން އިދިކޮޅު ކޯލިޝަނުން ނުނިންމާ ކަމަށެވެ.

"ރައީސް ޔާމީނަކާ ނަޝީދަކާ އެއްވެސް ޑީލެއް ނެތް. އަދި އަޅުގަނޑުމެން އެއްވެސް މީހަކާއެކު ޑީލެއް ހެދުމުގެ ވިސްނުމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ޔާމީންއާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ނަޝީދުގެ މަގުސަދަކީ އެމަނިކުފާނުގެ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހެދުން ކަމަށް "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ނިޒާމު ފުރޮޅާލުމަށް ޔާމީން، އެމަނިކުފާނާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވަ އެވެ.

ނަޝީދުގެ ސިޔާސީ ވިސްނުމާހުރެ އެމްޑީޕީގެ ތެރޭގައި ވެސް ދެ ފެކްޝަން އުފެދިފައިވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ހުންނަވާނީ ނަޝީދު ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު، ރައީސް ސޯލިހަށް އިތުރު ފުރުސަތެއް ދެއްވަން ބޭނުންފުޅެއް ނުވެ އެވެ.

ނަޝީދުގެ އަމާޒަކީ، ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި އަންނަ އަހަރު ބަރުލަމާނީ ނިޒާމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެއަށްފަހު ބޮޑުވަޒީރެއްގެ ގޮތުގައި އައްޔަންވެ، ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އެއްޗެއް ވިދާޅުވެފައިނުވީ ނަމަވެސް، އެމަނިކުފާނުގެ ގާތް ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން ރައީސް ސޯލިހަށް ވެސް އެމްޑީޕީގެ ތެރޭން ދެވަނަ ދައުރެއް ދޭން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox