ނަޝީދުގެ ސިޔާސީ ވިސްނުމަށް ރައީސްގެ ސަމާލުކަމެއް ނެތް

ރައީސް ސޯލިހާއި ނަޝީދު: ރައީސްއަށް މުހިންމީ ވައުދުތައް ފުއްދެވުން ކަމަށް ވިދާޅުވި

ރައީސް ސޯލިހާއި ނަޝީދު: ރައީސްއަށް މުހިންމީ ވައުދުތައް ފުއްދެވުން ކަމަށް ވިދާޅުވި

ސިޔާސީ ގޮތުން އެކުގައި ހުރެވެން ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ބޮޑު ހަމަލާއެއް އަމާޒުކުރައްވާފަ އެވެ. ނަމަވެސް، ނަޝީދުގެ އެ ހަމަލާއަށް ރައީސްގެ އެއްވެސް ސަމާލު ކަމެއް ނެތެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް މުހިންމީ އަދި މަސައްކަތް ކުރައްވަނީ ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެއްވުމަށެވެ.

"ރައީސްގެ އިތުރު އެހެން ވިސްނުންފުޅެއް ނެތް،" މަބުރޫކު ވިދާޅުވި އެވެ.

Advertisement

މީގެކުރިން ރައީސް ސޯލިހު، ސިޔާސީ ގޮތުން ކުރިމަތިވާ ކޮންމެ ހަމަލާއަކަށް ދެއްވާ ޖަވާބަކީ މިއީ އެވެ. އެމަނިކުފާނަށް ސިޔާސީ ހަލަބޮލިކަމެއް މުހިންމު ނޫން ކަމާއި ގައުމުގައި ހައްލުކުރަން ޖެހޭ ކަންކަމާއި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ގިނަ ކެމެވެ.

ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވާން މެދުވެރި ސަބަބު ކަމުގައިވާ ރާއްޖޭގެ ވެރިކަން ނިޒާމް ބަދަލުކުރުމަށް ނަޝީދު ނެރުއްވި ވިސްނުމަށް ވެސް ރައީސް ދެއްވި ޖަވާބަކީ ހަމަ އެއީ އެވެ. މިވަގުތު ނިޒާމު ބަދަލުކުރުމަށްވުރެ، ރައްޔިތުންނަށް މުހިންމު އެތައް ކަމެއް އެބަ އޮތް ކަމެވެ. އެމަނިކުފާނު އިސްކަން ދެއްވާނީ އެކަންކަމަށް ކަމަށެވެ.

ނަމަވެސް، ރައްޔިތުން އެކަމަށް ރުހޭނަމަ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެންމެ ގާތް އެކުވެރިޔާ، ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން އެކުގައި ނުހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވަމުން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންއާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުން ކުރިއަށް ނުރުއްވި އެވެ.

އޭގެ މަގުސަދަކީ ނަޝީދުގެ ބަރުލަމާނީ ހުވަފެން ހަގީގަތަކަށް ހެދުން ކަމަށް "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ނިޒާމު ފުރޮޅާލުމަށް ޔާމީން، އެމަނިކުފާނާއެކު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވަ އެވެ.

ނަޝީދުގެ ސިޔާސީ ވިސްނުމާހުރެ އެމްޑީޕީގެ ތެރޭގައި ވެސް ދެ ފެކްޝަން އުފެދިފައިވާއިރު، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ހުންނަވާނީ ނަޝީދު ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު، ރައީސް ސޯލިހަށް އިތުރު ފުރުސަތެއް ދެއްވަން ބޭނުންފުޅެއް ނުވެ އެވެ.

ނަޝީދުގެ އަމާޒަކީ، ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި އަންނަ އަހަރު ބަރުލަމާނީ ނިޒާމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެއަށްފަހު ބޮޑުވަޒީރެއްގެ ގޮތުގައި އައްޔަންވެ، ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އެއްޗެއް ވިދާޅުވެފައިނުވީ ނަމަވެސް، އެމަނިކުފާނުގެ ގާތް ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން ރައީސް ސޯލިހަށް ވެސް އެމްޑީޕީގެ ތެރޭން ދެވަނަ ދައުރެއް ދޭން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox