ބުރަ މަސައްކަތުން ދެބެންގެ ވެސް އޮލިމްޕިކްސް ހުވަފެން ހަގީގަތަކަށް!

ސަޖަން (ވ) އާއި ސާޖިނާ (ކ): ދެ ފެތުންތެރިން ވެސް އޮލިމްޕިކްސްގެ ހުވަފެން ހަގީގަތަކަށް ހެދީ ބުރަ މަސައްކަތުން.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން/ އަދަދު

ސަޖަން (ވ) އާއި ސާޖިނާ (ކ): ދެ ފެތުންތެރިން ވެސް އޮލިމްޕިކްސްގެ ހުވަފެން ހަގީގަތަކަށް ހެދީ ބުރަ މަސައްކަތުން.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން/ އަދަދު

މީގެ ފަސް އަހަރު ކުރިން ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލީ ކާމިޔާބު ފެތުމުގެ ކެރިއަރެއް އޮތް އައިމިނަތު ސަޖަން އެވެ. ރާއްޖެ އަށް ފެތުމުން ފުރަަތަމަ މެޑަލް ހޯދައިދިން ސަޖަން އަކީ ގިނަ ފެތުންތެރިން ނަމޫނާ އަކަށް ބަލާ އެތުލީޓެކެވެ. ސަޖަން އަކީ މިސާލަކަށް ބަލައި އެ ފިޔަވަޅު މަތީގައި ކުރިއެރުން ހޯދަމުން އަންނަ އެއް ފެތުންތެރިޔަކީ އޭނާގެ ކޮއްކޮ އައިޝަތު ސާޖިނާ އެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައިވާ ސާޖިނާ ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފް ވެސް ހޯދައިފަ އެވެ. އެކަމަކު، މިހާތަނަށް އޭނާ ބުރަ މަސައްކަތްކޮށްގެން ދެކެމުން އައި އެއް ހުވަފެން ހަގީގަތަކަށްވާނީ މި މަހު ފަށާ އޮލިމްޕިކްސްއާ އެކު އެވެ. މީގެ ފަސް އަހަރު ކުރިން ދައްތަ އަށް ލިބުނު ފުރުސަތު ސާޖިނާ އަށް ލިބުނީ ކެރިއަރަށް ފޯކަސްކޮށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.

"ފެތުމަށް ޝައުގުވެރިކަން އުފެދުނީ ދައްތަ (ސަޖަން) ފަތާތަން ފެނި އޭނާ ކާމިޔާބު ކެރިއަރެއް ކުރިއަށްގެންދާތަން ފެނުމުން. އެހެންވެ، ބޭނުންވީ ޑިސިޕްލިން ހިފަހައްޓައިގެން ކުރިއަށްދާ ފެތުންތެރިއަކަށްވާން،" އޮލިމްޕިކް ކޮމިޓީ އަށް ދިން އިންޓަވިއުއެއްގައި ސާޖިނާ ބުންޏެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރާނެ ދެ ފެތުންތެރިއަކީ ގައުމީ ސްވިމިން ޓީމުގެ އައިޝަތު ޝައުސަން އާއި އަލީ އިމްއާން ކަމަށް ސްވިމިން އެސޯސިއޭޝަނުން ކަނޑައެޅި ނަމަވެސް އެންމެ ފަހު ވަގުތު ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާން ޖެހުމުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީ ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމަށެވެ. އެއީ ފީނާގެ ޕޮއިންޓް ރޭންކިން އަށް ބަލައިގެންނެވެ.

ސާޖިނާ ބުނީ މިހާތަނަށް އެންމެ ފަހުރުވެރިވި ދެ ކާމިޔާބީގެ ތެރޭގައި އޮލިމްޕިކްސް އިން ފުރުސަތު ލިބުން ހިމެނޭނެ ކަމަށެވެ.

"އެންމެ ފަހުރުވެރިވާ ކަންތައްތަކަކީ މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްުކުރުމުގެ ފުރުސަތު ލިބުން. ދެން 2016 ވަނަ އަހަރު ސައުތު އޭޝިއާގެ އެކުއަޓިކް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދައި ރާއްޖެ އަށް ފެތުމުން ފުރަތަމަ ރިހި މެޑަލް ހޯދައިދެވުމުން،" ސާޖިނާ ބުންޏެވެ.

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން ސާޖިނާ.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

ބައިނަލްއަގުވާމީ 15 މުބާރާތުގައި ވާދަކޮށްފައިވާ ސާޖިނާގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއާގެ އެކުއަޓިކް ޗެމްޕިއަންޝިޕްގައި ދެ ރިހި މެޑަލާއި އެއް ލޯ މެޑަލް ހޯދައިފަ އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ފުރުސަތު ސާޖިނާ އަށް ލިބުނުއިރު، މިދިޔަ ދެ އަހަރެއްހާ ދުވަހަކީ އެހެން ހުރިހާ އެތުލީޓުންނެކޭ އެއްގޮތަށް އޭނާ އަށް ވެސް ވަރަށް ޗެލެންޖިން ދުވަސްތަކެކެވެ. އެ ހުރިހާ ކަންކަމުގެ ތެރެއިން ވެސް ސާޖިނާ އަށް ލިބޭ ހިތްހަމަ ޖެހުމަކީ ޕްރޮފެޝަނަލް ކޯޗުންގެ އިރުޝާދާ އެކު ރަނގަޅަށް ފިޓްނަސް ހިފެހެއްޓުމެވެ.

"ސާޖިނާ އަކީ އަޒުމް ވަރުގަދަ އަދި ހިތްވަރާ އެކު މަސައްކަތް ކުރާ ކުއްޖެއް"

ސާޖިނާގެ ކެރިއަރުގައި އެހީތެރިއެއްގެ ގޮތުގައި އެންމެ ކައިރިން ބައިވެރިވާ އެކަަކަކީ އޭނާގެ ދައްތަ ސަޖަން އެވެ. ސަޖަން "އަދަދު" އަށް ބުނީ ސާޖިނާއާ މެދު ފަހުރުވެރިވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަަމަށެެވެ.

އެގޮތުން އޮލިމްޕިކްސް ސްކޮލަޝިޕްގައި މިދިޔަ ތިން އަހަރު މެލޭޝިއާގައި ތަމްރީން ހަދަމުންދިޔައިރު، ސާޖިނާ ކުރަމުންދިޔަ ބުރަ މަަސައްކަތްތައް ސަޖަން ވަނީ "އަދަދު" އަށް ހިއްސާކޮށްފަ އެވެ.

ފުލް ޓައިމް ޓްރެއިނިންގެ އިތުރުން ސާޖިނާ އަންނަނީ ޔުނިވަސިޓީ އޮފް ސައިބަޖާޔާ އިން ފިޒިއޮތެރަޕީ ޑިގްރީ އަށް ވެސް ކިޔަވަމުންނެވެ. ސަޖަން ބުނީ ސާޖިނާ ކިޔެވުމާއި ތަމްރީންތައް އެކުއެކީގައި ކުރިއަށް ގެންދަމުން ދިޔައީ ދެ ކަމަށް ވެސް ނުހަނު ފަރުވާ ބަހައްޓައިގެން ކަމަށާއި އޭގެ ސަބަބުން ދެ ކަމުގައި ވެސް އޭނާ ނެރެމުންދިޔަ ނަތީޖާ ރަނގަޅު ކަމަށެވެ.

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާޖިނާ (ކ) އާއި ސަޖަން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ސާޖިނާ ދެ ގަޑިއިރު ސްވިމިން ޓްރެއިނިން ހަދާ. އެ އަށް ފަހު ތައްޔާރުވެގެން ދަނީ ޔުނިވާސިޓީގެ ކްލާސްތަކަށް. ކްލާސްތައް ހަވީރު ވަންދެން ކުރިއަށްދާނެ. ހަވީރު ނިންމާލުމަށް ފަހު އަނެއްކާ ވެސް ސްވިމް އެކަޑަމީ އަށް ގޮސް ދެ ގަޑިއިރު އަނެއްކާ ވެސް ޓްރެއިނިން ކުރިއަށް ގެންދޭ. ޖުމްލަ ހަތަރު ގަޑިއިރު ތަމްރީން ކޮންމެ ދުވަހަކު ވެސް ކުރޭ،" ސަޖަން ކިޔައިދިނެވެ.

ސަޖަން ބުނީ ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރޭގައި ވެސް ސާޖިނާ ދިޔައީ އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެ، ޓްރެއިނިން އަށް ވެސް ފޯކަސް ކުރެވޭ ވަރަކުން އެކަންތަކަށް ވެސް ވީ އެންމެ ބޮޑަށް ސަމާލުކަން ދެމުން ކަމަށެވެ. ކޮލެޖުގެ ކަންކަމާއި ޓްރެއިނިން އަށް ފޯކަސްކޮށްފައި ވެސް ސާޖިނާ އަކީ އާއިލާ އާއި ރަށްޓެހިންނަށް ވަގުތުދޭކަން ވަގުތަށް ކަމޭހިތާ ކުއްޖެއްކަން ސަޖަން ވަނީ ފާހަގަކޮށްފަ އެވެ.

"ސާޖިނާ ކޮންމެ ދުވަހަކު އެ ކުރާ ކަންތައްތަކަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. ހާއްސަކޮށް ރޯދަ މަހާއި ދެން ޔުނިވާސިޓީގެ އިމްތިހާނު ދުވަސްވަރު އެ ވަރުގެ ޑެޑިކޭޝަނެއް ދީގެން މަސައްކަތް ކުރުމަކީ ހަމަގައިމު ވެސް ވަރަށް ޗެލެންޖިން ކަމަކަށް ވާނެ. ސާޖިނާގެ ހިތްވަރާއި މުރާލިކަމުން މި ހިސާބަށް އާދެވުނީ،" ސަޖަން ބުންޏެވެ.

"ސާޖިނާ އަކީ އަޒުމް ވަރުގަދަ، ކުރާ ހުރިހާ ކަމެއްގައި ޑިސިޕްލިން އެންމެ ފުރިހަމަ އަށް ގެންގުޅެން އަބަދު ވެސް މަސައްކަތްކުރާ ހިތްތިރި ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް. އެކަމާ އަޅުގަނޑު އަބަދުވެސް ފަހުރުވެރިވޭ. ވަރަށް އުފާ ވެސް ވޭ އަދި ވަރަށް ލޯބި ވެސް ވޭ."

މި ފަހަރު އޮލިމްޕިކްސްގައި ސާޖިނާ ވާދަކުރަން ޖެހެނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގަ އެވެ. ދެން ރާއްޖޭން ވާދަކުރާ މުބާލް އައްޒާމް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. މިއީ ފީނާ އިން ކަނޑައެޅި އިވެންޓްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox