ނަޝީދަށް ދިން ހަމަލާ ތަހުގީގު މިހާތަނަށް ރަނގަޅު: އައްބާސް

ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ: ޕީޖީ މަސައްކަތާއެކު ކޯޓުގައި ދައުވާ އުފުލޭނެ ކަމަށް ބެލެވޭ ކަމަށްވެސް އައްބާސް މިއަދު ވަނީ ވިދާޅުވެފަ-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ: ޕީޖީ މަސައްކަތާއެކު ކޯޓުގައި ދައުވާ އުފުލޭނެ ކަމަށް ބެލެވޭ ކަމަށްވެސް އައްބާސް މިއަދު ވަނީ ވިދާޅުވެފަ-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގު ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންދޫބެއް ގޮތުގައި އައްޔަނު ކުރެއްވި އައްބާސް ފާއިޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތް ކުރައްވާފައި ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްގަ އެވެ.

ރައީސް ސޯލިހާ މިއަދު ބައްދަލު ކުރެއްވުމަށްފަހު އައްބާސް ވަނީ ބޮން ގޮއްވި މައްސަލައިގައި ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތްތަކުގެ އެންމެ ފަހު މައުލޫމާތު ރައީސްއަށް އަރުއްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު އައްބާސް ވިދާޅުވީ ފުލުހުންގެ ތަހުގީގު މިހާތަނަށް ގެންގޮސްފައިވަނީ ވަރަށް ފަރުވާތެރިކަމާ އެކު، ހުރިހާ ދިމާލަކަށް ނަޒަރު ހިންގައި ވަރަށް ފުރިހަމަކޮށްކަން ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ވީހާވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހެވެ.

ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ހަމަލާއާ ގުޅޭ ތަހުގީގުތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ މިންގަނޑުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އިންސާފު ގާއިމުކުރެވެންދެން، ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ ރިޕޯޓުތައް ވެސް ތައްޔާރުކުރައްވާނެ އެވެ.

އައްބާސް ފާއިޒް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

އެ ހަމަލާއާ ގުޅިގެން މަޖިލީހުން އުފެއްދި 241 ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދަށް ދޭން އުޅުނު ހަމަލާގެ މައުލޫމާތު މާރިޔާއަށް ލިބިވަޑައިގެން އެކަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތަކަށް އަމަލު ނުކުރެއްވުން ބަލައެއްނުގަނެވޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިން ރޭ އެ ސަރަހައްދުގައި މޯބައިލް ރޭންޖު ބުލޮކް ކުރާ ޖޭމަރު ބޭނުން ނުކުރުމާއި އެ ސަރަހައްދު ކުރީ ބައިގައި ބަލައި ފާސް ނުކުރުމަކީ ވެސް ފެއިލުވުމެއް ކަމުގައި ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox