އެމްބަސީ ގޮއްވާލާނެ ކަމަށް ޓްވީޓުކުރީ އިމާދު ކަމުގެ ހެއްކެއް އަދި ނުލިބޭ

Jul 12, 2021, 6:08 AM
އިނާދު: ޓްވީޓުކުރީ ސީދާ އޭނާ ކަމުގެ ހެއްކެއް އަދި ހޯދިފައެއް ނުވޭ

އިނާދު: ޓްވީޓުކުރީ ސީދާ އޭނާ ކަމުގެ ހެއްކެއް އަދި ހޯދިފައެއް ނުވޭ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓުކުރީ އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު އިނާދު ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެފި އެވެ.

ފޭކް އެކައުންޓެއްގެ ގޮތުގައި ހިންގާ، "ރޯޔަލް ހުސެއިން ތަކުރު" ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް ކުރާނެ ކަމަށެވެ.

އެ އެކައުންޓަކީ އިނާދުގެ އެކައުންޓެއް ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށް ބަންދުކުރި އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގޮވާތަކެތި ބޭނުންކޮށްގެން ތަނެއް ގޮއްވާލަން މަސައްކަތް ކުރަމުންދާ ކަމާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމުގެ އިންޒާރުދިން ކަމުގެ ތުހުމަތެވެ.

Advertisement

އެ ތުހުމަތުގައި އިނާދުގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވެ، އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރުކޮށްދީފައިވަނީ ތިން ދުވަހެވެ.

އޭނާގެ ބަންދުގެ މުއްދަތު ދެމެހެއްޓި ނަމަވެސް، ގާޒީ ސޮފްއަތު ހަބީބު ނެރުއްވި އަމުރުގައި ބުނެފައިވަނީ މައްސަލާގައި ޓްވީޓުކުރި ސީދާ ފަރާތަކީ އިނާދު ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނެތް ކަމަށެވެ.

އެކަމަކު، އެ އެކައުންޓަކީ އިނާދުގެ އެކައުންޓެއް ކަމަށް ބާރުދޭ ގަރީނާތަކެއް ލިބިފައިވާ ކަމަށެވެ.

އިނާދުގެ މައްޗަށް ޓެރަރިޒަމްގެ ބޮޑު ތުހުމަތެއް ކުރާއިރު، އޭނާގެ ބަންދު އިތުރުކޮށްފައިވަނީ އަމުރުގައިވާ ގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ އެވެ.

އަމުރުގައި ބުނި ގޮތުގައި، އިނާދުގެ މައްޗަށް ތުހުމަތުވާ ކުށަކީ މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅިފައިވާ ކުށެކެވެ. އެ މައްސަލާގައި މިހާތަނަށް ހެކި ބަސް ހޯދިފައިނުވާތީ އާއި މައްސަލާގެ ބާވަތުން އިނާދު ދޫކޮށްލައިފިނަމަ ހެކި ނައްތާލާ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ރޯޔަލް ހުސެއިން ތަކުރު" މި ޓްވީޓުކުރީ އިންޑިއާއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފަލައި، މަޝްރަހު ވަރަށް ހޫނުވެފައިވަނިކޮށެވެ.

އިންޑިއާގެ މައްސަލަ އަނެއްކާވެސް ހޫނުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ރޯހިތުއާ ގުޅޭ ގޮތުން "ދިޔަރެސް" ނޫޙުގައި ލިޔުނު ރިޕޯޓެއްގެ މައްސަލާގައި ހައިކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. އިންޑިއާ ހައިކޮމިޝަނުން ވަނީ އެ ނޫހުގެ މައްސަލަ ބަލައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

އަދި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މީޑިއާ ކައުންސިލަށް ވެސް ހުށަހެޅި އެވެ.

އިނާދު ހައްޔަރުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ އަނިޔާވެރި އަމަލުތަކާއި އެކަމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

"ސޯޝަލް މީޑިއާ އާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދެން،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox