ބޮން ގޮއްވި މައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އިދިކޮޅުގެ ކަންބޮޑުވުން

ޕީޕީއެމްގެ ވަގުތީ ލީޑަރު އަބްދުއްރަހީމް: ވިދާޅުވީ އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހު ކަމަށް -- ފޮޓޯ: ފައިލް

ޕީޕީއެމްގެ ވަގުތީ ލީޑަރު އަބްދުއްރަހީމް: ވިދާޅުވީ އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހު ކަމަށް -- ފޮޓޯ: ފައިލް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ބޮމެއް ގޮއްވާލި މައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އިދިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ މެއި 6، ގައި ނީލޯފަރު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ބޮން ގޮއްވިފަހުން އެކަމާ ގުޅިގެން މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

"ރައީސް ނަޝީދަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް. އަދި އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް. އެކަމަކު މިއަދާ ހަމައަށް ވެސް ސަރުކާރުން މިކަމުގައި ފިޔަވަޅެއް އެޅި ތަނެއް ނުފެނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

ބޮން ގޮއްވި މައްސަލައިގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހެ ނެރެމުން، އެ ރިޕޯޓަށް ބިނާކޮށް ވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ ރިޕޯޓަކީ އަޅުގަނޑުމެންގެ ކޯލިޝަންގެ ބޭފުޅުން ވެސް ތިއްބަވައިގެން ގައުމީ މަސްލަހަތު އިސްކޮށްގެން ކުރި މަސައްކަތެއް. އޭގެން އެބަ އެނގޭ ހޯމް މިނިސްޓަރުގެ އިހުމާލު އެބަ އޮތްކަން. އޭގެން އެނގޭ ޑިފެންސް މިނިސްޓަރުގެ އިހުމާލު އޮތްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބޮން ގޮއްވި މައްސަލައިގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅުމުން ހައިރާންވާންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި 2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން އަޅަންޖެހުނު ފިޔަވަޅުތައް އެއިރުގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން އެޅުއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ގައުމެއްގެ ރައީސެއްވެއްޖެއްޔާ މިކަހަލަ ދަނޑިވަޅެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ހިތްވަރު ހުންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސަކު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި ސަރުކާރުން ފިޔަވަޅު ނޭޅުމަކީ ރައީސް ސޯލިހު އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާ ވަރުގެ "އިހުމާލެއް" ކަމަށް ވެސް އަބްދުއްރަހީމް ސިފަ ކުރެއްވި އެވެ.

"މިހާރު އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަންޖެހޭ ފަރާތަކީ ރައީސް ސޯލިހު،" އޭނާ ވިދާޅުވި އެވެ.

މެއި 6، ގެ އިންކުއަރީ ކޮމެޓީން ނެރުނު ރިޕޯޓާ ގުޅިގެން މި ނޫހުން ރައީސް އޮފީހަށް ގުޅުމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނީ ރިޕޯޓު ދިރާސާ ކުރުމަށްފަހު ކަމަށާއި ރަސްމީކޮށް ރިޕޯޓު މިހާތަނަށް ނުލިބޭ ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އެމްއެންޑީއެފަށް އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ބުނުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކަމަނާގެ ޒިންމާ އަދާ ކުރައްވާފައިނުވާ ކަމަށާއި ހަމަ އެގޮތަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ފުރިހަމައަށް ޒިންމާ އަދާކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމަލާއަށްފަހު ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox