ރައީސަށް ރަސްމީކޮށް ރިޕޯޓު އަދި ނުފޮނުވާ، އާއްމުކުރި ރިޕޯޓް ދިރާސާކުރަނީ

ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މަޖިލީހުގެ ރިޕޯޓް ރަސްމީކޮށް ރައީސަށް އަދި ނުފޮނުވާ

ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މަޖިލީހުގެ ރިޕޯޓް ރަސްމީކޮށް ރައީސަށް އަދި ނުފޮނުވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް އަދި ލިބިވަޑައިގެންފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

އެ ރިޕޯޓްގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ހިމަނާފައިވެ އެވެ.

Advertisement

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ވެސް ހިމަނައިފައިވެ އެވެ.

ރިޕޯޓްގައި ސަރުކާރުގެ މުއައްސަސާތަކުގައި ހުރި ދޯދިޔާ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރިކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާތައް ދިނެވެ.

އެ ރިޕޯޓުން ސަރުކާރަށް ހުށަހެޅި 45ލަފާ ފުރިހަމައަށް އަމަލުކޮށް، ނަޝީދަށް ދެވުނު ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް މަޖިލިސް މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ލަފާތައް ތަންފީޒުކުރުމަށް މަސައްކަތް ފަށައިވޭތޯ "އަދަދު"ން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒުއާ ސުވާލުކުރުމުން ވިދާޅުވީ، މަޖިލީހުން ފާސްކުރި ރިޕޯޓް، އެ އޮތް ގޮތަށް ރަސްމީކޮށް މިހާތަނަށް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މާދަމާގެ ވަގުތެއްގައި ރިޕޯޓް ރައީސަށް ހުށަހަޅާނެ ކަމަށް،" މަބުރޫކު ވިދާޅުވި އެވެ.

ފުލް ރިޕޯޓް މިހާތަނަށް ލިބިފައިނުވީ ނަމަވެސް، މަޖިލީހުން އާންމުކުރި ރިޕޯޓް މުއައްސަސާތަކުން މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އެ ރިޕޯޓް މަޖިލީހުން އާންމުކުރީ ގައުމީ ސަލާމަތާ ގުޅޭ ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހު އެވެ.

ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅާނެ ފިޔަވަޅުތަކެއް ނިންމާނީ ދިރާސާކުރުމަށްފަހު އެވެ.

ރިޕޯޓުގެ މުހިންމު ބައެއް ހުށަހެޅުންތައް

  • ގައުމީ ސަލާމަތާބެހޭ ގާނޫނެއް ވުޖޫދުކުރުން.
  • ހަނގުރާމަވެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ހަމަލާއެއް ދިނުމާގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލުން.
  • އެމްއެންޑީއެފްގެ ތެރޭގައި ހެދިފައިހުރި އެސްއޯޕީތައް އިތުރަށް ހަރުދަނާކޮށް، އަދާހަމަ ކުރުން.
  • ހަމަލާދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ތިން ބޮޑީގާޑުންގެ ހިތްވަރު ގައުމީ ފެންވަރުގައި ފާހަގަކުރުން.

އޭގެ އިތުރުން، ނަޝީދަށް އޮތް ތުރެޓު ލެވެލާ އެއް ފެންވަރުގެ ސެކިޔުރިޓީއެއް ފޯރުކޮށްދީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި 24 ގަޑިއިރު ހަތިޔާރާއެކު ފޯރިމެރުމުގެ އިތުރުން، އެ ސަރަހައްދުގައި ސީސީޓީވީ ހަރުކޮށް ބެލެހެއްޓުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

އިންޓެލިޖެންސް ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކަށް ގިނަ ހުށަހެޅުންތަކެއް ވެސް ހުށަހެޅި އެވެ، އެގޮތުން، ސިފައިންނާއި ފުލުހުންނާ ދެމެދު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ހިއްސާކުރުމަށްޓަކައި ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް ވީއެންމެ އަވަހަކަށް އެކުލަވާލުމުގެ އިތުރުން، އިންޓެލިޖެންސް އޮޑިޓެއް ހަދަން ހިމަނާފައި ވެ އެވެ.

އޭގެ އިތުރުން، ފައިނޭންޝަލް އިންޓެލިޖެންސް ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، މަރުކަޒީ ބޭންކުގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިތުރަށް ހަރުދަނާކޮށް، އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދޭން އެ ރިޕޯޓުގައި އެދިފައި ވެ އެވެ.

އަދި، ގައުމީ ސަލާމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް، ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރެއް އައްޔަނުކުރަން ކޮމިޓީން ވަނީ ލަފާދީފަ އެވެ.

އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމާއި ހަރުކަށި ފިކުރު ހުއްޓުވުން

ނަޝީދަށް އެ ހަމަލާދެވުމުގައި ކަމާގުޅޭ އިދާރާތަކުގައި ތިބި މީހުންގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އިހުމާލުވެފައިވާ ފަރާތްތަކާމެދު އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވޭނަމަ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

އެ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މީހުން ދީނީ ހައްދުފަހަނައެޅުމާ ގުޅުވާފައިވާއިރު، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ވެސް އެ ރިޕޯޓުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައި ވެ އެވެ.

އެގޮތުން، ރާއްޖޭގައި ތިބި އެފަދަ ފިކުރުގެ މީހުން ކަމާގުޅޭ އިދާރާތަކަށް ފާހަގަވެ، އެ މީހުންނަށް ހުކުމްކޮށް ބަންދުގައި ތިބޭއިރު، އެފަދަ މީހުން މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން މަޖިލީހުން ވަނީ ހުށަހަޅައިފަ އެވެ.

އަދި އެމީހުން ރީހެބިލިޓޭޓުކޮށް އަނބުރާ މުޖުތަމައުއަށް ގެނެވޭނެ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން، ހަރުކަށި ފިކުރަށް ހުށަހެޅިފައިވާ މީހުން ފާހަގަވުމުން، އެ މީހުން ރިޕޯޓުކުރުމުގެ އުސޫލު އާންމުންނަށް ސާފުކޮށް އޮޅުންފިލުވައިދިނުން ހިމެނެ އެވެ.

އެ ރިޕޯޓުގައި ދެން ހުށަހަޅާފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން، ޖަލުތަކުގެ ތެރޭގައި އެ ފިކުރު ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox