އޭއެފްސީ ކަޕަށް އަލުން ބިޑްކުރީ ދިވެހި ފުޓްބޯޅަ އަށް ދެރަގޮތެއް ވާން ނޭދޭތީ: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: އެފްއޭއެމް

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް ފަހު ވަގުތު ރާއްޖެ އިން ބިޑްކުރި އެންމެ ބޮޑު ސަބަބަކީ ދިވެހި ފުޓްބޯޅަ އަށް ލިބިދާނެ ދެރައަކުން ސަލާމަތްވުމުގެ ގޮތުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރެ އެވެ. މާޒިޔާ އޮތީ ގްރޫޕް ސްޓޭޖުގަ އެވެ. އީގަލްސް ކުޅެނީ ކޮލިފައިން ބުރުގަ އެވެ.

އޭއެފްސީން ވަނީ މެޗުތައް ކުޅޭނެ ގައުމެއް ނުލިބޭ ގްރޫޕްތައް ކެންސަލްކުރަން އޭއެފްސީން އޮތީ ނިންމައިފަ އެވެ. އެ ގޮތުން ދާދި ފަހުން ވަނީ އާސިއާންގެ ތިން ގްރޫޕެއް ކެންސަލް ކޮށްފަ އެވެ. މި މަހު ފަސް ވަނަ ދުވަހުގެ ކުރިން ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑްނުކުރި ނަމަ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކެންސަލްވާނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް، "އަދަދު" އަށް ވިދާޅުވީ ބިޑްކުރީ އެންމެ ބޮޑު މަގުސަދަކީ މެޗުތައް ކެންސަލްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުން ކަމަށެވެ.

" އޭއެފްސީ ކަޕަށް ޓާގެޓްތަކެއް ކަނޑައަޅައިގެން މާޒިޔާ އާއި އީގަލްސް އިން ވަރަށް ބޮޑު ހަރަދުތަކެއް ކޮށްފި. އޭއެފްސީ ކަޕްގެ (އެ ގްރޫޕްގެ) މެޗުތައް ކެންސަލްވެއްޖެނަމަ އެއީ ހަމައެކަނި އެ ދެ ކްލަބަށް ލިބޭ ގެއްލުމެއް ނޫން. އެއީ ދިވެހި ފުޓްބޯޅަ އަށް ވެސް ލިބޭ ގެއްލުމެއް،" ބައްސާމް ވިދާޅުވި އެވެ. "ބިޑްކުރި އެންމެ ބޮޑު ސަބަބަކީ ދިވެހި ފުޓްބޯޅަ އަށް އެ ގޮތަށް ގެއްލުމެއްވާން ނޭދޭތީ،"

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.

ރާއްޖޭން މިދިޔަ މެއި މަހު ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން މަސައްކަތްކުރި އެވެ. އެކަމަކު، ފަހު ވަގުތު ދިމާވި ކަންތައްތަކެއްގެ ސަބަބުން ބޭއްވޭ ގޮތެއް ނުވި އެވެ. އެއީ މެޗުތައް ކުޅެން މާލެ އައި ބެންގަލޫރު އެފްސީގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ، މަގު މައްޗަށް ނުކުތުމުންނެވެ.

އޭއެފްސީއާ މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް މުބާރާތް އެ ވަގުތު ނުބާއްވަން ރާއްޖޭން ނިންމުމުން އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން ރާއްޖޭގެ މައްސަލައެއް އަންނަނީ ބަލަމުންނެވެ. ބެލެވޭ ގޮތުގައި އެކަމުގެ ސަބަބުން ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑެވެ.

އޭއެފްސީ ކަޕްގެ މެއި މަހު ނުބޭއްވުނު މެޗުތައް ކުރިއަށް ގެންދަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ހަފްތާ އާއި މި ހަފްތާގަ އެވެ. އެކަމަކު، އެ މުއްދަތުގައި މެޗުތައް ބާއްވާނެ ގައުމެއް ނެތުމުން އޭއެފްސީ އަށް ޖެހުނީ އަންނަ މަހަށް މެޗުތައް ފަސްކުރާށެވެ. މި މުއްދަތުގައި މެޗުތައް ހޯސްޓްކުރަން ރާއްޖޭން ވެސް ބޭނުމެއްނުވި އެވެ. އަންނަ މަހު މެޗުތައް ބާއްވަން ވެސް އެއްވެސް ގައުމަކުން ބިޑް ކުރުމުގެ މުއްދަތު ހަމަވާ އެންމެ ފަހު ދުވަހާ ހަމައަށް ބިޑެއް ކޮށްފައެއް ނުވެ އެވެ. ފަހު ދުވަހު ރާއްޖޭން ވަނީ އަލުން މެޗުތައް ބާއްވަން ބިޑްކޮށްފަ އެވެ. އަދި ރާއްޖޭން ކުރި ފަހުން ބަންގްލަދޭޝް އިން ވެސް ބިޑްކުރި އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މިދިޔަ އަހަރާއި މި އަހަރު ސެންޓަރަލައިޒްކޮށް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެ ފަހަރު ވެސް ބިޑް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ފުރަތަމަ ބިޑަށް ހުޅުވާލިއިރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ބައްސާމް ވިދާޅުވީ އަންނަ މަހު މެޗުތައް ހޯސްޓްކުރަން ވެސް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށެވެ. އެކަމަކު، އެކަން ކުރެވެން އޮތީ ސަރުކާރާއި ސިއްހީ ދާއިރާއިން މި ފަހަރު ފަހު ވަގުތު މުބާރާތް ފަސްކުރަން ނުނިންމާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

"އޭއެފްސީ އަށް ޔަގީންކަން ދީފައިވާނީ ސަރުކާރާއި ހާއްސަކޮށް ސްޕޯޓްސް މިނިސްޓްރީގެ އެއްބާރުލުން މިކަމުގައި އެބައޮތް ކަމަށް،" ބައްސާމް ވިދާޅުވި އެވެ. "އުއްމީދަކީ ބިޑް ކާމިޔާބު ކޮށްގެން މި މުބާރާތުގެ މެޗުތައް މި ކޮޅުގައި ކުޅެ ދިވެހި ދެ ޓީމަށް ވެސް ކާމިޔާބު ލިބި ދެ ވަނަ ބުރުން ވެސް ޖާގައެއް ލިބުން،"

މިހާރު އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށް ގެންދާށެވެ.

ކޮވިޑްގެ ހާލަތު ގޯސްވާތީ ކުޅިވަރު ހަރަކާތްތައް ހުއްޓާލަން މިދިޔަ މެއި މަހު ތިން ވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް އިއްޔެ ވަނީ ލުޔެއް ދީފަ އެވެ. އެ ގޮތުން ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ފުރުސަތު ދިން ކަމުގައި ވިޔަސް އަދި މުބާރާތެއް ބާއްވަން ހުއްދައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox