ސިއްރުން އަފްގާނިސްތާނުން ފޭބުމަށް ފަހު އެމެރިކާއިން އެކަން ދިފާއުކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން.--

އެމެރިކާގެ ރައީސް ޖޯ ބައިޑެން.--

ވޮޝިންޓަން، އެމެރިކާ (ޖުލައި 7) - އަފްގާނިސްތާނުގައި އެމެރިކާ ސިފައިންގެ މައި މަރުކަޒު، ބަގްރަމް އެއާ ބޭސް ދޫކޮށް ދާން ވަގުތު ކުރިން އަންގާފައި ނުވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އެމެރިކާއިން ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހުކުރު ދުވަހު އެމެރިކާ ސިފައިން ބަގްރާމް އެއާ ބޭސް ދޫކޮށް ފުރީ ކުއްލިއަކަށެވެ. އެތަނުން ދާން އުޅޭކަން އަފްގާނުގެ އަސްކަރީ އޮފިޝަލުންނާއި އެ މަރުކަޒާ ހަވާލުވާނެ އަފްގާން ޖެނެރަލަށް ވެސް އަންގާފައެއް ނުވެ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ފުރަން އުޅޭކަން ދެ ދުވަސް ކުރިން އެންގީ އަފްގާނިސްތާނުގެ އިސް ސިޔާސީ އަދި އަސްކަރީ އޮފިޝަލުންނަށް ކަމަށެވެ. އަދި އެއާ ބޭސްގެ އެތެރެ އެ މީހުންނަށް ދައްކާލި ކަމަށް ވެސް ވިދާޅުވި އެވެ.

"ފުރާނެ ސީދާ ގަޑި ނުބުނީ އޮޕަރޭޝަނުގެ ސެކިއުރިޓީ ސަބަބުތަކަށް،" ކާބީ ވިފާޅުވި އެވެ.

އެކަމުން އަންގައިދެނީ އެމެރިކާއިން އަފްގާން ސިފައިންނަށް އިތުބާރު ނުކުރާކަން ކަމަށް ބައެއް ފަރާތްތަކުން ބުނާތީ ކާބީ އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ހަ އަސްކަރީ ބޭސް އަފްގާން ސިފައިންނާ ހަވާލުކޮށްފައި ވާނެ ކަމަށާއި މި ފަހަރު ވެސް އަމަލު ކުރީ އެއް އުސޫލަކުން ކަމަށެވެ.

އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ ސެޕްޓެމްބަރު 11 ގެ ކުރިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިޔުމަށެވެ. އަފްގާނިސްތާނުގައި 20 އަހަރު ވަންދެން ތާލިބާނާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު 2،500 ސިފައިންގެ މީހުންގެ ތެރެއިން 90 ޕަސެންޓު އަނބުރަ ގައުމަށް ގެންގޮސްފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox