އަދާލަތަށް 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރަން ބޭއްވި ހަފުލާގައި އިމްރާން ވާހަކަ ދައްކަވަނީ. -- ފޮޓޯ/ އަދާލަތު

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރަން ބޭއްވި ހަފުލާގައި އިމްރާން ވާހަކަ ދައްކަވަނީ. -- ފޮޓޯ/ އަދާލަތު

ސަރުކާރު ކޯލިޝަންގައި ހިމޭނޭ އަދާލަތު ޕާޓީން 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ރޭ ފަށައިފި އެވެ.

އަދާލަތުން "ސާފު އަމާޒަކަށް" ފެށި ކެމްޕޭންގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އޭނާ 2011 ވަނަ އަހަރު އެ ޕާޓީއާ ހަވާލުވިއިރު ތިބީ 4،600 މެމްބަރުން ކަމަށާއި އޭގެ އަނެއް އަހަރު އެ އަދަދު 11،000 އަށް އެރުވި ކަމަށެވެ. ނަމަވެސް ބަޔަކު ރާވައިގެން ގާނޫނަށް ގެނައި ބަދަލެއްގެ ސަބަބުން އެ ޕާޓީގެ މެމްބަރުންގެ އަދަދު 2015 ވަނަ އަހަރު ދަށްކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ޕެންޑެމިކްގެ ހާލަތުގައި އެހެން ޕާޓީތަކުން ނުކުރާ އެތައް ކަމެއް އަދާލަތު ޕާޓީން ވަނީ ކޮށްފަ އެވެ. އެގޮތުން އޮންލައިންކޮށް އިންތިހާބުތައް ބޭއްވުމާއި ގައުމީ ފެންވަރުގެ ކޮންގްރެސްއެއް ވެސް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި، އިމްރާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ވެރިކަން އަދިވެސް ލިބެން އޮތީ ކޯލިޝަނަކުންނެވެ. ސިޔާސީ ލީޑަރުން ކުރަންވީ ކަމަކީ އެ ޕާޓީއެއްގެ އަމާޒު އިސްކޮށްގެން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުން ކަަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ ގޮތަށް މަސައްކަތް ކުރަން ޕާޓީތަކުގެ ލީޑަރުން ނޫޅޭ ނަމަ ރާއްޖެއަށް ކުރިއެރުމެއް ނެތެވެ.

"ކޯލިޝަނާ އެކު މަސައްކަތް ކުރާއިރު ދޭން ޖެހޭ ދޫތަކާއި ހިފަހައްޓަން ޖެހޭ ހިފެހެއްޓުންތަކާއި އެއްބާރުލުންތައް ދީގެން އެކުވެރިކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ސިޔާސީ މަސައްކަތް ބައްޓަން ނުކުރެވޭހާ ހިނދަކު ރާއްޖެއަށް ފާގަތި މުސްތަގުބަލެއް ނެތް." އިމްރާން ވިދާޅުވި އެވެ.

މިސަރުކާރުގެ ކޯލިޝަން ދެމެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތަށް އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ އަމާޒު ނުގެއްލޭނެހެން ސަރުކާރަށް އެއްބާރުލުންދީ ވާދަވެރި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox