އަންނަ މަހު ރާއްޖޭގައި ބާއްވަން ނިންމި ޓީޓީ ދެ މުބާރާތް ފަސްކުރަނީ

Jul 6, 2021, 7:51 AM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ދީމާ.

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ދީމާ.

އަންނަ މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހު ތެރޭގައި ޓީޓީ އެސޯސިއޭޝަނުން ބައިނަލްއަގުވާމީ ދެ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ފެށީ އޭރު ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ އާއި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ޝެޑިއުލްތައް އެ ކަމަށް ތަންދޭތީ އެވެ. އެކަމަކު، މިދިޔަ ދޮޅު މަހެއްހާ ދުވަހު ކޮވިޑް-19ގެ ހާލަތު ބަދަލުވި ގޮތާއި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ޝެޑިއުލްތަކަށް މި އައި ބަދަލުތަކާ އެކު ރާއްޖޭގައި ބާއްވާ މުބާރާތް ފަސްކުރުން އެއީ މި ވަގުތަށް އެންމެ ބުއްދިވެރި ގޮތްކަމުގައި ބެލެވުނެވެ.

އައްޔަ ވިދާޅުވީ ސައުތު އޭޝިއަން ޖޫނިއާ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ މުބާރާތާއި ދުނިޔޭގެ މުބާރާތަށް މީގެ ތެރެއިން ފަހިވާން އޮތް ފުރުސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުން ކަމަށެވެ. އެކަމަކު އޭޝިއާގެ މުބާރާތާއި ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާތީ ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ވެސް ބަދަލެއް ގެންނަން ނިންމީ ކަމަށެވެ.

"އެހެންވެ، ސައުތު އޭޝިއާ މުބާރާތަށް އެބަޖެހޭ ގޮތެއް ހޯދަން. ދެން މި ކޮޅުގެ އެންމެ ކީ ދެ ޕްލޭޔަރުން ރަފާ އާއި ދީމާ. ރަފާ އޭ ލެވެލް ހަދާތީވެ، ދެން މި ދެ ކުޅުންތެރިންގެ ތައްޔާރީތަކަށް ބަލާއިރު ވެސް ކޮވިޑްގެ ހާލަތާ ހެދި މި ވަގުތު އެންމެ ބޭނުންވި ގޮތަކަށް ނޫން މިދަނީ،" އައްޔަ ވިދާޅުވި އެވެ.

"އެންމެ ބޮޑު ސަބަބަކީ 23 މެއި އިން ފެށިގެން މިދިޔައީ އެއް ގޮތަކަށް ވެސް ކަމެއް ނުކުރެވި. ހުރިހާ ވެނިއުތައް ބަންދުކޮށްފައި ކުޅުންތެރިންނަށް ފިޒިކަލީ މޭޒު ކައިރިއަށް ގޮސްފައި ޕްރެކްޓިސް ނުކުރެވި. އެކަމަކު ވާޗުއަލްކޮށް ހަފްތާއަކު ތިން ދުވަހު ޓްރެއިނިން ބޭއްވި. އެއީ އެންމެ ރަނގަޅެކޭ ނުބުނެވޭނެ. އެހެންވުމާ އެކު ދެން އެންމެ ރަނގަޅަށް ތައްޔާރުވެގެން މުބާރާތް ބާއްވަން އަންނަ އަހަރަށް ފަސް ކުރެވޭތޯ މި ބަލަނީ،"

ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ.

އައްޔަ ވިދާޅުވީ މުބާރާތް ފަސްކުރަން ވިސްނަން ޖެހުނު އަނެއް ސަބަބަކީ މުބާރާތް ބާއްވަން ބޭނުންވާ ސޯޝަލް ސެންޓަރު ލިބޭނެ ދުވަހެއް ޔަގީންކޮށް ނޭނގުމުން ކަމަށެވެ. އެއީ ސޯޝަލް ސެންޓަރު އަދި ވެސް އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެލުމުގެ ދަށުގައި ކަމަށް ވެފައި ކޮވިޑްގެ ހާލަތު މި ވަގުތު އޮތްގޮތުން ސީދާ މުބާރާތެއް ތާވަލުކުރެވެން ނެތީ ކަމަށް އައްޔަ ވިދާޅުވި އެވެ.

"(ސޯޝަލް ސެންޓަރު) ލިބޭނެ ދުވަހެއް ވެސް ނޭނގެ. ޓީޓީ އެސޯސިއޭޝަނުން ބޭނުންވީ ރަނގަޅަށް ތައްޔާރުވެގެން ސައުތު އޭޝިއަން ފެޑެރޭޝަނާ ވާހަކަ ދައްކައިގެން އަންނަ އަހަރު ރޯދައިގެ ކުރިއަށް ބޭއްވޭތޯ މި ބަލަނީ،" އައްޔަ ވިދާޅުވި އެވެ.

ސައުތު އޭޝިއާގެ ހަތް ގައުމު ވެސް ޓޭބަލް ޓެނިހުގެ ކަންތައްތަކުގައި މަސައްކަތްކުރަނީ ވަރަށް ގާތްކޮށް ކަމަަށް އައްޔަ ވިދާޅުވި އެވެ. އެހެންވެ، އައްޔަ ހުންނެވީ ރާއްޖޭން ހުށަހަޅާ ގޮތަށް އެ ތާރީހުތަކުގައި އަންނަ އަހަރު މުބާރާތްތައް ބޭއްވޭނެ ކަމުގެ އުއްމީދުގަ އެވެ.

"ހީވަނީ އެ އެގްރީ (އެއްބަސް) ވާނެހެން. ނުރަސްމީކޮށް ކޮމަންވެލްތު ފެޑެރޭޝަން ޗެއާމަންއާ އެކު ވެސް މީޓް ކުރެވިފައި އޮތީ. ދެން ގޮތަކަށް އެގްރީވެފައި އިނީ. ޑޭޓެއް ފިކްސްކުރާނީ (ތާރީހެއް ނިންމާނީ) އެންމެނާ ވެސް ވާހަކަ ދައްކައިގެން،" އައްޔަ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު އައްޔަ ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް ޓީޓީ އެސޯސިއޭޝަނުން ވަނީ މި އަހަރު ތިން އިވެންޓެއް ބާއްވައިފަ އެވެ. ދުނިޔޭގެ ފެޑެރޭޝަނުން ވަނީ ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ މަސައްކަތް ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox