ޖެންޑާ މިނިސްޓްރީން އަމަލު ކުރިގޮތާމެދު މީޑިއާ ކައުންސިލްގެ ނުރުހުން

މީޑިއާ ކައުންސިލްގެ މެމްބަރު މިއަދު މަޖިލީހުގެ ކޮމެޓީގައި: ޖެންޑާއިން އަމަލު ކުރިގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި-- ފޮޓޯ: މަޖިލިސް

މީޑިއާ ކައުންސިލްގެ މެމްބަރު މިއަދު މަޖިލީހުގެ ކޮމެޓީގައި: ޖެންޑާއިން އަމަލު ކުރިގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި-- ފޮޓޯ: މަޖިލިސް

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ހަބަރު ފެތުރި ގޮތުން ނޫހެއް ޖޫރިމަނާކޮށް، ބައެއް މީޑިއާތަކަކަށް ޖެންޑާ މިނިސްޓްރީން އިންޒާރު ދިނުމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން "އަވަސް" ނޫސް ޖޫރިމަނާކުރީ 2،000 ރުފިޔާއިންނެވެ. މީގެއިތުރުން ކުޑަކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތިން މީޑިއާއަކަށް ވަނީ ދީފަ އެވެ.

މިއީ، މިދިޔަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މީޑިއާއަކާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ. ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.

އެ މައްސަލާގައި އެމްއެމްސީގެ މެމްބަރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ސުވާލު ކުރުމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މީޑިއާތައް ޖޫރިމަނާ ކުރުމަކީ އެމްއެމްސީން ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. ތަރައްގީ ވެފައިވާ ގައުމުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގައި ވެސް މީޑިއާތައް ޖޫރިމަނާ ކުރުމަކީ ތަރުހީބު ދޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމަށް ފަހުގައި އެންމެ ފުރަތަމަ ވެސް ނިންމި ނިންމުމަކީ ނޫސްވެރިން ޖޫރިމަނާ ކުރުމަށްޓަކައި ގާއިމުވެފައިވާ ގާނޫނުތައް އުވާލުން. އެހެންވީމައި މީގެން ވެސް ކައުންސިލަށް ގަބޫލު ކުރެވެނީ ހަގީގަތުގައި ޒަމާނީ ދުނިޔޭގައި ގަބޫލު ކުރާ ވިސްނުމެއް ނޫނޭ ނޫސްވެރިން ޖޫރިމަނާ ކުރުމަކީ،" ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ ގާނޫނު ބުނާގޮތުން ޖެންޑާ މިނިސްޓަރަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނީ ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ. ޖޫރިމަނާ ކުރުމާ އެމްއެމްސީން ދެކޮޅު ހެދި މައިގަނޑު ސަބަބަކީ ތަހުގީގު ކުރުމެއްނެތި އަދި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ޖޫރިމަނާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދު ބުނާ ގޮތުން މީޑިއާތަކުން ހަބަރު ގެނައުމުގެ އުސޫލާ ހިލާފު ވެއްޖެނަމަ އެކަން ރެގިއުލޭޓްރީ ބޮޑީއަކަށް ޖެންޑާ މިނިސްޓްރީން ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް، ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ މީޑިއާއެއް ޖޫރިމަނާ ކުރާނަމަ އެކަން ކުރީ ކޮން ހަބަރަކާ ގުޅިގެންކަން ބުނެދޭން ޖެހޭ ކަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ޖޫރިމަނާ ކުރިގޮތުގެ ތަފުސީލު ހޯދަން ޖެންޑާގައި އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ޖަވާބު ނުލިބޭ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ ކުޑަކުއްޖާގެ ހަބަރު މީޑިއާތަކުން ގެނެސްދިންއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހަބަރުތައް ގެނެސްދޭއިރު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ބައެއް ނޫސްތަކުން މައުލޫމާތު ފަތުރާފައިވާ ކަމަށެވެ. އެހެންވެ އެކަން ކުށްވެރިކޮށް މިދިޔަ މަހު 22 ގައި ނޫސްބަޔާނެއް ނެރުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަބަރުތައް ފަތުރާފައިވާ ގޮތް އެ ކައުންސިލުން ބެލިއިރު 44 އާޓިކަލްއެއްގައި ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކުއްޖާގެ ވާހަކަ ލިޔެފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކުޑަކުއްޖާގެ ޒާތީ މައުލޫމާތުތައް އަދި އެ ކުޑަ ކުއްޖާއާ ބެހޭގޮތުން ހަބަރުތައް ގެނެސް ދިނުމުގައި ބޭނުން ކުރަން ނުޖެހޭ ބަސްމަގު ބޭނުން ކޮށްފައިވާކަން،" ޝަހުބާން ވިދާޅުވި އެވެ.

އެހާ ގިނަ އަދަދެއްގެ މީޑިއާތަކަކުން އެގޮތަށް އަމަލު ކޮށްފައިވާތީ އެމްއެމްސީގެ މައްސަލަ ބަލާ ކޮމެޓީން އެކަން ދިރާސާ ކުރަމުން އަންނަ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox