ދުނިޔޭގެ ފެޑެރޭޝަނުގެ އެންގުމަށް އޮލިމްޕިކްސްގެ ފުރުސަތު ސާޖިނާއި މުބާލަށް

އޮލިމްޕިކްސްގެ ފުރުސަތު ލިބުނު ސާޖިނާ އާއި މުބާލް.

އޮލިމްޕިކްސްގެ ފުރުސަތު ލިބުނު ސާޖިނާ އާއި މުބާލް.

މި މަހު 23 ވަނަ ދުވަހު ފަށާ ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރާނެ ދެ ފެތުންތެރިއަކީ ގައުމީ ސްވިމިން ޓީމުގެ އައިޝަތު ޝައުސަން އާއި އަލީ އިމްއާން ކަމަށް ސްވިމިން އެސޯސިއޭޝަނުން ކަނޑައެޅި ނަމަވެސް އެންމެ ފަހު ވަގުތު ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާން ޖެހުމުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމަށް ލިބިއްޖެ އެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޯކިޔޯ އޮލިމްޕިކްސް ގައި ރާއްޖެ ތަމްސީލުކުރާނެ ދެ ފެތުންތެރިން ހޮވަން އޭޕްރީލް 14 ވަނަ ދުވަހު ފީނާ އިން އެންގި ކަމަށެވެ. ފީނާގެ އެންގުމުގައި ބުނެފައިވަނީ މެއި ހަތް ވަނަ ދުވަހުގެ ކުރިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނެ ފެތުންތެރިން ކަނޑައަޅައިދޭށެވެ.

ފީނާގެ އެ އެންގުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ސްވިމިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ގައިޑްލައިންތަކެއް ކަނޑައަޅައި ހަތަރު ފެތުންތެރިންގެ މެދުގައި ވާދަވެރި ޓްރަޔަލެއް ޖެހި އެެވެ. އަދި އެންމެ މަތިން ނަތީޖާ ހޯދި ދެ ފެތުންތެރިން ކަމުގައިވާ ސައުސަން އާއި އިއްމާންގެ ނަން އޮލިމްޕިކް ކޮމިޓީ އާއި ފީނާ އަށް ފޮނުވައި، އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ މި ދެ ފެތުންތެރިން ކަމުގައި ކަނޑައެޅި އެވެ.

ޓްރަޔަލްތަކުގެ ނަތީޖާ އަށް ބަލާއިރު ސައުޝަން އަށް 2997 ޕޮއިންޓް ލިބުނުއިރު، ސާޖިނާ އަށް ލިބުނީ 2905 ޕޮއިންޓެވެ. އިމްއާން ވަނީ 3140 ޕޮއިންޓް ހޯދައިފަ އެވެ. މުބާލް އަށް ލިބުނީ 3024 ޕޮއިންޓެވެ..

އެކަމަކު، ހުރިހާ ކަމެއް ބަދަލުވީ މިިދިޔަ މަހު 25 ވަނަ ދުވަހު ފީނާ އިން އެންގި އެންގުމާ އެކު އެވެ. އެއީ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކުގެ ފެތުންތެރިން ހޮވުމުގައި އަމަލުކުރާނީ ފީނާގެ ގަވާއިދުގައި އޮންނަގޮތުން އެ ފެޑެރޭޝަންގެ ރޭންކިން އަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންނަށް ފުރުސަތު ދޭގޮތަށް ކަމަށް ކަނޑައެޅި އެވެ.

އެހާ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ފީނާ އިން ނިންމުން އެހެން ގޮތަކަށް ބަދަލުކުރުމުން ސްވިމިން އެސޯސިއޭޝަނުން ވަނީ ރާއްޖެ އިން ފެތުންތެރިން ނެގުމުގައި ޢަމަލުކޮށްފައިވާ އުސޫލަކީ 14 އޭޕްރީލްގައި ފީނާއިން އެންގި އެންގުމާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް އެ ފެޑެރޭޝަނަށް އަންގައިފަ އެވެ.

"އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިއުލާނުކޮށް އެ ފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުން ދަނިކޮށް ފެތުންތެރިން ބަދަލުވުމަކީ ފެތުންތެރިންނާއި ކޯޗުންނާއި އާއިލާތަކުން އަދި އެސޯސިއޭޝަންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށް ފީނާ އަށް އަންގާފައިވާނެ،" ސްވިމިން އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

ސްވިމިން އެސޯސިއޭޝަނުން މި ގޮތަށް ފީނާ އަށް އެންގި ނަމަވެސް އޮލިމްޕިކްސް އަށް ކޮލިފައިނުވާ ފެތުންތެރިން ބައިވެރިކުރަން ގައުމުތަކަށް ފުރުސަތު ދޭނީ ފީނާގެ އުސޫލުގައިވާ ގޮތަށް ރޭންކިން އަށް ބަލައިގެން ކަމަށާއި ކުރިން ވަކިގޮތަކަށް އެންގިފައި އޮތް ނަމަވެސް އެ ގޮތަށް ނުބަލަން ފީނާ އިން ވަނީ ނިންމައިފަ އެވެ.

ސްވިމިން އިންޓަނޭޝަނަލް އިވެންޓެއްގެ ތެރެއިން: (ކ.ވ) ސާޖިނާ، މުބާލް، ސައުޝަން އަދި އިމްއާން

އެހެންވެ، ފީނާ ރޭންކިން އަށް ބަލައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނެ ފެތުންތެރިން ވަނީ ކަނޑައަޅައިފަ އެވެ. އަދި ފީނާ އިން ސްވިމިން އެސޯސިއޭޝަނަށް އެ ފެތުންތެރިންގެ ނަން ފޮނުވީ ވާދަކުރަން ހަމަޖެހިފައިވާ އިވެންޓާ އެކު އެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. އަދި ސާޖިނާ ވާދަކުރަން ޖެހެނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގަ އެވެ. މިއީ ފީނާ އިން ކަނޑައެޅި އިވެންޓްތަކެކެވެ.

މި ދެ ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާ އެކު ތަމްރީނު ހެދުމުގެ ފުރުސަތު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިން ދިނުމުން ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުންދާ ދެ ފެތުންތެރިންނެވެ. ސާޖިނާ ޓްރެއިނިން ހަދަމުން އަންނަނީ މެލޭޝިޔާގަ އެވެ. އަދި މުބާލް ތަމްރީން ފުރިހަމަ ކުރަމުން ދަނީ އޮސްޓްރޭލިއާގަ އެވެ.

މުބާލާއި ސާޖިނާ އަކީ މިދިޔަ އަހަރުތަކުގައި ސްވިމިންގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ބައިވެރިވެފައިވާ ދެ ފެތުންތެރިންނެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފެތުމުގެ ސްކޮޑުގައި ވެސް މުބާލާއި ސާޖިނާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox