އޮޑިޓާ ޖެނެރަލަށް ނިޔާޒީ އައްޔަނުކުރަން ކޮމިޓީގެ ރުހުން

އެ މަގާމަށް އައްޔަނުކުރަން ރައީސް ހުށަހަޅުއްވާފައިވާ ނިޔާޒީ އަކީ 2011 ވަނަ އަހަރު އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެއް. -ފޮޓޯ: އޮޑިޓު އޮފީސް

އެ މަގާމަށް އައްޔަނުކުރަން ރައީސް ހުށަހަޅުއްވާފައިވާ ނިޔާޒީ އަކީ 2011 ވަނަ އަހަރު އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެއް. -ފޮޓޯ: އޮޑިޓު އޮފީސް

އޮޑިޓާ ޖެނެރަލް މަގާމަށް އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒީ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމު ހުސްވެފައިވާތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

އެ މަގާމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ނިޔާޒީ އަކީ 2011 ވަނަ އަހަރު އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވުނު ބޭފުޅެކެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިޔާޒީއާ މިއަދު ވަނީ އިންޓަވިއުކޮށްފަ އެވެ.

އެ އިންޓަވިއުއަށްފަހު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނުކުރަން ފެންނަ ކަމަށް ނިންމައި، އެ މައްސަލަ ވަނީ އަނބުރާ ތަޅުމަށް ފޮނުވައިފަ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނުކުރެވޭނީ މަޖިލީހުގެ ތަޅުމުން ރުހުން ދިނުމުންނެވެ.

އޮޑިޓު ދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނިޔާޒީ މިވަގުތު ހުންނެވީ އޮޑިޓު އޮފީހުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަނުގެ ހިންގެވުމާ ހަވާލުވެ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒިޔަތު އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ މަންފާ ލިބުނުކަމަށް ތުހުމަތާވާ ލިސްޓުގައި އޭނާގެ ނަން ހިމެނުމާ ގުޅިގެންނެވެ.

ނަމަވެސް، ޒިޔަތު ވިދާޅުވެފައިވަނީ އެ ފައިސާއަކީ 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރުދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން އޭނާގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ހަމަޖައްސައިދިނުމަށް ދިން ފައިސާ ކަމަށެވެ.

އެކަމަކު އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ފައިސާއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ފައިސާ ދިނީ ޕީޕީއެމުން ކަމަށް ވިދާޅުވި އެވެ.

ޒިޔަތު އައްޔަނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި ނޮވެމްބަރު 24، 2014 ގަ އެވެ.

މި ހިޔާނާތުގައި ޒިޔަތުގެ ކޮއްކޮ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު ޒިޔަތުގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox