ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ހައްޔަރުކުރީ އަޝްމަލީ

Jul 5, 2021, 8:37 AM
އަޝްމަލީ: އޭނާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް.

އަޝްމަލީ: އޭނާ ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް.

ސްރީ ލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ދިވެއްސަކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީކަން "އަދަދު"އަށް ކަށަވަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އަޝްމަލީގެ ބަންދުގެ މުއްދަތު ޖަހަން މިއަދު މެންދުރުފަހު ކޯޓަށް ގެންދާނެ އެވެ.

ލަންކާގެ ފުލުހުން މިހާތަނަށް އާއްމުކޮށްފައި ވަނީ އެ ކުއްޖާ ލައްވައި ޖިންސީ ކުށްތަކެއް ހިންގުވި ނެޓްވޯކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމެވެ. އެ މައްސަލައިގައި އަޝްމަލީއާ އެކު 32 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެތެރޭގައި، އެ ނެޓްވޯކަށް ފައިސާދީގެން އެ ކުއްޖާ ރޭޕްކުރި މީހުން ހިމެނެ އެވެ.

ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި މައުންޓް ލެވީނިއާ ސަރަހައްދުގައި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަންމަ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް އެކަމުގައި ބައިވެރިވި އެކި މީހުން ހައްޔަރުކޮށްފައިވާ އިރު އަދިވެސް ތުހުމަތުކުރާ މީހުންތަކެއް ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުޅާދާއިރާއެއްގައި އެކަން ކުރަމުން ދިޔައީ، ލަންކާ ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ވިއްކުމަށް ވެބްސައިޓެއް ވެސް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ އަޝްމަލީގެ އިތުރުން ކުއްޖާ އިޝްތިހާރުކުރަން ވެބްސައިޓު ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ.

ސަރުކާރުގައި އިސް މަގާމްތަކެއް ފުރުއްވި އަޝްމަލީ ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އޭނާ ވަނީ ދިރާގުގެ ޗެއާމަންކަމާއި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިދިކޮޅު (ވެރިކަމުގައި މިހާރު އޮތް ކޯލިޝަން ޕާޓީތަކުން) އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެއީ އިންތިހާބު އޮޅުވާލުމަށް ބައެއް ސާމާނުތައް ރާއްޖެ އިން ބޭރުން ގެނައީ އޭނާ އިސްވެ ހުންނަވައިގެން ކަމަށެވެ.

އެކަމަކު، ފަހުން އޭނާ ރާއްޖެ ދޫކޮށް ދިޔައީ ޕީޕީއެމަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox