ކްރޫސް ގައުމީ ޓީމުން ރިޓަޔާކުރީ ރެއާލަށް ފޯކަސް ކުރުމަށާއި އާއިލާއަށް ޓަކައި

Jul 2, 2021, 1:24 PM
ކްރޫސް ގައުމީ ޓީމުން ރިޓަޔާކުރީ ރެއާލަށް ފޯކަސް ކުރުމަށާއި އާއިލާއަށް ޓަކައި

މިއުނިކް (ޖުލައި 2) - ކުރިން ވެސް ނިންމާފައިވާ ގޮތަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ކަމަށާއި ދެން ބޭނުމީ ރެއާލް މެޑްރިޑަށް ފޯކަސް ކުރުމަށާއި އާއިލާ އަށް ވަގުތު ދިނުމަށް ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ކްރޫސް މި ފަހަރުގެ ޔޫރޯ އަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް މި އަހަރުގެ ކުރީކޮޅުގައި ވެސް ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެކަމަކު އޭރު އެ ވާހަކަތަކަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް ކްރޫސް މިއަދު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

ކްރޫސް ބުނީ ޖަރުމަނު ޓީމަށް ކުޅެލަން ލިބުނު 106 މެޗުގެ ތެރެއިން ކޮންމެ މެޗެއްގައި ވެސް އެކަން ކުރީ ފަހުރުވެރިކަމާ އެކު ކަމަށެވެ. އޭނާ ވަނީ އެ މެޗުތަކުގައި 17 ގޯލު ޖަހައިފަ އެވެ.

"ގަތަރު ވޯލްޑް ކަޕަށް އަހަރެން ނުދާނަން. އަހަރެން ފޯކަސް މި ކުރަނީ ކުރިއަށް އޮތް އަހަރުތަކުގައި ރެއާލާ އެކު އަހަރެން ހާސިލްކުރަން ބޭނުންވާ ކަންތައްތަކައިގެން ކުރިއަށްދާން. އަހަރެން ބޭނުން އަހަރެންގެ އަންހެނުންނާއި ތިން ދަރިންނާ އެކު ވަގުތު ހޭދަކޮށް ފިރިމީހެއްގެ ގޮތުގަޔާއި ބައްޕައެއްގެ ގޮތުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން،" ގައުމީ ޓީމަށް ރިޓަޔަމަންޓް އިއުލާނުކުރުމަށް ފަހު ކްރޫސް ބުންޏެވެ.

މި ފަހަރުގެ ޔޫރޯ އިން ޖަރުމަނު ކެޓީ ދެ ވަނަ ބުރުގައި އިންގްލެންޑް އަތުން 2-0 އިން ބަލިވުމުންނެވެ.

ދެކުނު ކޮރެއާގައި 2007 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރޫސް އަށް ޖަރުމަނު ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2010 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ފަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ވެސް ކްރޫސް ހިމެނުނެވެ. ކްރޫސް އަށް ޖަރުމަނު ގައުމީ ޓީމުން ފުރުސަތު ދިނީ މި ފަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނުގެ ކޯޗުކަން ދޫކޮށްލި ޔަކީމް ލޯ އެވެ. ކްރޫސް ވަނީ ލޯ އަށް ޝުކުރު އަދާކޮށްފަ އެެވެ.

ފްރާންސާ ދެކޮޅަށް މި ފަހަރުގެ ޔޫރޯގައި ކުޅުނު މެޗުގެ ތެެރެއިން ކްރޫސް ބޯޅަ ފޮނުވާލަނީ.

"ލޯ އަށް ޝުކުރު އަދާކުރަން ބޭނުން އޭނާ އަހަންނަށް ޖަރުމަނު ޓީމުން ފުރުސަތު ހޯދައިދީ އިތުބާރުކޮށް ވޯލްްޑް ކަޕް ޗެމްޕިއަނަކަށް ހަދައިދިނީ. އޭނަ (ލޯ)އާ އެކު އަހަންނަށް ގައުމީ ޓީމުގައި ކާމިޔާބު ވާހަކަތަކެއް ލިޔެވުނު،" ކްރޫސް ބުންޏެވެ.

"ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކުރަން ބޭނުން. ދިން ސަޕޯޓުން ވެސް އަދި އަމާޒުވި ފާޑުކިޔުންތަކުން ވެސް ލިބުނީ ހިތްވަރު،"

ކްރޫސް ވަނީ ދެން ގައުމީ ޓީމާ ހަވާލުވާ ކޯޗު ހަންސީ ފްލިކްއާ އެކު ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ. ޖަރުމަނު ކޯޗުކަން 15 އަހަރަށް ފަހު ލޯ ދޫކޮށްލިއިރު، އޭނާއާ އެކު ދެ އަހަރެއްހާ ދުވަހު އެސިސްޓަންޓެއްގެ ގޮތުގައި ފްލިކް މަސައްކަތްކުރި އެވެ.

ޖަރުމަނު މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާ ގުޅޭގޮތުން ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންއާ މަޝްވަރާކުރިއިރު، ފެޑެރޭޝަނުން ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކްރޫސް ކައިރިން އެދިފަ އެވެ. އެކަމަކު ކްރޫސް އަވަހަށް ރިޓަޔާކުރަން ނިންމީ ޖަރުމަނުގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން ބޭނުންވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox