ވަރުގަދަ ބެލްޖިއަމް ކަޓުވާލައި އިޓަލީ ސެމީ އަށް

Jul 2, 2021, 8:56 PM
ވަރުގަދަ ބެލްޖިއަމް ކަޓުވާލައި އިޓަލީ ސެމީ އަށް

މިއުނިކް (ޖުލައި 3) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ އިޓަލީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލުގައި އިޓަލީ ކުޅޭނީ މިރޭ ސްވިޒަލެންޑް ބަލިކުރި ސްޕެއިނާ ދެކޮޅަށެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަަނަ ބުރުން ސްޕެއިން ކަޓުވާލީ އިޓަލީންނެވެ. އެ ފަހަރު އިޓަލީ ކެޓީ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރު އިޓަލީ ސެމީން ފުރުސަތު ހޯދިއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު 32 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

މިއީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް ޔޫރޯގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގައި 2016 ވަަނަ އަހަރު ބެލްޖިއަމް ކެޓީ ކުއާޓާގައި ވޭލްސް އަތުންނެވެ.

އަނިޔާގެ މިރޭގެ ސަބަބުން މި މެޗު ގެއްލޭނެ ކަމަށް ބެލެވުނު ބެލްޖިއަމްގެ ޕްލޭމޭކަރު ކެވިން ޑި ބްރޭނާ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަނެއްކޮޅުން އޮސްޓްރިއާއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖެހި އިޓަލީގެ ފެޑެރީކޯ ކިއޭސާ ވަނީ އިޓަލީގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެެވެ.

މިއުނިކް އެރީނާގައި މިރޭ ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ލެއޮނާޑޯ ބޮނޫޗީ ވަނީ އިޓަލީ ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު ބޮނޫޗީ ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. އެއީ ބޮނޫޗީ އަށް ބޯޅަ ލިބުނީ އޮފްސައިޑްގައި ހުރި ޖިއޮވާނީ ޑި ލޮރެންޒޯ ފައިގައި ޖެހިފައި ކަމަށްވާތީ އެވެ.

ބެލްޖިއަމްގެ ޑި ބްރޭނާ (ކ) އިޓަލީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން ކައުންޓަ އެޓޭކުގައި ބެލްޖިއަމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫ ޖެހި ބޯޅަތައް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

އިޓަލީން ލީޑުނެގީ މެޗުގެ މެޗުގެ 31 ވަަނަ މިނިޓްގަ އެވެ. މާކޯ ވެރާޓީ ޖައްސާލި ބޯޅަ ބެލްޖިއަމް ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ނިކޯލޯ ބަރޭލާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެެވެ. އެ ބޯޅަ ހުއްޓުވަން ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ބެލްޖިއަމްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 44 ވަނަ މިނިޓްގައި ލޮރެންޒޯ އިންސީނިއޭ އެވެ. އޭރިއާބޭރުން އިންސީނިއޭ ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ކީޕަރު ކޯޓުއާ އަތް މަތިން ގޮހެވެ.

ދެ ގޯލުގެ ލީޑަކާ އެކު އިޓަލީން ފުރަތަމަ ހާފު ނިންމާލާނެ ކަމަށް ބެލެވިފައި ވަނިކޮށް މަންޒަރު ބަދަލުވީ އިޓަލީގެ ޑި ލޮރެންޒޯ ބެލްޖިއަމްގެ 19 އަހަރުގެ ވިންގް ޖެރެމީ ޑޮކޫ އަށް ކުރި ފައުލަކަށް މެޗުގެ ރެފްރީ ސްލޮވީނިއާގެ ސްލަވްކޯ ވިންޗިޗް ޕެނަލްޓީއެއް ދޭން ނިންމުމުންނެވެ. ވީއޭއާރް އިން ބެލުމަށް ފަހު ވެސް ނިންމުން ބަދަލުނުކޮށް ޕެނަލްޓީ އަކަށް ދެއްކިއިރު، ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ބެލްޖިއަމަށް އެއްވަރުކޮށްދޭން ލުކާކޫ އަށް މެޗުގެ 60 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ޑި ބްރޭނާ ހުރަސްކޮށްލި ބޯޅަ މުޅިން ހުސްކޮށް ހުރެފައި ގޯލަށް ޖަހަން ލުކާކޫ ފޮނުވާލި ބޯޅަ ޖެހުނީ އިޓަލީގެ ޑިފެންޑަރު ލެއޮނާޑޯ ސްޕިނަޒޯލާ ގައިގަ އެވެ.

އޭގެ ފަހުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެލްޖިއަމުން ވަނީ ޑްރީސް މާޓެންސް އާއި ނާސެރް ޗަޑްލީ ކުޅެން އަރުވައިފަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި މާޓެންސް ހުސްކޮށްލާފައި އޭރިއާތެރެއިން ޗަޑްލީ އަށް ދިން ބޯޅަ އޭނާ ހުރަސްކޮށްލި ނަމަވެސް ގޯލަށް ފޮނުވާލަން އަރައި ހުރި ލުކާކޫ އާއި ތޯގަން ހަޒާޑަށް ލިބޭ ގޮތެއްނުވި އެވެ.

އޭގެ ފަހުން ވެސް ބެލްޖިއަމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްބުވި އެވެ. އިޓަލީގެ ޑިފެންޑަރުން ފެނުނީ އެ އަށް ވުރެ ވަރުގަދަކޮށެވެ.

މިރޭގެ މޮޅާ އެކު އިޓަލީ ވަނީ ޔޫރޯގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއީ ކޮލިފައިން ހިމެނޭ ގޮތަށް ޖެހިޖެހިގެން ޔޫރޯގެ އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެވެ. އިޓަލީ ވަނީ ކޮލިފައިން ހިމެނޭ ގޮތަށް ޖެހިޖެހިގެން 15 މެޗުން މޮޅުވެފަ އެވެ. ކުރިން އެ ރެކޯޑް އޮތީ މިރޭ ބަލިވި ބެލްޖިއަމް އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox