ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

މިވަގުތު ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައި. --

މިވަގުތު ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައި. --

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިވަގުތު ޖަރުމަނުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން 16 ގަޑިއިރުގެ އޮޕަރޭޝަންތަކަކަށްފަހު އެމަނިކުފާނުގެ ހަށިކޮޅުން، އައިޑީގެ ގެއްލުން ބޮޑުކުރަން އެތެރެއަށް އަޅާފައިވާ ރޭޒާފުއްތަކުގެ ތެރެއިން، 10 އަށް ވުރެ ގިނަ ރޭޒާފުއް ނެގި އެވެ.

އެމަނިކުފާނު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހެވެ.

ނަޝީދުގެ ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް، އެމަނިކުފާނަށް ފަރުވާ ދެމުން އަންނަ ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރު ފަރުވާ ހޯއްދަވަން މިއަދު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް އާއިލާއިން ބުންޏެވެ.

ހާލުކޮޅު ރަނގަޅުވާން ފެށުމާއެކު ޖަރުމަނުގައި ހުންނަވައިގެން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ރަސްމީ މަސައްކަތުގެ އިތުރުން ބައެއް ސިޔާސީ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ އެމަނިކުފާނު ރަސްމީކޮށް ބައްދަލުކުރައްވާފައިވާއިރު، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އޮންލައިންކޮށް ބޭއްވި ޖަލްސާއެއް ވެސް އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށް ދެއްވައިފަ އެވެ.

އަދި "އާސްކް ސްޕީކާ"ގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން އައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބައްދަލުވުމެއް ވެސް އަންނަ ހޯމަ ދުވަހަށް ތާވަލުކުރެވިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވީ ނަމަވެސް، އެ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުން ލަސްވާތީ އެމްޑީޕީގެ ތެރެއިން ވެސް ތަހުގީގީ އިދާރާތަކަށް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

އެ ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން ޕާލިމަންޓަރީ އިންކުޔަރީ އަންނަނީ ހިންގަމުންނެވެ.

އެ އިންކުޔަރީއަށް ސަލާމަތީބާރުތަކުގެ އިސްވެރިންގެ އިތުރުން ކަމާގުޅޭ އެހެން މުއައްސަސާތައް ހާޒިރުކޮށް، ސުވާލުކޮށްގެން ވަނީ މައުލޫމާތު އެއްކޮށްފަ އެވެ.

އެ އިންކުޔަރީގެ ރިޕޯޓު އަންނަ ހަފްތާގެ ތެރޭގައި އާއްމުކުރާނެކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox