އެމެރިކާގެ އެންމެ އިސް ކޮމާންޑަރު ތާލިބާނުންނަށް އިންޒާރު ދީފި

ޖެނެރަލް އޯސްޓިން ސްކޮޓް މިލާ.-- ފޮޓޯ: އޭޕީ

ޖެނެރަލް އޯސްޓިން ސްކޮޓް މިލާ.-- ފޮޓޯ: އޭޕީ

ކާބުލް، އަފްގާނިސްތާން (ޖޫން 29) - އަފްގާނިސްތާނުގެ އިތުރު ސަރަހައްދުތައް ހިފުމަށް ހަނގުރާމަ ކުރުން ހުއްޓާ ނުލާ ނަމަ ވައިގެ ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ތާލިބާނުންނަށް ދީފި އެވެ.

ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބާނެކަން އިއުލާނު ކުރުމާއެކު ތާލިބާނުން ވަނީ އަފްގާން ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށްފަ އެވެ.

އެގޮތުން މިދިޔަ މޭ މަހުން ފެށިގެން ތާލިބާނުން ވަނީ އަފްގާނިސްތާނުގެ 400 ޑިސްޓްރިކްޓުގެ ތެރެއިން 100 އަށް ވުރެ ގިނަ ޑިސްޓްރިކްޓުގެ ކޮންޓްރޯލް ހޯދާފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ވައިގެ ހަމަލާއެއް ފެންނާކަށް. އެކަމަކު އެކަން އެހެން ވާން، ހުރިހާ ހަމަނުޖެހުމެއް ހުއްޓާލަން ޖެހޭ،" ޖެނެރަލް ސްކޮޓް މިލާ ވިދާޅުވި އެވެ.

"އަޅުގަނޑު ތާލިބާނުންނަށް ވެސް މި ވާހަކަ ދަންނަވައިފިން. ވައިގެ ހަމަލާތައް ނާންނާނެކަން ޔަގީން ކުރެވޭނީ ހަމަނުޖެހުން ހުއްޓާލައިގެން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމައަށް ފަހު ގިނަ ސިފައިން މިހާރު ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. ބާކީ ތިބި ސިފައިން ވެސް ސެޕްޓެމްބަރު 11 ގެ ކުރިން ގައުމަށް ދާނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ގިނަ ޑިސްޓްރިކްޓުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށް ދަނީ އަފްގާނިސްތާނުގެ ސިފައިންނަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން ވައިގެ މަގުން އެހީތެރިކަން ފޯރުނުކޮށްދޭތީ އެވެ.

މިލާ ވިދާޅުވީ އެއްވެސް ސަރަހައްދެއް ސަރުކާރަށް ގެއްލުމަކީ ގައުމުގެ ސަލާމަތަށް ޖުމްލަ ގޮތެއްގައި ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ތާލިބާނުން ދާދި ފަހުން ވަނީ އަފްގާނިސްތާނާއި ތަޖިކިސްތާން ގުޅޭ ސަރަހައްދުގެ މުހިއްމު ބޯޑަރު ކްރޮސިންއެއްގެ ކޮންޓްރޯލް ހޯދަފަ އެވެ.

އޭގެ އިތުރުން އަފްގާނިސްތާނުގެ ހުރިހާ ބޮޑެތި ސިޓީއެއްގެ ބޭރުގައި ތާލިބާނުން ތިބީ ކޮންމެ ވަގުތަކު ވެސް ހަމަލާ ދިނުމަށް ތައްޔާރަށެވެ. އެހެންވެ، އެމެރިކާ އާއި ނޭޓޯގެ ސިފައިން އެއްކޮށް ދިޔުމާއެކު ކާބުލް ހިފާފާނެ ކަމުގެ ބިރު އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox