އެންޓި ޓްރަސްޓް މައްސަލައިން ކުރި ލިބި، ފޭސްބުގެ އަގު އެއް ޓްރިލިއަން ޑޮލަރަށް

ފޭސްބުކްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ގިނަ ފަރާތްތަކެއް ގުޅިގެން.--

ފޭސްބުކްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ގިނަ ފަރާތްތަކެއް ގުޅިގެން.--

ވޮޝިންޓަން، އެމެރިކާ (ޖޫން 29) - އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ރެގިއުލޭޓަރުން ގުޅިގެން ފޭސްބުކްއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމުމާއެކު ފުރަތަމަ ފަހަރަށް ފޭސްބުކްގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަނާއި އިތުރު 40 ސްޓޭޓަކުން މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި އެންޓި ޓްރަސްޓް މައްސަލަ ނުބެލޭނެ ކަމަށް ވޮޝިންޓަނުގެ ކޯޓުން ނިންމީ ސޯޝަލް ނެޓްވޯކިން ހިދުމަތްތަކުގައި މޮނޮޕޮލީ ބާރު ފޭސްބުކަށް ލިބިފައިވާ ކަމަށް ބެލެވޭ ތަފްސީލް ނެތުމުންނެވެ.

މައްސަލަ ހުށަހެޅީ ފޭސްބުކްގެ ދަށަށް ވަޓްސްއެޕާއި އިންސްޓަގްރާމް ގެންދިޔުމުން އެކަމާ ދެކޮޅަށެވެ. މިހާރު ހުރި މައުލޫމާތާއެކު މައްސަލަ ނުބެލޭނެ ކަމަށް ކަނޑައެޅި އިރު، އަލުން މައްސަލަ ބަލައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޯޓުން ބުނީ ސޯޝަލް ނެޓްވޯކިން ހިދުމަތްތަކުގެ 60 ޕަސެންޓު ކޮންޓްރޯލް ކުރަނީ ފޭސްބުކުން ކަމަށް ފެޑެރަލް ޓްރޭޑް ކޮމިޝަނުން ހުށަހެޅި ލިޔުންތަކުގައި ހުރި ނަމަވެސް އެކަމުގެ ތަފްސީލެއް ނެތް ކަމަށެވެ. އަދި މައްސަލަ ކޯޓަށް އައީ މާ ލަހުން ކަމަށް ވެސް ބުންޏެވެ.

ފޭސްބުކްގެ ދަށަށް އިންސްޓަގްރާމް ގެންދިޔައީ 2012 ގަ އެވެ. އަދި ވަޓްސްއެޕް ފޭސްބުކް ކުންފުނިން ގަތީ 2014 ގަ އެވެ.

ކޯޓުން އެގޮތަށް ނިންމުމާއެކު ފުރަތަމަ ފަހަރަށް ފޭސްބުކްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރަށް އެރި އެވެ. ފޭސްބުކުން ނެރުނު ބަޔާނެއްގައި ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔުމަށް ފަހު ބުނީ މާކެޓުގައި ފޭސްބުކްއިން ކުރި ހޯދަނީ ހަމަހަމަކަމާއެކު އެހެން ކުންފުނިތަކާ ވާދަކޮށްގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox