އެމްޑީޕީގައި މިހާރު އޮތީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ހޯދުމުގެ ފަލްސަފާ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި: އެމްޑީޕީގެ ތެރެއިން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އޭނާ ވަރުގަދަ ދެއްވި. -ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި: އެމްޑީޕީގެ ތެރެއިން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އޭނާ ވަރުގަދަ ދެއްވި. -ފޮޓޯ: މަޖިލިސް

އެމްޑީޕީ އުފެދިގެން އައި އަސާސްތަކާއި ފަލްސަފާ ދެމެހެއްޓުމުގައި މި ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ދެވެކޭ ވާހަތަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އިއްޔެ ފާހަގަކުރި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހު، ކުރިން އެކަތިގަނޑެއްގެ ގޮތުގައި އޮތް ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވެ އެވެ.

އަހަރީ ދުވަހަށް ހާއްސަ ގައުމީ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބޭއްވިއިރު، މުޅީން ހެން އިވުނީ ޝަކުވާ އެވެ. އެމްޑީޕީގެ މައި ހިއްސާ އޮތް ސަރުކާރަކާ ގުޅުން ކުޑަވުމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދިޔަ އެވެ. ސަރުކާރާ ދުރުވެ، ޕާޓީގެ އާއްމު މެމްބަރުން ބީރައްޓެހިވެފައިވާ ކަމުގެ އުދާސްތަކާއެކު އެވެ.

Advertisement

އެކަމާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ސަރުކާރާ މެދު ހިތްހަމަނުޖެހެނީ ސަރުކާރުގެ މަގާމެއް ނުލިބޭތީ ކަމަށެވެ.

އެކަމަކު މިހާރު ވެސް މަތިބަރުވެ، ދައުލަތް ހިންގުމުގެ ހަރަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެމްޑީޕީގެ ހުރިހާ އިސް މީހުންނަށް ސަރުކާރުން ވަޒީފާ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ސަރުކާރާ ގުޅުން ކުޑަވެގެން އުޅޭ ތަނެއް. މިހެން ދެންނެވީމާ އަޅުގަނޑު ދެކެ ރުޅި ވެސް އަންނާނެ. އެކަމަކު މިއުޅެނީ އިސް ސަފުގައި ތިބި ބަޔަކަށް ސަރުކާރުގެ މަގާމުތައް ނުލިބިގެން. ހިތްހަމަނުޖެހެނީ އެކަމާ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ލިޔުނު ގަލަމުގައި ހިފައިގެން ހުރި އެއް ބޭފުޅެއްގެ ހައިސިއްޔަތުން ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްވުރެ މަތިވެރި ފަލްސަފާއެއް އެމްޑީޕީގައި ވެސް ނޯންނާނެ ކަމަށެވެ.

އެކަމަކު އެ ވިސްނުން އެއް ފަރާތްކޮށް މިހާރު އެމްޑީޕީގެ ތެރެއިން ފެންނަނީ ކޮންމެ ގޮތެއް ހަދައިގެންވިޔަސް ވެރިކަން ހޯދުމުގެ ފަލްސަފާކަމަށް ޝަރީފް ވިދާޅުވި އެވެ.

އެކަމަށް މަގުފަހިކުރަން އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން ވެސް ސަރުކާރަށް ޖެއްސުންކޮށް، ބޮޑެތި ޕްރެޝަރުތައް ކުރިމަތި ކުރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މަޖިލިސް ވެސް ވެއްޖެ ޝަރީއަތް ކުރާ ތަނަކަށް. ތަހުގީގު ކުރާ ތަނަކަށް. މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް. އޭގެ މާނައަކީ މަޖިލީހުގެ ވަކި ބޭފުޅަކު ބޭނުންވާ ގޮތަކަށް ސަރުކާރު ހިންގަންޖެހޭ މަގަށް ކަންކަން ކުރުމެއް ނޫން،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ވި ވައުދުތައް ނުފުއްދޭކަމުގެ އިލްޒާމު ހަމައެކަނި ސަރުކާރުގެ ބޮލުގައި ނޭޅުވޭނެ އެވެ.

ޝަރުއީ ދާއިރާގެ އިސްލާހު ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައުމަށް ފަހު، ޖޭއެސްސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ހިތްނުރުހޭ ފަނޑިޔާރުން ވަކިކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހުއްޓުވުމަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަން ޖެހޭ ކަމާއި އެކަން ކުރުމުގައި ސަރުކާރު ފަހަތު ފަޔަށް ބުރަ ނުވާން ރައީސް ސޯލިހްގެ އަރިހުން ނަޝީދު އެދިވަޑައިގެންނެވުން ވެސް ޝަރީފް ނުސީދާކޮށް ސިފަކުރެއްވީ މަގުމަތިން އިންސާފު ހޯދުމުގެ ނުރައްކާތެރި ފާލެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ ގާނޫނުތަކުގެ ބޭރުން މަގުމަތިން ހުކުމްކޮށް އަދަބު ދިނުމަށް ހިތްވަރު ދިނުމަކީ ވަރަށް ވެސް ނުރައްކާތެރި ހާލަތެއްގެ ފެށުން ކަމަށެވެ.

އެއާއެކު މިހާރު ރާއްޖޭގައި ސިފަ ޖެހެމުންދާ ނުރައްކާތެރި ހާލަތު އޭނާ މާނަކުރެއްވީ "އިލެކްޓޯރަލް ޑިކްޓޭޓާޝިޕް"އެއްގެ ގޮތުގަ އެވެ.

އެއީ އިންތިހާބީ ބޮޑެތި ބާރުތަކެއް ލިބުމުން ހިތުހުރި ގޮތަކަށް ކަންތައްތައް ކުރެވިދާނެ ކަމުގެ ހުދުމުހުތާރު ނުރައްކާތެރި ވިސްނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ހުރިހާ އުނދަގުލަކާއި ޕްރެޝަރެއްގެ ތެރެއިން ރައީސް ސޯލިހު އިސްކުރައްވަނީ ރައްޔިތުންގެ ހައްގުތައް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަނި ނުކުމެ ވެރިކަން ނުލިބޭނެތީ ކޯލިޝަން މި ހަދަނީ. ދެން ވެރިކަން ލިބޭތާ އަނެއް ދުވަހު އެހެން ޕާޓީތައް ބޭރުކޮށްލުމަކީ ވެވޭ ހިޔާނާތެއް. އެއީ ރައްޔިތުންނަށް ވެސް ހެދޭ މަކަރާ ހީލަތެއް،" ކޯލިޝަން ރޫޅާލުމަށް އެމްޑީޕީން ކުރާ ޕްރެޝަރަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ފަލްސަފާއަކީ އެއީ އެވެ. ޕާޓީ ބިނާކޮށްފައިވާ އަސާސަކީ ވެސް އެ އެވެ. އެކަން އިހުލާސްތެރިކަމާއެކު ރައީސް ސޯލިހު ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox