އެމްޑީޕީގެ ފަލްސަފާ ދަމަހައްޓަން ޕާޓީގެ ވަޒީރުންނަށް އާދޭސް

އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރާ މެދު އެމްޑީޕީގެ އާއްމު މެމްބަރުންގެ ނުތަނަވަސްކަން ބޮޑީ ޕާޓީގެ ފަލްސަފާ އާއި އަސާސްތައް ނުހިފެހެއްޓޭތީ ކަމަށާއި އެ މަސައްކަތް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޕާޓީގެ ބޭފުޅުން ކޮށްދެއްވަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހު، ކުރިން އެކަތިގަނޑެއްގެ ގޮތުގައި އޮތް ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވެ އެވެ.

އަހަރީ ދުވަހަށް ހާއްސަ ގައުމީ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބޭއްވިއިރު، އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިނުގަންނަވަ އެވެ.

އެމްޑީޕީގެ އެންމެ އިސް ސަފުގައި ޒަމާނުއްސުރެން ހަރަކާތްތެރިވަމުން ގެންދެވި މާރިޔާ އަހުމަދުދީދީ އާއި މުހައްމަދު އަސްލަމާއި ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުން ޕާޓީގެ އަހަރީ ދުވަހު މެމްބަރުންނަށް މަރުހަބާ ކިޔުއްވައި، އަމިއްލައަށް ޓްވީޓެއް ވެސް ނުކުރެއްވިކަން އާއްމު މެމްބަރުންގެ ސަމާލުކަމުން ކައްސައި ނުލި އެވެ.

އިއްޔެގެ ގައުމީ މަޖިލީހުން މުޅީންހެން އިވުނީ ޝަކުވާ އެވެ.

އެމްޑީޕީގެ މައި ހިއްސާ އޮތް ސަރުކާރަކާ ގުޅުން ކުޑަވުމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދިޔަ އެވެ. ސަރުކާރާ ދުރުވެ، ޕާޓީގެ އާއްމު މެމްބަރުން ބީރައްޓެހިވެފައިވާ ކަމުގެ އުދާސްތަކާއެކު އެވެ.

އެކަމާ ގުޅިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް "އަދަދު"އަށް ވިދާޅުވީ އެމްޑީޕީއަކީ ވަކި ފަލްސަފާއަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ވަކި އުސޫލުތަކެއްގެ މަތީގައި ވަކި މަގުސަދުތަކެއް ހާސިލުކުރަން ނުކުތް ޕާޓީއެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި، އެ ފަލްސަފާ އާއި އަސާސްތައް ބިނާވެފައި އޮތީ، ރައްޔިތުންނަށް ވި ވައުދުތަކާ އެއް ގޮތަށް ހައްގުތަކާއި އިންސާފު ހޯދައި ދިނުމާއި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމުގެ މައްޗަށެވެ.

ނަމަވެސް، މިހާރު ސަރުކާރުގެ ތެރެއިން ފެންނަމުންދަނީ މުޅީން އެހެން ކަންކަމަށް އިސްކަންދޭ މަންޒަރު ކަމަށާއި، އެކަން ޕާޓީގެ އާއްމު މެމްބަރުންނަށް ބަލައިގަންނަން ދަތިވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގައި އޮތް އެމްޑީޕީގެ 40 ޕަސެންޓު ހިއްސާ ބޭނުންކުރެވެން އެބަޖެހޭ އެމްޑީޕީ އުފެދުނު މަގުސަދު ހާސިލުކުރަން. އެ ފަލްސަފާގެ މަތީގައި އޮތް މަގުސަދުތަކާއި އުސޫލުތަކަށް އިސްކަން ދެވެންޏާ މެމްބަރުންގެ މެދުގައި މާބޮޑު ހިޔާލުތަފާތުވުންތަކެއް ނުހުންނާނެ. -- ހަސަން

ޕާޓީގެ އަސާސްތައް ދަމަހައްޓައި، އާއްމު މެމްބަރުން އެދޭ ކަންކަން އިސް ސަފަށް ގެނެސް، އެކަންކަން ހާސިލުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ ސަރުކާރުގެ ތެރޭގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނަށް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އެ މަސައްކަތްކޮށްދެއްވަން ޖެހެ އެވެ.

ސަރުކާރުން ކުރާ ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އާއްމު މެމްބަރުން ބޭނުންވާ ކަންކަން ގެންނަން ބާރުއަޅަންޖެހެ އެވެ.

"އެކަންކަމަށް އިސްކަން ދޭންވެއްޖެއޭ މިހާރަށް ވުރެ ބޮޑަށް. އާއްމު މެމްބަރުން މި އަހަނީ އޭރު ފެށި މަސައްކަތް މިހާރު ހުރީ ކޮން ހިސާބެއްގަ ތޯ އޭ އޮތީ؟" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ދެ މަސް ދުވަސް ހަމަވާންދާއިރު، އެ ހަމަލާގެ އަޑި ނުހޯދި އޮތުމަކީ މެމްބަރުންގެ މެދުގައި އޮތް އިތުރު ހިތްހަމަނުޖެހުމެއް ކަން އޭނާ ފާހަގަކުރައްވަ އެވެ.

ކަންބޮޑުވަނީ ކޮންމެހެން ނަޝީދަށް ހަމަލާއެއް ދެވުމަކުން ވެސް ނޫނެވެ. މަޖީދީމަގުގެ މެދުގައި، އެންމެ ކާރޫބާރުބޮޑު ވަގުތެއްގައި، އެ ހަމަލާ ދެވުނު ފަސޭހަކަމެވެ.

އެކަން ބަލަން އެމްޑީޕީގެ މެމްބަރުން ގޮވަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާތީ ކަމަށް ހަސަން ވިދާޅުވި އެވެ.

"ބަނދަރެއް ނޫނީ ފާލަމެއް އެކަންޏެއް ނޫން ރައްޔިތުން ބޭނުންވެގެން މިއުޅެނީ. މަޖީދީމަގު މެދުގަ ބޮމެއް ގޮއްވާލުން ގުޅިފައިއޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ. އާއިލާ ގޮވައިގެން، ބިރެއް ނެތި މަގުމަތީގައި ހިނގާލުމާ،" އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި ނުތަނަވަސްކަން ބޮޑު ނަމަވެސް، އާއްމު މެމްބަރުން އަބަދުވެސް ޕާޓީއާ އެކު ދެމި ތިބޭނެކަން ހަސަން ޔަގީންކުރައްވަ އެވެ.

ސަރުކާރުން ކުރާ މަސައްކަތްތަކުގައި އެމްޑީޕީގެ ފަލްސަފާ ދަމަހައްޓައި، އިސްކަންދޭ ތަރުތީބަށް ބަދަލުގެނެސް، އާއްމު މެމްބަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox