ގައުމު ސަލާމަތްކުރަން ފަހަތުފަޔަށް ބުރަނުވެ ރައީސް ނުކުންނަވަން ނަޝީދު އެދިވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ ގައުމު ސަލާމަތް ކުރަން ރައީސް ނުކުންނަވަން ޖެހޭ ކަމަށް-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު: ނަޝީދު ވިދާޅުވީ ގައުމު ސަލާމަތް ކުރަން ރައީސް ނުކުންނަވަން ޖެހޭ ކަމަށް-- ފޮޓޯ: އެމްޑީޕީ

ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހުއްޓުވުމަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމާއި އެކަން ކުރުމުގައި ސަރުކާރު ފަހަތު ފަޔަށް ބުރަ ނުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން ކްލަބް ހައުސްގައި އެ ޕާޓީގެ ހަރުގެއެއް ވަނީ ހުޅުވާފަ އެވެ. މި ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖަރުމަނުގައި ބޮމުގެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަވަމުން ގެންދަވާ ރައީސް ނަޝީދެވެ.

ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެ ހާލަތުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް ސޯލިހް ނުކުންނަވަން ޖެހޭ ކަމަށެވެ.

Advertisement

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ،" 800 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ގުރޫޕުގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް އަމާޒުކޮށް މިފަދައިން ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއަށްފަހު ސަރުކާރުން އަމަލުކުރި ގޮތް މާ "ލޮނުމަޑު" ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ވިދާޅުވެފައިވަނިކޮށެވެ. ހަމަލާއަށްފަހު، ސަރުކާރުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން އަޅަމުންނުދާ ކަމުގެ ފާޑުކިޔުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީމެން ފަދަ މެންބަރުން ވަނީ ސަރުކާރަށް އަމާޒުކުރައްވާފަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅޭ ގޮތުން ބޭއްވި ކްލަބު ހައުސްގެ ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި، މިއަދު ހަވީރު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ގައުމީ މަޖިލީހުގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ކްލަބު ހައުސްގައި ނަޝީދު ވިދާޅުވީ ގައުމުތަކުގެ ހަޔާތަށް ބަލާއިރު ސަލާމަތް ގެއްލޭ ގޮތާއި ގެއްލޭ މިންވަރު ބަޔާން ކުރާ ނިޝާންތައް ފެންނަ ކަމަށެވެ.

މިހާރު ގެއްލުންދީ، ހަމަލާތަކުގެ ފަހަތުގައި ތިބެނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ކުރި ހޯދާފައި ތިބި ބައެއް ކަމަށާއި ދެން ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ކުރިއާލާ ނުހުއްޓުވައިފިނަމަ ޖާނުންފިދާވުމުގެ ހަމަލާތައް ދޭން ފަށާފާނެ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އެކަން ވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ، އަޅުގަނޑުމެންނަށް މިކަމަށް ވަރަށް ބާރު އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ،-- ނަޝީދު

އެމަނިކުފާނު ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އަވަހަށް ދޫވެ، އަނެއްކާވެސް މުޖުތަމައުއަށްދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ހިފައި ހައްޔަރު ކުރެވޭނެ ވަކި ހަމަތަކެއް އޮންނަން ޖެހެ އެވެ. ޓެރަރިޒަމްގެ ކަންކަމުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މާފު ލިބޭ ކަމަށާއި މިހާރު ފަނޑިޔާރުންނަށް ވެސް މެސެޖެއް މިހާރު ލިބެން ވެއްޖެ ކަމަށެވެ.

"ފަނޑިޔާރުންނަށް މިހާރު ވިސްނެން ޖެހޭ 15 ދުވަސް ޖަހާފައި ދޫކޮށްލާ ބާވަތުގެ ކަންކަން ނޫންކަން މިކަންކަމަކީ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ބޮޑު މެސެޖެއް އެބަ ލިބެން ޖެހޭ. ތިބޭފުޅުން މިކަންކަމުގައި ވަރަށް ވިސްނަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

"ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން. މިއަދު 15 ދުވަސް 10 ދުވަސް ފަސް ދުވަސް ޖަހާ ދޫކޮށްފައި ހުރިހާ އެންމެން މަގުމަތީގައި ތިބެވޭނެ ގޮތް އެހެން ހައްދަވައިގެން ނުވާނެ."

ނަޝީދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް، ރާއްޖެއަށް މިހާރު ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާންގެ ފުރާނަފުޅު ދުއްވާލުމަށް ދިން ހަމަލާއާ ގުޅިގެން ފުރަތަމަ ފަހަރަށް އާއްމުންނާއެކު ބޭއްވި ބައްދަލުވުން ކަމަށްވާތީ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވެސް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ހާލު ރަނގަޅެވެ. ޑޮކްޓަރުންނާ ހަވާލާ ދެއްވައި ވިދާޅުވީ، އެތެރެހަށީގެ ހުރިހާ ގުނަވަނެއް ރަނގަޅު ކަމަށެވެ. ނަމަވެސް ކަނާތު ފައިގެ ތިން އިނގިލި އައްސިވެފައިވާއިރު ވާތު ކަންފަތަށް އަޑުއިވުމުގައި ދަތިތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވާތު ކަންފަތުގެ ތޫރިއަށް ލިބިފައި ހުރި ގެއްލުން ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. ހަށިގަނޑުގެ ވާތް ފަރާތުގެ ގިނަ ތަންތަން އަދިވެސް ހުންނަނީ އައްސިވެފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox