ފަހުގެ އިންޒާރު ދީފައިވާ އިޔާޒުގެ މައްސަލަ އަނެއްކާވެސް އެމްއެންޔޫން ބަލަނީ

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް: އޭނާގެ މައްސަލަ އެމްއެންޔޫން ބަލަން ފަށައިފި-- ފޮޓޯ: އާފަތިސް

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް: އޭނާގެ މައްސަލަ އެމްއެންޔޫން ބަލަން ފަށައިފި-- ފޮޓޯ: އާފަތިސް

އަންހެނުން ހިތާނަ ކުރުމާ ގުޅުވައިގެން, ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ދައްކާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލަން، އެ ޔުނިވާސިޓީން ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެން މިދިޔަ މާޗް މަހު އެމްއެންޔޫއިން އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެއަށް ފަހު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދީ، ސަސްޕެންޝަން އުވާލި އެވެ.

އެ އިންޒާރު އެގޮތަށް އޮއްވައި އަންހެން ކުދިން ހިތާނަކުރުމާ ގުޅޭ ގޮތުން އިޔާޒު ދެއްކި ވާހަކަތަކެއް ވަނީ ހޫނުވެފަ އެވެ. އަދި، އޭނާގެ މައްސަލަ ބެލުމަށާއި އެމްއެންޔޫއިން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ އެވެ.

އިޔާޒުގެ މައްސަލަ ބަލައި، ވަކިކުރުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ގޮވާލައްވާފަ އެވެ.

އެ އަޑު ގަދަވެފައިވަނިކޮށް އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "އަދަދު"އަށް މިރޭ ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަ ކުރުމާ ގުޅޭ ގޮތުން އިޔާޒް ވާހަކަ ދައްކަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެ ޔުނިވާސިޓީއަށް ޝަކުވާ ހުށަހެޅި އެވެ.

އެހެންވެ، އިޔާޒްގެ މައްސަލަ އެ ޔުނިވާސިޓީގެ މައްސަލަ ބަލާ ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އޮތީ އެންމެ ފަހުގެ އިންޒާރު ދީފައި، މިކަން ސާބިތު ވަންޏާމު ދެން އޮންނާނީ ވަކި ކުރުން،" ޝަރީފް ވިދާޅުވި އެވެ.

އިޔާޒް އަބްދުއްލަތީފް އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދިން ކަމަށް ބުނެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ހުށަހަޅައިފަ އެވެ.

އަންހެނުން ހިތާނަ ކުރުމަށް ހިތްވަރު ލިބޭގޮތަށް އިޔާޒް ގެންދަނީ ތަކުރާރުކޮށް ޓްވީޓް ކުރަމުންނެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި އެކަމުގެ ތަޖުރިބާ ކޮށްފައިވާ އަންހެނުން ވަނީ އެކަމުން ލިބޭ ގެއްލުންތައް ހިއްސާކޮށް، އިޔާޒާމެދު ނުރުހުން ފާޅުކޮށްފަ އެވެ.

އަންހެނުން ހިތާނަ ކުރުމަކީ ދީނުގައި އޮތްކަމެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެޗްއާރްސީއެމްއިން ދާދިފަހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އަންހެން ކުދިން ހިތާނަކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވެ، އެކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިޔާޒު ފާހަގަވެގެން ގޮސްފައިވަނީ ދީނީ ކަންކަމުގައި ހިޔާލު ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ.

އެގޮތުން، ކޮވިޑާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމާއި، އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ޖިނާއީ ކުށަކަން ހަދަން ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހާ ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔަމުން ގެންދާ އެކަކީ އިޔާޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox