އަހަރީ ދުވަހު އެމްޑީޕީގެ ކަންބޮޑުވުމަކަށްވީ ސަރުކާރާ ގުޅުން ކުޑަވުން

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމްޑީޕީ އާއި ސަރުކާރުގެ ގުޅުން ކުޑަ ކަމަށް ގައުމީ މަޖިލީހުން ބުނޭ-- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމްޑީޕީ އާއި ސަރުކާރުގެ ގުޅުން ކުޑަ ކަމަށް ގައުމީ މަޖިލީހުން ބުނޭ-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީއަށް 16 އަހަރު ފުރިފައިމިވަނީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެ، ނުތަނަވަސްކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ؛

އެ ހިޔާލު ތަފާތުވުންތައް އޮތްވައި، ބޭއްވި އަހަރީ ދުވަހަށް ހާއްސަ ގައުމީ މަޖިލީހުގެ ޖަލްސާއިން ފެނިގެން ދިޔައީ ތަފާތު މަންޒަރުތަކާއި އަޑުތަކެކެވެ. ކުރިން އެކަތިގަނޑެއްގެ ގޮތުގައި އޮތް، އެމްޑީޕީ އެގޮތުގައި ނެތްކަން ވަނީ ހާމަވެފަ އެވެ.

ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް ބަލާއިރު، އޭގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިނުގަންނަވަ އެވެ. ސަރުކާރުގެ ބޭފުޅަކަށް ވާހަކަ ދެއްކެވީ، ރައީސް އޮފީހުގެ މިނިސްޓަރު އަދި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިހާބުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު އެކަންޏެވެ.

އެ ބޭފުޅުންގެ ވާހަކާގައި ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ކުށްވެރި ކުރުމުގެ އިތުރުން ދެން ދެއްކެވީ އެ ޕާޓީ ހޯދި ކާމިޔާބީތަކާއި އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ވާހަކަ އެވެ. ސަރުކާރުގެ ވާހަކައެއް ނުދައްކަވަ އެވެ.

ދެން ވާހަކަ ދެއްކެވި ބޭފުޅުންނަކީ މިހާރު ސަރުކާރަށް ފާޑުވިދާޅުވާ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮތީ ސަރުކާރުން ޕާޓީގެ އާއްމު މެމްބަރުންނާ އޮންނަ ގުޅުން ކުޑަވުމެވެ. އަހަރީ ދުވަސް ނަމަވެސް، މިއަދަކީ އުފާވެރި ދުވަހެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެ ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަން ހަމައެކަނި ގެންނެވީ ވެސް ދުވަހުގެ ތަހުނިޔާ އަދާކޮށްލުމުގެ ގޮތުންނެވެ.

ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އާއްމު މެމްބަރުންނާ ބައްދަލު ކުރުމުން ވެސް ސަރުކާރާއި ޕާޓީއާ ދެމެދު "ގެޕެއް" ނުވަތަ ދުރުކަމެއް އޮންނަ ކަމަށެވެ.

ހުދު އަޅުގަނޑަށް ވެސް އިހުސާސް ކުރެވޭ ގެޕެއް އެބަ އޮތްކަން،-- އިންތި
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: މަޖިލިސް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވައްޓާލުމާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިން ގެއްލުންތަކުން ވެސް އެމްޑީޕީއަށް އަރައިގަނެވޭނެ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީ ދެބައި ވެއްޖެ ނަމަ އެކަން ފޫ ނުބެއްދޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

"މިއީ ވަރަށް ގިނަ ޒަމާންތަކަކުން އުފެދުނު ޕާޓީއެއް މި ޕާޓީގެ އުއްމީދު ނުވަތަ މި ޕާޓީ ހަލާކުވެ ގޮސްފިއްޔާ އެ ދިޔައީ މިގައުމުގެ ރައްޔިތުން ގިނަ ބޮޑު އާބާދީއެއް ކުރި އުއްމީދުތައް އެއްކޮށް އެ ދިޔައީ،" އިންތި ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ އަޅާބަލާއިރު އޭގައި ސަރުކާރުގެ ރިއެކްޝަން އެހާ ރަނގަޅު ނޫން ކަމަށް މިއަދު އިންތި ވިދާޅުވި އެވެ.

އިންތިގެ ވާހަކައަށް ތާއީދު ކުރައްވާ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ވިދާޅުވީ އެމްޑީޕީ މަގުމަތިވާ ކޮންމެ ފަހަރަކު އެނބުރި އާދެވެނީ އާއްމު މެމްބަރުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެހެންކަމުން ޕާޓީގެ ގްރާސް ރޫޓާއެކު ބައްދަލުވުންތައް ބާއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ވެރިކަން ލިބުމުން އާއްމު މެމްބަރުންނާއި ޕާޓީއާ ދުރުކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ޕާޓީން އާއްމު މެމްބަރުންނާ ގުޅުން އޮންނަން ވާނީ ވެރިކަން ގެއްލި މަގުމަތިވުމުން އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ގިނަ ގޮނޑިތަކެއް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެއް ސަބަބަކީ ރަށްރަށުގެ ހަރުގެ ތަކާއި ޕާޓީގެ ގުރާސް ރޫޓާ ސަރުކާރުގެ ފަރާތްތަކުގެ އޮތް ގުޅުން ކުޑަވުން،" ޝިޔާން ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު ދުވަހު ނޫން އަނެއް ދުވަހު ގިނަ ބަޔަކު އެ ސަރުކާރުގެ ދިފާއުގައި ނުކުތީ އޭރުގެ ސަރުކާރުން އާއްމު މެމްބަރުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމުން ކަމަށް ޝިޔާން ވިދާޅުވި އެވެ.

މިއަދުގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމަވާ ލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީއަކީ ފަލްސަފާއެއްގެ މައްޗަށް ކަންކަން ކުރަން އެކުލަވާލާފައިވާ ޕާޓީއެއް ކަމަށާއި އެ އުސޫލުތައް ނަގަހައްޓަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ އިންކުއަރީއަށް ސަރުކާރުން ނުފޫޒު ފޯރުވައި ހުރަސް އަޅަން މަސައްކަތް ކުރާ ކަމުގެ ތުހުމަތާއެކު އެވެ.

އެކަމުގައި ކަންތައްތަކެއް ފޮރުވަން ރައީސް ސޯލިހު އުޅުއްވާ ކަމަށް ސީދާ ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. އެ ތުހުމަތުތަކަށް ރައީސް ސޯލިހު ވެސް ރައްދު ދެއްވި އެވެ. ވިދާޅުވީ، އެކަމަށް ހުރަސްނާޅާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިންކުއަރީއާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގައި ޕާޓީގެ މަޖިލިސް މެންބަރުން ވެސް ދެބަޔަކަށް ބެހުނެވެ.

އެންމެ ބޮޑަށް މައްސަލަ ހޫނުވީ، ވަކިވަކި ސިފައިން އިންކުއަރީއަށް ހާޒިރުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދުމާއެކު އެވެ. އަދި، އެކަން އަންގައި މަޖިލީހަށް ސިޓީ ފޮނުއްވި އެ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ރައީސް ނަޝީދު ސުލޫކީ ކޮމިޓީއަށް ހުށަހެޅުމުން އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާއެކު ބޭރުކޮށްލުމުން މައްސަލަ ވަރަށް ބޮޑުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox