އަހަރު ދެ ބައިވި އިރު ރާއްޖެ އައި ޓޫރިސްޓުން ބައި މިލިއަނާ ގާތަށް

ރާއްޖެއަށް އައި ފަތުރުވެރިއަކު ވެލާނާ އެއާޕޯޓުގައި: މިއަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރޭ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެއަށް އައި ފަތުރުވެރިއަކު ވެލާނާ އެއާޕޯޓުގައި: މިއަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރޭ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި އަހަރު ދެ ބައިވި އިރު، ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނާ ގާތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ބޮޑު ބައެއް ބޯޑަރު ބަންދުކުރަންޖެހުމުގެ ސަބަބުން ޓޫރިޒަމް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.

އެގޮތުން، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555،494 ޓޫރިސްޓުންނެވެ. އެއީ އޭގެ ކުރީ އަހަރު އައި 1،702،887 އާއި ބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ.

ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑު ވެކްސިން ދޭން ފެށުމާއެކު މި އަހަރު ފެށިގެން އައިއިރު ޓޫރިޒަމް އަނެއްކާވެސް ރަނގަޅުވާން ފެށި އެވެ.

ތަފާސްހިސާބުތައް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު އުޅެނީ މަހަކު އެވަރެޖުކޮށް 90،000 އަށް ވުރެ މަތީގަ އެވެ.

ނަމަވެސް، މިދިޔަ މަހު ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ވެސް ކުރި އެވެ.

އެގޮތުން، މިދިޔަ މެއި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 64،613 ފަތުރުވެރިންނެވެ.

އޭގެ ކުރީ ހަތަރު މަހު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު، އެ އަދަދު މިދިޔަ މަހު ވަނީ 2،000 އަށް ވެއްޓިފަ އެވެ.

އެކަމުގެ އަސަރު މި މަހު ވެސް ކޮށްފައިވާއިރު، ޖޫން 23 އާ ހަމައަށް މި މަހު ރާއްޖެއަށް އައިސްފައިވަނީ 42،250 ޓޫރިސްޓުންނެވެ.

އެއާއެކު، އެ ދުވަހާ ހަމައަށް މި އަހަރު ރާއްޖޭގައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 496،633 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެންމެ ގިނައިން ރަޝިއާ ޓޫރިސްޓުން

މިދިޔަ މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔައީ އަވަށްޓެރި އިންޑިއާ އިންނެވެ. ނަމަވެސް، މެއި މަހުގެ ތެރޭގައި އިންޑިއާގައި އިންތިހާއަށް ކޮވިޑު ފެތުރި، އެ ގައުމުން މީހުން އައުން ހުއްޓުވައިލުމުން، އެ އަދަދު ވަނީ ދަށްވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ.

އެގޮތުން، ރަޝިއާ އިން 120،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، ދެ ވަނައިގައި އޮތް އިންޑިއާ އިން މިހާތަނަށް އައިސްފައިވަނީ ގާތްގަނޑަކަށް 90،000 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މެއި މަހުގެ ތެރޭގައި ޓޫރިޒަމް މަޑުޖެހިފައި އޮތުމަށްފަހު، އަނެއްކާވެސް މަޑުމަޑުން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.

ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ސަބަބުން ޓޫރިޒަމް އަޑިއަޅާފައިވީ ނަމަވެސް، މިއަހަރު އަންނާނެކަމަށް އަންދާޒާކުރި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަހަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ލަފާކުރައްވައިފަ އެވެ.

އަދި ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް މިންވަރަށް ރުޖޫއަވާން ފަށާނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓް ތައްޔާރުކުރި އިރު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އޭރު ލަފާކުރެވުނު އަދަދަށް ބިނާކޮށް ޖީޑީޕީ އިތުރުވާނެކަމަށް ބެލެވުނީ 13.5 ޕަސަންޓުން ކަމަށެވެ.

ނަމަވެސް، ޓޫރިޒަމަށް މިއަހަރު ލިބެމުންދާ ކުރިއެރުމުގެ ސަބަބުން އިގްތިސާދީ ދުވެލި 13.5 ޕަސަންޓާއި 34.1 ޕަސަންޓާ ދެމެދުގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox