މިސްކިތްތަކުގައި މަސްތުވެ، ހުރަމަތް ކަނޑާތީ މަޖިލީހަށް މައްސަލައެއް

މިސްކިތުގައި ބަޔަކު މަސްތުވެ، ނިދާފައި: މަސްތުހާލަތުގައި ތިބެ މިސްކިތް ތަކުގައި އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި-

މިސްކިތުގައި ބަޔަކު މަސްތުވެ، ނިދާފައި: މަސްތުހާލަތުގައި ތިބެ މިސްކިތް ތަކުގައި އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި-

މިސްކިތްތަކުގެ ހުރަމަތްކެނޑޭގޮތަށް އެތަނުގެ ތެރޭގައި މަސްތަކުވާތަކެތި ބޭނުންކޮށް، ކައިބޮއި ނިދާ ހަދާތީ، އެކަން ހުއްޓުވަން އިދިކޮޅުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، މިސްކިތްތަކަށް ވަދެ، ނިދައި މަސްތުވާން މީހުން ތިބޭ ކަމުގެ ޝަކުވާތައް ބޮޑުވި އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައިވަނިކޮށް، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މިއަދު އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މިސްކިތްތަކަށް ވަދެ، އެތަނުގެ ތެރޭގައި މަސްތުވެ، ކައިބޮއެ، ނިދައި ފެންވަރައި، މިސްކިތްތަކުގެ ހުރުމަތްކެނޑުން އާއްމުވެފައިވާ ކަމަށެވެ.

އެހެންކަމުން، އެ މައްސަލާގައި ވަނީ މިސްކިތްތައް ބެލެހެއްޓުމުގެ އިންތިޒާމް މިހާރަށް ވުރެ ހަރުދަނާކޮށް، އެތަންތަނުގެ ހުރުމަތްކެނޑުން ހުއްޓުވަން ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މައްސަލަ ބަލައިގަތުމާމެދު ނެގުނު ވޯޓުގައި، އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފާސްކުރީ 31 މެމްބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ވެސް ތިއްބެވި އެވެ.

އެ މައްސަލަ ބަލައިގަތުމަށްފަހު ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިސްކިތްތަކުގެ ތެރޭގައި ހުންނަ ހަތިމުތަކުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވައި، އެތަންތަނުގެ ތެރޭގައި ނޭއްގާނީ އެތައް ކަމެއް ކުރަމުންދާ ކަމަށެވެ.

ކޮވިޑުގެ އުނދަގޫ ހާލަތު ނަމަވެސް، މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ސަރުކާރުން ގާއިމުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެފަދަ މައްސަލަތައް ހައްލުނުކުރޭވެނަމަ، އަންނަން އޮތް ޖީލުތަކާ ހަމައަށް އިސްލާމްދީން ދަމަހައްޓަން ދަތިވާނެ ކަމަށެވެ. އެހެންކަމުން ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދަން އޭނާ ގޮވާލެއްވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރޭގެ ވަގުތެއްގައި ވެސް ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި ބަޔަކު މާރާމާރީ ހިންގާ ވީޑިއޯއެއް އާއްމުވެފައިވާއިރު، އެކަން މިހާރުން މިހާރަށް ހުއްޓުވެންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ހިޔާލު ތަފާތުވުންތަކާއި ވާދަވެރިކަން އެއް ފަރާތްކޮށް، ގައުމީ ކަމެއްގެ ގޮތުގައި ދެކުން މުހިއްމު ކަމަށެވެ.

"ގައުމީ އެއްވެސް ކަމެއް މިހާރު ނޯވޭ. ސަރުކާރުން ކުރާ ކަމެއް ވެއްޖެއްޔާ އިދިކޮޅު ފަރާތްތަކަށް ރަނގަޅެއް ނުވޭ. އަދި އެހެން ބަޔަކު ކުރާ ކަމެއް ވިއްޔާ އަޅުގަނޑުމެންނަށް ކަމަކުނުދޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

އެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، ގައުމު ހަލަބޮލިކޮށްލުމުގެ ފުރުސަތު ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ސައްތައިންސައްތަ މުސްލިމު ގައުމެއްގައި މިފަދަ ކަންކަން ހިނގުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox