ކަރަންޓީނާ ނުލާ ތައިލޭންޑުގެ ފުކެޓަށް ދެވޭނެ ގޮތް ހަދައިފި

ފުކެޓުގެ ގޮނޑުދޮށް.-- ފޮޓޯ: ރޮއިޓާޒް

ފުކެޓުގެ ގޮނޑުދޮށް.-- ފޮޓޯ: ރޮއިޓާޒް

ބެކްކޮކް، ތައިލޭންޑް (ޖޫން 22) - ފަތުރުވެރިންގެ މެދުގައި މަގްބޫލު ފުކެޓަށް ކަރަންޓީނު ކުރުމެއް ނެތި ދަތުރު ކުރެވޭނެ ގޮތް ހަދަން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން ތައިލޭންޑުން ވަނީ އެ ގައުމަށް އެތެރެވުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ސަބަބުން 1997 ވަނަ އަހަރަށް ފަހު އިގްތިސާދަށް ގެއްލުން ނުވާ މިންވަރަށް ވަނީ ގެއްލުންވެފަ އެވެ.

ތައިލޭންޑުގެ އިގްތިސާދަށް މުހިއްމު ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށުމުގެ ވިސްނުމުގެ ތެރެއިން މިދިޔަ މާޗް މަހު "ފުކެޓް ސޭންޑްބޮކްސް" ގެ ވާހަކަ ސަރުކާރުން ދައްކަން ފެށި އެވެ.

އެ ސްކީމަކީ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ދެ ހަފްތާ ކަރަންޓީނުގައި މަޑު ކުރުމެއް ނެތި ފުކެޓަށް ދަތުރު ކުރެވޭނެ ގޮތް މަގުފަހިވާ ސްކީމެކެވެ.

ނަމަވެސް މިދިޔަ އޭޕްރިލް މަހު ކޮވިޑުގެ ތިން ވަނަ ރާޅެއް އައުމާ ގުޅިގެން އެ ސްކީމް ތަންފީޒު ކުރުން މަޑުޖައްސާލަން މަޖުބޫރުވި އެވެ.

އެކަމަކު ކަމާ ބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު ބުނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ސޭންޑްބޮކްސް ސްކީމް ތަންފީޒު ކުރަމުން ދާނެ ކަމަށެވެ.

ފުކެޓްގެ އިތުރުން ތައިލޭންޑަށް ދާ ފަތުރުވެރިންގެ މެދުގައި މަގްބޫލު އެހެން ސަރަހައްދުތަކަށް ވެސް އެ ސްކީމުގެ ދަށުން ޒިޔާރަތް ކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮ ސަމުއި އާއި ކޮ ފަނަގަން އާއި ކޮ ޓާއޯ ހިމެނެ އެވެ.

ކަރަންޓީނާ ނުލާ ފަތުރުވެރިންނަށް އެ ތަންތަނަށް ދެވޭނީ ކޮވިޑް ކޭސްތައް މަދުކޮށް ހިފެހެއްޓޭ ނަމަ އެވެ. އެގޮތުން ފުކެޓްގައި ހަފްތާއަކު 90 ކޭސްއަށް ވުރެ ގިނައިން ފެންނަ ނަމަ ސްކީމް މެދުކަނޑާލާނެ އެވެ.

ތައިލޭންޑުގެ އާމްދަނީގެ 20 ޕަސެންޓު ހޯދަނީ ފަތުރުވެރިކަމުންނެވެ. ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ އަސަރު ވަނީ އެހެން ދާއިރާތަކަށް ވެސް ވަރަށް ބޮޑަށް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox