އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުން މަޑުޖައްސާލަން ޖެހިދާނެ: ޕެންޓަގަން

އަފްގާނިސްތާނުގައި އުޅޭ އެމެރިކާ ސިފައިން.---

އަފްގާނިސްތާނުގައި އުޅޭ އެމެރިކާ ސިފައިން.---

ވޮޝިންޓަން، އެމެރިކާ (ޖޫން 22) - ތާލިބާނުން ހޯދަމުންދާ ކުރިއެރުންތަކާ ގުޅިގެން އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުން މަޑުޖައްސާލަން ޖެހިދާނެ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވާފައިވަނީ ސެޕްޓެމްބަރު 11 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމަށެވެ. ކާބީ ވިދާޅުވީ އެ ސުންގަޑި އެގޮތަށް އޮތް ނަމަވެސް، ޝަރުތުތަކާއެކު މަސައްކަތް މަޑުޖައްސާލަން ޖެހުން އެކަށީގެންވާ ކަމަށެވެ.

"ތާލިބާނުން ހަމަލާ އިތުރުކޮށް، ޑިސްޓްރިކްޓުތައް ހިފައި، ހަމަނުޖެހުން ބޮޑުވާ ވަރަކަށް އަފްގާނިސްތާނުގެ ހާލަތު ދަނީ ބަދަލުވަމުން،" ކާބީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާ ގުޅޭ ނިންމުންތައް ނިންމަނީ "ރިއަލް ޓައިމްގައި" ކަމަށާއި ހާލަތު ބަދަލުވާ ވަރަކަށް ނިންމުންތަކަށް ބަދަލު އަންނާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ޕެންޓަގަންގެ އޮފިޝަލުން ބުނީ އަފްގާނިސްތާނުގައި ތިބި ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތުގެ ދެބައިކޮށްފައި އެއްބައި މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ބައިޑެން އަމުރު ކުރެއްވިއިރު، 2،500 ސިފައިންނާއި އެމެރިކާގެ ރައްޔިތުންގެ ތެރެއިން 16،000 ކޮންޓްރެކްޓަރުން އަފްގާނިސްތާނުގައި އުޅެމުން ދިޔަ އެވެ.

މުހިއްމު މަރުކަޒުތަކެއް އަފްގާން ސިފައިންނާ ހަވާލުކޮށްފައި ވާއިރު، ގިނަ އަދަދެއްގެ މުދާ ވެސް މިހާރު ވަނީ އަނބުރާ އެމެރިކާއަށް ފޮނުވާފަ އެވެ.

މި މަސައްކަތް ކުރިއަށް ދާއިރު ވެސް އެމެރިކާ ސިފައިން ދަނީ ތާލިބާނުންނާ ދެކޮޅަށް އަފްގާން ސިފައިންނަށް އެއްބާރުލުން ދެމުން ކަމަށް ކާބީ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox