ޑެންމާކުގެ ތާރީހީ ކާމިޔާބީ ހާއްސަކުރީ އެރިކްސަން އަށް

Jun 22, 2021, 4:54 AM
ޑެންމާކްގެ ޑިފެންޑަރު ކްރިސްޓެންސަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން އެރިކްސަންގެ ޖޯޒީ ނަމްބަރު ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ޑެންމާކްގެ ޑިފެންޑަރު ކްރިސްޓެންސަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރެއިން އެރިކްސަންގެ ޖޯޒީ ނަމްބަރު ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ކޯޕެންހާގެން (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިއާ 4-1 އިން ބަލިކުރުމަށް ފަހު ޑެންމާކުން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، ޑެންމާކުން އެ ކާމިޔާބީ ހާއްސަކުރީ މި ފަހަރުގެ މުބާރާތުން ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު އެ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށެެވެ.

ޑެންމާކަކީ ޔޫރޯގެ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހު މެޗުން މޮޅުވެގެން އަނެއް ބުރުގެ ޖާގަ ހޯދި ފުރަތަމަ ޓީމެވެ. މެޗަށް ފަހު ޑެންމާކުގެ ކުޅުންތެރިންނާއި ކޯޗު ކެޝްޕާ ޖޮލްމަންޑް ވަނީ ރޭގެ އެ މޮޅު އެރިކްސަން އަށް ހާއްސަކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގައި މި މަހު 12 ވަނަ ދުވަހު ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އެރިކްސަން ދަނޑުގެ އަރިމައްޗަށް ހިތްހުއްޓިގެން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު އެރިކްސަންގެ ހާލު ރަނގަޅުވާތީ އެ ރޭ ދެ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު ފިންލެންޑާއި ޑެންމާކުގެ މެޗު ފުރިހަމަކުރި އެވެ. ފިންލެންޑް ވަނީ 1-0 އިން ޑެންމާކް ބަލިކޮށްފަ އެވެ. އެރިކްސަންގެ ހާދިސާ އިން އަރައިނުގަނެވި، ފުރަތަމަ މެޗުން ބަލިވެ، ޑެންމާކުގެ ފެށުން ގޯސްވި އެވެ.

އެރިކްސަން ހޮސްޕިޓަލުގައި އޮވެ ޑެންމާކްގެ ދެ ވަަނަ މެޗު ބަލަން ޖެހުނުއިރު، އެ މެޗުގައި ޑެންމާކް ގޯލެއް ޖަހާފައިވަނިކޮށް ބެލްޖިއަމް ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. އެރިކްސަން މީގެ ހަތަރު ދުވަސް ކުރިން ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ފުރަތަމަ ވެސް ދިޔައީ ޑެންމާކުގެ ޓްރެއިނިން ކޭމްޕަށެވެ. ގޮސް ކުޅުންތެރިންނާ ބައްދަލުކޮށް ރޭ ރަޝިއާ އަތުން މޮޅުވާން އެދުނެވެ. ރަޝިއާ އަތުން ޑެންމާކް މޮޅުވީ 4-1 އިންނެވެ. އެެރިކްސަން ވަނީ އެ ކާމިޔާބީ އަށް ޑެންމާކް ޓީމަށް މަރުހަބާ ކިޔައިފަ އެވެ.

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން ނޯގާޑް ބުނީ މި މޮޅަކީ އެރިކްސަން އަށް ޓަކައި ކުރި ބުރަ މަސައްކަތުން ހާސިލްވި ކަމެއް ކަަމަށެވެ.

"ވަރަށް ގިނަ ކަންކަން ތަަޖުރިބާކޮށްފިން. ދަނޑުމަތީގައި ވެސް. ދަނޑުން ބޭރުގައި ވެސް. މި މޮޅު ހާއްސަކުރަން ބޭނުންވަނީ އެރިކްސަން އަށް. މިއީ ސަޕޯޓަރުންނާއި ކުޅުންތެރިން އެކުވެގެން އެރިކްސަން އަށް ހާއްސަކޮށް ކުރި ކަންތައް،" ނޯގާޑް ބުންޏެވެ.

އެ ޓީމުގެ ކޯޗު ޖޮލްމަންޑް ބުނީ މުޅި ހަފްތާގައި ޑެންމާކް ޓީމުން އެރިކްސަންއާ މެދު ވިސްނައި ވާހަކަ ދައްކައި ހެދިއިރު، މި މެޗުތަކަށް ޓީމު ރޭވުމުގެ ކަންކަމާއި ފުރިހަމަ އަށް ތައްޔާރު ނުވެވުނު ކަމަށެވެ. އަދި ބެލްޖިއަމް މެޗާއި ރޭ ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ކުޅުންތެރިންގެ ސިކުނޑީގައި ހުރީ އެރިކްސަންގެ ކަންތައްތައް ކަމަށް ޖޮލްމަންށް ބުންޏެވެ.

"އަހަރެމެންގެ މުޅި ޓީމު މި ބެލެހެއްޓީ ޑެންމާކް އެންމެން ވެގެން. އެރިކްސަން އަށް ޓަކައި އަހަރެމެން ވަރަށް މަސައްކަތް ކުރެވިއްޖެ. މި ކާމިޔާބީ އަކީ އަހަރެމެން ޓީމެއްގެ ގޮތުގައި އެރިކްސަން އަށް ޓަކައި ހޯދި މޮޅެއް. މި މެޗުން މޮޅުވެގެން އަހަރެމެންނަށް ކަމެއް ހާސިލްނުވެދިޔަ ނަމަ އެއީ ވަރަށް ބޭއިންސާފުންވާނެ ކަމެއް. އަހަރެމެންގެ ނަސީބު ވެސް ރަނގަޅު އަނެއް މެޗުން ވެސް ވީ އަހަރެމެން ބޭނުންވި ގޮތް،" ޖޮލްމަންޑް ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ޑެންމާކް ކުޅުންތެރިން އުފާފާޅުކުރަނީ.

ޑެންމާކަށް އަނެއް ބުރުގެ ފުރުސަތު ލިބުމުގައި ބެލްޖިއަމްގެ ހިއްސާ ވެސް އެބައޮތެވެ. އެއީ ރޭ ބެލްޖިއަމުން 2-0 އިން ފިންލެންޑް ބަލިކުރިއިރު، ބެލްޖިއަމް އެ މެޗުން މޮޅުނުވިނަމަ ޑެންމާކް ކެޓުމުގެ ފުރުސަތު ބޮޑެވެ. ބެލްޖިއަމާއި ޑެންމާކް ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ވަނީ ބެލްޖިއަމް ޓީމު އެދިގެން އެރިކްސަން އަށް ތަރުހީބު ދޭން ވަގުތު ކޮޅެއް ހާއްސަކުރަން މެޗު ހުއްޓާލައިފަ އެވެ. އެއް މިނިޓަށް އެ މެޗު ހުއްޓާލިއިރު، ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެރިކްސަން އަށް ތަރުހީބު ދިނެވެ.

ރޭގެ މެޗުގައި ރަޝިއާ ކޮޅަށް ޑެންމާކްގެ ތިން ވަނަ ލަނޑު ޖެހި އަންދްރެއަސް ކްރިސްޓެންސަން ވަނީ ތިން ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، އިނގިލީގެ އިޝާރާތުން ވަނީ އެރިކްސަންގެ ޖޯޒީ ނަމްބަރު 10 ދައްކައިފަ އެވެ.

"މިއީ ހަމަ އެރިކްސަން އަށް ޓަކައި ކުރި ބުރަ މަސައްކަތްތަކެއް. މި މުބާރާތުގައި އެރިކްސަން ޓީމުގައި ނެތަސް އަހަރެމެންނާ އެކު އޭނާ ވާކަން އިހުސާސްކުރެވޭ،" ކްރިސްޓެންސަން ބުންޏެވެ.

ކްރިސްޓެންސަން ބުނީ މީގެ އޮތް ދެރަކަމަކީ ގްރޫޕް ސްޓޭޖުގެ ތިން މެޗު ޑެންމާކުގައި ކުޅެފައި ދެން މި ސަޕޯޓަރުންގެ ކުރިމަތީގައި މި ދަނޑުގައި ނުކުޅެވުން ކަމަށެވެ.

ޑެންމާކް ނޮކައުޓް ބުރުގައި ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭނީ ވޭލްސްއާ އެވެ. އެ މެޗު ކުޅޭނީ ނެދަލެންޑްސްގެ އާމްސްޓެޑަމްގަ އެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ޑެންމާކްގެ ރަސްމީ ޕާކެން ސްޓޭޑިއަމް ނޫން ދަނޑެއްގައި ޑެންމާކުން ކުޅޭނެ ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox