ޓީމު ކުޅިވަރުތަކަށް ބައިނަލްއަގުވާމީ ތަމްރީން ފުރުސަތުތައް ހޯދައިދެވޭނެ

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.- ފޮޓޯ: ރައީސް އޮފީސް.

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.- ފޮޓޯ: ރައީސް އޮފީސް.

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ ތަމްރީން ފުރުސަތުތައް ހޯދައިދޭ ގޮތަށް ނޫން ކަމުގައި ވިޔަސް އެކި އެކި ގޮތްގޮތުން ޓީމު ކުޅިވަރު (ޓީމް ސްޕޯޓްސް) ތަކަށް ވެސް ބޭރުގެ ފުރުސަތުތައް ހޯދަން މަސައްކަތްކުރުމުގެ ވިސްނުން އެބަހުރި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީީ) ވިދާޅުވެއްޖެ އެވެ.

އޮލިމްޕިކް ކޮމިޓީން އިސްވެ، ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ އިންޑިވިޖުއަލް އެތުލީޓުންނަށް ބޭރުން ސްކޮލަޝިޕް ހޯދައިދީގެން އެ ކުޅުންތެރިން ތަމްރީންކޮށްގެން ވަނީ ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދީފަ އެވެ. ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން އޮލިމްޕިކް ކޮމިޓީން ވަނީ އެގޮތަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

މި މަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރެއްވި ސައްތާރު ވިދާޅުވީ އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތްތައް ކުރަން ވިސްނާއިރު، ބައިނަލްއަގުވާމީ ގޮތުން އިންޑިވިޖުއަލް އަދި ޓީމު ކުޅިވަރުތަކަށް ވެސް ތަމްރީން ދެވޭނެ ގޮތްތަކެއް ހޯދިދާނެ ކަމަށެވެ.

"މި ދޭތެރެއިން ތަންކޮޅެއް ކުރިން ފުޓްބޯޅައިގައި ވެސް އެބަހުރި އެ ގޮތަށް ވިސްނާފައި. ބާސެލޯނާ އަށް ވެސް ސްޕެއިނަށް ވެސް ފޮނުވި ކަންނޭނގެ. އެ ކަހަލަ ފުރުސަތުތައް ވެސް ބަލަންޖެހޭނެ. ޓީމު ސްޕޯޓްސް ތަަކަށް ވެސް ބައެއް އިންޑިވިޖުއަލް ކުޅުންތެރިން ރަނގަޅު ކުރީމަ މުޅި ޓީމު ވެސް ރަނގަޅުވާނެ،" ސައްތާރުގެ ވިސްނުން ހިއްސާކުރެއްވި އެވެ.

ސްވިމިންގެ އިވެންޓެއްގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސައްތާރު ވިދާޅުވީ ޓީމު ކުޅިވަރުތަކުގައި ވެސް ވިސްނަން ޖެހޭނީ ޖުމްލަކޮށް މުޅި ކުޅިވަރުގެ ތަރައްގީ އަށް ކަމަށާއި ފުރުސަތު ހޯދަން ޖެހޭނީ ހުރިހާ ދާއިރާ އަކަށް ބަލައިގެން ކަމަށެވެ.

"ޓީމް ސްޕޯޓްސް (ޓީމު ކުޅިވަރު) ތަކުގައި ވެސް ރަނގަޅު ކޯޗުންނާ އެއްޗެހި ގެނެވިގެން އެކަމުގެ ތަޖުރިބާކާރު ރަނގަޅު މީހުން ގެނެވިގެން އެކަންކަން ކުރެވޭނީ. މިއީ އެކްސްޕްލޯ ކުރެވިދާނެ ކަންކަން. އެހެންވީމަ ވޯކް ކުރާނީ އެސޯސިއޭޝަންތަކާ އެކު،" ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވި އެވެ.

"މިސާލަކަށް ޓީމް ސްޕޯޓްސް އެއް ވެއްޖިއްޔާ ކޮންކޮން ކަމެއްތޯ އެ މީހުން އެ ކަންތައްތައް ރަނގަޅުކުރަން ކުރެވޭނީ. އެ މީހުންގެ ވެސް ހުރި އިޝޫސްތަކާ (މައްސަލަތަކާ) އެއްޗެހި ބަލާނީ. އެ ކަހަަލަ ކަންތައްތަކުން އޮލިމްޕިކް ކޮމިޓީ އަށް ކޮށްދެވުނު ހުރިހާ ކަމެއް އެ ސްޕޯޓްސް އެއް ކުރިއެރުވުމަށް އަޅުގަނޑުމެން ބަލާނަން،"

ޓީމު ކުޅިވަރުތަކުގެ ބައެއް ކުޅުންތެރިން ވަނީ އަމިއްލަ ހަރަދުގަޔާއި އެސޯސިއޭޝަންތަކަށް ލިބުނު ފުުރުސަތުތަކެއްގައި ޔޫރަޕްގެ އެކެޑެމީތަކާ އެކު ސެޝަންތަކެއްގައި ބައިވެރިވެފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރާއްޖޭގެ ވަކި ކުޅިވަރެއް ބެލުމެއް ނެތި ކޯޗުންނާއި ކުޅިވަރު އެޑްމިނިސްޓްރޭޓަރުން ތަރައްގީ ކުރުމަށް ވެސް ބައިނަލްއަގުވާމީ ގޮތުން ސްކޮލަޝިޕް ހޯދައިދެ އެވެ. މީގެ ސްކޮލަޝިޕްތައް ފުރިހަމަކޮށްގެން އަންނަ ފަރާތްތަކުން މިހާރު ވެސް އަންނަނީ އެކި ކުޅިވަރުތަކަށް ހިދުމަތްތައް ކޮށްދެމުންނެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ޓީމު ކުޅިވަރުތަކުގެ ކުޅުންތެރިން ތަރައްގީ ކޮށްފައި ހުރި އެއްގޮތަކީ ހުނަރުހުރި ވަކިވަކި ކުޅުންތެރިން ގައުމުން ބޭރަށް ފޮނުވައިގެންނެވެ. އެ ގޮތަށް ފޮނުވަނީ، ފެންވަރު ރަނގަޅު ވަސީލަތްތަކާއި ވާދަވެރިކަން ބޮޑެތި ގައުމުތަކުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

ޓީމު ސްޕޯޓްސް އެއްގެ ތެރެއިން ރާއްޖޭގެ ޓީމެއް އެއްކޮށް ގޮސް މިހާތަނަށް ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައިވަނީ އެންމެ ޓީމަކުުންނެެވެ. އެއީ މި ސަރުކާރުން ހޯދައިދިން ފުރުސަތެއްގައި ދެ ފަހަރެއްގެ މަތިން ގައުމީ ފިރިހެން ވޮލީ ޓީމު ސާބިއާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox