އެރިކްސަން އަށް ޓަކައި ޑެންމާކުން ރަޝިއާ ބަލިކުރަން ނުކުންނަނީ

Jun 21, 2021, 5:47 AM
މި ފަހަރުގެ ޔޫރޯ އަށް ޑެންމާކުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ޖޮލްމަންޑް (ކ) އާއި އެރިކްސަން ވާހަކަ ދައްކަނީ.

މި ފަހަރުގެ ޔޫރޯ އަށް ޑެންމާކުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ޖޮލްމަންޑް (ކ) އާއި އެރިކްސަން ވާހަކަ ދައްކަނީ.

ކޯޕެންހާގެން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް ރަޝިއާއާ ދެކޮޅަށް ޑެންމާކުން ނުކުންނައިރު، އެކަން ހާސިލް ކުރާނީ އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން އަށް ޓަކައި ކަމަށް ޑެންމާކުގެ ކޯޗު ކެޝްޕާ ޖޮލްމަންޑް ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި މަހު 12 ވަނަ ދުވަހު ޑެންމާކުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް އެރިކްސަން ދަނޑުގެ އަރިމައްޗަށް ހިތްހުއްޓިގެން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު އެރިކްސަންގެ ހާލު ރަނގަޅުވާތީ އެ ރޭ ދެ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު ފިންލެންޑާއި ޑެންމާކުގެ މެޗު ފުރިހަމަކުރި އެވެ. ފިންލެންޑް ވަނީ 1-0 އިން ޑެންމާކް ބަލިކޮށްފަ އެވެ.

އެރިކްސަން ހޮސްޕިޓަލުގައި އޮވެ ޑެންމާކްގެ ދެ ވަަނަ މެޗު ބަލަން ޖެހުނުއިރު، އެ މެޗުގައި ޑެންމާކް ގޯލެއް ޖަހާފައިވަނިކޮށް ބެލްޖިއަމް ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. އެރިކްސަން މީގެ ތިން ދުވަސް ކުރިން ކާމިޔާބު އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ފުރަތަމަ ވެސް ދިޔައީ ޑެންމާކުގެ ޓްރެއިނިން ކޭމްޕަށެވެ. ގޮސް ކުޅުންތެރިންނާ ބައްދަލުކޮށް މިރޭ ރަޝިއާ އަތުން މޮޅުވާން އެދުނެވެ. އެރިކްސަން ވަނީ ރަޝިއާ މެޗުގައި ޑެންމާކަށް ސަޕޯޓްކުރަން އެންމެ ކުރީގައި ހުންނާނެ ކަމަށް ވެސް ބުނެފަ އެެވެ.

ރަޝިއާއާ ދެކޮޅަށް ކުޅޭ މިރޭގެ މެޗުގެ ކުރިން ޑެންމާކުގެ ކޯޗު ޖޮލްމަންޑް ބުނީ ޑެންމާކް ކުޅުންތެރިންގެ ހިތާއި ސިކުނޑީގައި އެރިކްސަން ވާނެ ކަމަށާއި އެރިކްސަން އަށް ޓަކައި އަބަދުވެސް މި ޓީމު އޮންނާނެ ކަމަށެވެ.

"އަހަރެމެން ޓީމެއްގެ ގޮތުގައި އޮންނާނީ. އަހަރެމެން އެރިކްސަން އަށް ޓަކައި ރަޝިއާ ބަލިކުރަން ބޭނުން. އަހަރެމެން މި މުބާރާތުން ވަކިވެގެން ދާން ބޭނުމެއް ނޫން،" ޖޮލްމަންޑް ބުންޏެވެ. " އަހަރެމެންގެ ބާރުގައި އޮތީ މޮޅުވުން. މޮޅުވެގެން އެ ދާނެ ހިސާބަކަށް ދާނެ. މޮަޅުވާން ބޭނުމީ އެރިކްސަން އަށް ޓަކައި،"

ގްރޫޕް ބީ އިން މި ވަގުތު އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި އޮތީ ބެލްޖިއަމުންނެވެ. ބެލްޖިއަމް ވަނީ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ރަޝިއާ އާއި ތިން ވަނައިގައި އޮތް ފިންލެންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޑެންމާކަށް އަނެއް ބުރުން ފުރުސަތު ލިބެން އޮތީ މިރޭ ރަޝިއާ އަތުން 2-0 އިން މޮޅުވެ، ބެލްޖިއަމުން ފިންލެންޑް ބަލިކޮށްފިނަމަ އެވެ.

ޖޮލްމަންޑް ބުނީ އެރިކްސަން ޓީމުގެ ޓްރެއިނިން ބޭސް އަށް އައިސް ކުޅުންތެރިންނަށް ދިން ހިތްވަރާ އެކު ޓީމު އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

ޑެންމާކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ބަލިވެފަ އެވެ. އެއީ 1988 ވަނަ އަހަރުގެ މުބާރާތާއި 2000 ވަނަ އަަހަރުގެ މުބާރާތުގަ އެވެ. ތިން ވަނަ ފަހަރަކަށް އެ ކަން ތަޖުރިބާކުރަން އެ ޓީމުން ބޭނުމެއް ނުވެ އެވެ.

ފަސް އަހަރު ތެރޭ ބޮޑު މުބާރާތެއްގައި ރަޝިއާ ރަށުންބޭރުގައި މެޗެއް ކުޅެނީ

މި ފަހަރުގެ މުބާރާތުގައި ރަޝިއާ ފުރަަތަމަ ކުޅުނު ދެ މެޗު ވެސް އޮތީ އެ ގައުމުގަ އެވެ. މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަކީ ރަޝިއާ އިން މި ފަހަރުގެ ޔޫރޯގައި އަމިއްލަ ގައުމުން ބޭރުގައި ކުޅޭނެ ފުރަތަމަ މެޗެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ ގައުމުން ބޭރުގައި ބޮޑު މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ރަަޝިއާ އިން އެންމެ ފަހުން ބޮޑު މުބާރާތެއްގައި ރަށުންބޭރުގައި މެޗެއް ކުޅުނީ 2016 ވަނަ އަހަރުގެ ޔޫރޯގަ އެވެ. ފީފާ ވޯލްޑް ކަޕް 2018 ވަނަ އަހަރު ބޭއްވީ ރަޝިއާގަ އެވެ. އެހެންކަމުން ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޮޑު މުބާާރާތެއްގައި ރަޝިއާ އެހެން ގައުމެއްގައި މެޗެއް ކުޅެން ނުކުންނައިރު، ތައްޔާރީތައް ވަރަށް ފުރިހަމަވާން ޖެހޭނެ ކަމަށް ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް ގަބޫލުކުރެ އެވެ.

"މިއީ މައްސަލައެއް ނޫން. އަހަރެމެން މައްސަލަ އޭ މި ކިޔޭ ބަސް ވެސް ބޭނުން ނުކުރެވޭތޯ މި ބަލަނީ. މިދިޔަ ފަސް ވަރަކަށް އަހަރު މިދިޔައީ މިހެން. މިއީ ހާލަތެއް. ހާލަތެއް ކުރިމަތިވެއްޖެނަމަ އެންމެ މޮޅު ގޮތަކީ އެ އަށް ހޭނުން،" ޗެރްޗެޝޯފް ބުންޏެވެ.

ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް.

ޑެންމާކް އަތުން މޮޅެއް ހޯދައިގެން ރަޝިއާ އަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. މިރޭގެ މެޗު ކުޅޭ ޑެންމާކުގެ މަޝްހޫރު ޕާކެން ސްޓޭޑިއަމްގައި 2012 ވަަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން ރަޝިއާ ވަނީ 2-0 އިން ޑެންމާކް ބަލިކޮށްފަ އެވެ.

ޗެރްޗެޝޯފް ދެކޭ ގޮތުގައި ރަޝިއާ އިން މި މެޗުގައި ބޮޑަށް ފޯކަސް ކުރަންވީ މެޗުން ނަތީޖާ ނެރެވޭނެ ގޮތަކަށް ކަމަށާއި ސަޕޯޓަރުން ކޮށްފާނެ ޕްރެޝަރަކަށް ބަލަައިގެން މެޗަށް ތައްޔާރުވެއްޖެނަމަ މީގެ ގެއްލުން ބޮޑު ކަމަށެވެ.

"އަހަރެމެންގެ ކޮންޓްރޯލްގައި އޮތީ ރަނގަޅަށް މެޗު ކުޅުން. އެކަން ކުރަންވީ. އެހެން ކަންތައްތަކަށް ފޯކަސް ކުރުމުގެ ބޭނުމެއް ނެތް،" ޗެރްޗެޝޯފް ބުންޏެވެ.

ފުރަތަމަ މެޗުން ބެލްޖިއަމް އަތުން ބަލިވި ނަމަވެސް ރަަޝިއާ ވަނީ ދެ ވަނަ މެޗުން ފިންލެންޑް ބަލިކޮށްފަ އެެވެ. ރަޝިއާ އިން އެންމެ ފަހުން ޔޫރޯއެއްގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވީ 2008 ވަނަ އަހަރު އެވެ. ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހު މެޗުން އެންމެ ފަހުން ރަޝިއާ މޮޅުވީ ވެސް 2008 ވަނަ އަހަރު އެވެ. އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗުން ރަޝިއާ އަށް މޮޅެއް ނުލިބެ އެވެ.

މިރޭ ރަޝިއާ އާއި ޑެންމާކް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި ބެލްޖިއަމް އާއި ފިންލެންޑް ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox