ގައިނީ ޓިފްސް: ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރަން ރަނގަޅުވާނެތަ؟

ގައިނީ ޓިފްސް: ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރަން ރަނގަޅުވާނެތަ؟

ޕްރައިމަރީގައި އުޅުނު އިރު، ދައްތަ މަހަކު އެއް ފަހަރު އޮފީހަށް ސަލާމް ބުނާ ސަބަބެއް އުޅެ އުޅެ ނުވިސްނުނެވެ. އެއީ ކޮންމެ މަހަކު ޕްލޭންކޮށްގެން އޭނާ ނަގާ އޮފެއް ކަމެއް ނޫނީ ހާއްސަ ޑޭޓެއް އަންނާތީ ނަގާ އޮފެއް ކަމެއް ނޭނގެ އެވެ. އަހަންނަށް ނޭނގޭ ވަރުގެ ބައްޔެއް އޭނަގެ ހުންނަނީ ހެއްޔެވެ؟ "ކިއުރިއަސް" ވެގެން އަހާލާ ކޮންމެ ފަހަރަކު މޫނަށް ވައްތަރެއް ގެނެސްފައި އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެ އެނދަށް ގުޅައަކަށް ޖެހިގަނެގެން އޮންނަނީ އެވެ.

އެއީ ހަމަ ބަލި ވާތީ އެވެ - ވަނީ ކީއްކަން އަހަންނަށް އެނގޭ ވަރު ވީ ގުރޭޑް ހަތެއްގައި އުޅެނިކޮށް މައްސަރުގެ ކަންތައް ލައްވައިލީމަ އެވެ. އެކި ކަހަލަ ޖޫހާއި ކާއެއްޗިއްސާ އެކު ޕެޑު ފޮއްޓެއް ހިފައިގެން މަންމަ ގެއަށް އައިސް ވަނުމުން ގަތް ލަދާއި އައި ރުޅީގައި އެއްޗެއް ބުނަން އުޅެފައި ވެސް ހުއްޓާލީ ދަށް ބަނޑުގައި އަޅަމުންދިޔަ ވޭންވަރެއްގެ ބޮޑުކަމުންނެވެ. ޖެހި ޖެހިގެން ދެ ދުވަސް ވީ އިރު ވެސް އެނދުމަތީގައި ފައި ކުރުކޮށްގެން ގުޅައަކަށް އޮތުން ނޫން ކަމެއް ނުކުރެވުނެވެ. އެ ހަފްތާގެ ޕީއީ ގަޑީގައި ވެސް ޓީޗަރު ކައިރިން ހުއްދަ ހޯދައިގެން ބައިވެރިއެއް ނުވަމެވެ.

ހިތްވަރު ކޮށްފައި ކުޅުމުގައި ބައިވެރިވި ނަމަ އެބުނާ "ފީލް-ގުޑް" ކަސްރަތު ހޯމޯނަކުން ދަށްބަނޑުގައި ރިހުނު ރިހުމަށް ލުޔެއް ލިބުނީސް ހެއްޔެވެ؟

ޕީރިއަޑް ވުމުން ދަށް ބަނޑުގައި ރިއްސައި ބަލިވަނީ ކީއްވެ؟

ފުރަތަމަ މި ޕީރިއަޑް "ކްރޭމްޕްސް" އެއް އަންނަ ގޮތެވެ. އަންހެން ކުއްޖަކު ފުރާވަރަށް އަޅައި ޕީރިއަޑް ވާން ފަށާ ހިސާބުން މަހަކު އެއް ފަހަރު ހަށިގަނޑުގައި ޕްރޮސްޓަގްލެޑިންސް ކިޔާ ހޯމޯނެއް އުފައްދަ އެވެ. މީގެ ސަބަބުން ޔުޓިރަސް ގެ ދެފަރާތުގައި ބޯވެފައި ހުންނަ ލޭގެ ފަށަލަތައް ފައިބަން މެދުވެރިވެ އެވެ. މި ޕްރޮސްޓަގްލެޑިން އެއް އެކި މީހުންގެ ހަށިގަނޑުން އުފައްދާނީ އެކި މިންވަރަށެވެ. މަޔޯ ކްލިނިކް ވެބްސައިޓްގައި ބުނެފައިވާ ގޮތުން، މި ހޯމޯން ހަށިގަނޑުގައި ގިނައިން އުފައްދާ ވަރަކަށް ރިހުން ގަދަ ވެ އެވެ. މާ ގިނައިން މި ހޯމޯން ހަށިގަނޑުގައި އުފެދޭ މީހުންގެ ކްރޭމްޕްސް ސިވިއާ ވެފައި، ހޮޑުލުމާއި ވަރުބަލިކަން ވެސް އިހުސާސް ކުރެ އެވެ.

ޔުޓިރަސްގެ ލޭގެ ފަށަލަ ފައިބައި ތުނި ވާ ވަރަކަށް ޕްރޮސްޓަގްލެޑިން އުފައްދައިދޭ މިންވަރު ދަށްވަމުން ދެ އެވެ. ޕީރިއަޑް ފަށައިގެން ފުރަތަމަ ތިން ދުވަހު ނުވަތަ "ހެވީ ފްލޯ" ތިން ދުވަހު ބޮޑަށް ކްރޭމްޕްސް ހުންނަ ސަބަބަކީ މިއީ އެވެ. އަދި ދެތިން ދުވަހަށް ފަހު ތަދު ކުޑަވެ ނުވަތަ ނޯމަލްވާ ސަބަބަކީ ވެސް މިއެވެ.

ޕީރިއަޑް ދުވަސްވަރު ވަރުބަލިވެ މޫޑީ ވުމަކީ އަންހެން ހޯމޯން ނުވަތަ އީސްޓްރަޖަން ލެވެލް އަށް ބަދަލު އައުމުގެ ސަބަބބުން ވެސް ވެދާނެ ގޮތެކެވެ. މަޔޯ ކްލިނިކްގެ ސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުން، ހަށިގަނޑުގެ އަޔަން ލެވެލް ނުވަތަ ދަނގަނޑުގެ ބައި މަދުވުމަކީ ވެސް މިހެން ވާން މެދުވެރިވެދާނެ ސަބަބެކެވެ.

ޕީރިއަޑް ވެފައި ހުންނަ އިރު ކަސްރަތުކުރަން ރަނގަޅުތަ؟

އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ ނަޒްމާ ހަމީދު ވިދާޅުވި ގޮތުގައި ޕީރިއަޑް ޕީރިއަޑް ދުވަސްވަރު ކަސްރަތު ނުކުރުމަށް ސައިންސުން ސާބިތުވާ ސަބަބެއް ނެތެވެ. އެހެން ނަމަވެސް، އެންޑޯމެޓްރިއޯސިސް އާއި ޔުޓިރައިން ފައިބްރޮއިޑްސް ހުންނަ މީހުންނާއި ޕީރިއަޑް ވާއިރު އާންމުކޮށް ކްރޭމްޕްސް އަންނަ މީހުންނަށް ފުރަތަމަ ދެތިން ދުވަހު ފުދޭ ވަރަކަށް ތަދު އިހުސާސް ކުރެވޭނެ އެވެ. އެފަދަ މީހުން ހަށިގަނޑަށް ބުރަ ނޫން، ލުއި ކަސްރަތު ކުރުމަކީ މައްސަލައެއް ނޫން ކަމަށް އޭޑީކޭގެ ޑޮކްޓަރު ވިދާޅުވި އެވެ.

"ދެންމެ މި ދެންނެވި ފަދަ ޕޭޝަންޓުންނަށް ފުރަތަމަ ދެތިން ދުވަސް ފުދޭ ވަރަކަށް ޕެއިންފުލް ވާނެ. ފުދޭ ވަރަކަށް ބްލީޑް ވެސް ވާނެ. އެހެންވީމަ، ކަސްރަތުގެ ގޮތުގައި ޓްރެޑްމިލްއެއްގައި ވިޔަސް ހިނގާލުން ކަހަލަ ކަސްރަތު ކުރެވިދާނެ،" ނަޒްމާ ވިދާޅުވި އެވެ.

އެހެންވީމަ ޕީރިއަޑް ވާ ދުވަސްވަރު ކަސްރަތާއި މުޅިން ދުރުވާން ބޭނުން ނުވާނަމަ، މިފަދަ ލުއި ކަސްރަތެއް ކުރެވިދާނެ އެވެ. ޔޯގާގެ ބައެއް ހަރަކާތްތައް ވެސް ކުރެވިދާނެ އެވެ. އެކަމަކު ޔޯގާ ކުރާ އިރު، ހެޑް ސްޓޭންޑް ފަދަ އެކޮޅު ކޮޅުން އޮވެގެން ކުރާ ހަރަކާތްތައް ކުރަން ރަނގަޅެއް ނޫނެވެ.

ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރާއިރު މިފަދަ ކަސްރަތު ތައް ކުރުން ރަނގަޅެއްް ނޫން
ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރާއިރު މިފަދަ ކަސްރަތު ތައް ކުރުން ރަނގަޅެއްް ނޫން

ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރާއިރު މިފަދަ ކަސްރަތު ތައް ކުރުން ރަނގަޅެއްް ނޫން

ޑރ ނަޒްމާ ވިދާޅުވީ، ކަސްރަތު ކުރުމަކީ ހަށިގަނޑުގައި ހެޕީ ކެމިކަލް ނުވަތަ އެންޑޯފިން އުފައްދައިދޭ ކަމެއް ކަމުން، ޕީރިއަޑް ދުވަސްވަރު ހަށިގަނޑަށް ބުރަ ނުވާ ގޮތަށް ލުއިކޮށް ކަސްރަތު ކޮށްލުމަކީ މޫޑު ރަނގަޅުވެ، ޕީރިއަޑްގެ ތަދަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިއްބެން އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

"އެކަމަކު، ކޮންމެ ކަހަލަ ކަސްރަތެއް ކުރިޔަސް، މާ ބޮޑަށް ވަރުބަލިވެ، ނުވަތަ އާދަޔާ ހިލާފަށް ލޭ އަންނަ ނަމަ ނުވަތަ ތަދު ބޮޑުވާ ނަމަ ހުއްޓާލަން ވާނެ، ކަސްރަތުގެ ސަބަބުން ތަދު އިތުރު ވާނަމަ ހުއްޓާލުމަކީ މުހިއްމު ކަމެއް،" ޑރ ވިދާޅުވި އެވެ.

ހެވީ ފްލޯ ދުވަސްތަކުގައި ލޭ އަންނަ މިންވަރު އަންދާޒާކުރާއިރު ޕެޑެއް އެއްކޮށް ސޯކް ވާ ވަގުތު ބަލައިލެވިދާނެ އެވެ. ގާތްގަނޑަކަށް ގަޑި އިރެއް ތެރޭ ޕެޑު އެއްކޮށް ތެމޭ ވަރަށް ބްލީޑް ވާނަމަ ކަސްރަތު ކުރާނެ ކަމެއް ނެތެވެ. 30 މިނިޓް ތެރޭގައި ޕެޑެއް އެއްކޮށް ތެމޭ ވަރަށް ބްލީޑް ވާނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ.

ކަސްރަތު ކުރިޔަސް، ނުކުރިޔަސް، ކެއުމަށް ސަމާލުކަން ދޭން ވާނެ!

ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރުމާއި ނުކުރުމަކީ އޮތް ޗޮއިސް އެކެވެ. އެކަމަކު ގަވާއިދުން ހެލްތީ ކޮށް ކެއުމަކީ ޗޮއިސް އެއް ނޫނެވެ. އެއީ ކޮންމެހެން ފަރުވާތެރިވާންވީ ކަމެކެވެ.

"މިއީ މިހާރު ވަރަށް ބޮޑު އިޝޫއެއް ހާއްސަކޮށް ޅަ ފުރައިގެ ކުދިންގެ ތެރޭގައި. ޕީރިއަޑް ގެ ފުރަތަމަ ދެތިން ދުވަހު ތަދު ވާތީ އެނދުން ތެދު ނުވެ އެއްޗެއް ނުކައި ނުބޮއެ ގިނަ ކުދިން ދުވަސް އެބަ ސްޕެންޑް ކުރޭ. މީގެ ސަބަބުން ހަށިގަނޑު ދެރަވަރުވުމުގެ އިތުރަށް ތަދު ވެސް އިތުރުކޮށްދޭ،" ޑރ ނަޒްމާ ވިދާޅުވި އެވެ.

އެހެންކަމުން ޕީރިއަޑް ދުވަސްވަރު ސިއްހަތަށް ރަނގަޅު ކާއެއްޗެހި ކެއުމަށް އިސްކަން ދޭންވާނެ އެވެ. ހާއްސަކޮށް ދަގަނޑުގެ ބައި ގިނަ ކާއެއްޗެހި ކާން އާދަކުރަން ވާނެ އެވެ. ހޮމޮގްލޮބިން ގިނައިން ލިބިދޭ ގިނަ ކާނާގެ ތެރޭގައި ސްޕިނެޗް އާއި ރެޑް މީޓް ފަދަ ކާއެއްޗެހި ހިމެނެ އެވެ.

އެހެންވީމަ، ޕީރިއަޑް ދުވަސްވަރު ކަސްރަތު ކުރަން ކޮންމެހެން ބޭނުންވާނަމަ ކަސްރަތު ވެސް ކުރަންވީ އެވެ. އެކަމަކު މި ބުނި ކަންތައްތައް ހަނދާނުގައި ބަހައްޓަންވާނެ އެވެ. ކަސްރަތު ކުރަން ކޮންމެހެން ބޭނުންނުވާނަމަ އެ ދުވަސްކޮޅަށް ރެސްޓެއް ނަގާލާށެވެ. އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox