މަހްލޫފްވީމާ ދައުވާނުކުރާކަށް ނޫޅެން، ބޭނުންވާ ކަންކަން ފުރިހަމަވުމުން ގޮތެއް ނިންމާނަން: ޕީޖީ

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: މަހްލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އޭސީސީއަށް އެންގި ކަންކަން ފުރިހަމަވުމުން ކަމަށް ވިދާޅުވި. -- ފޮޓޯ/އަދަދު

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: މަހްލޫފްގެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އޭސީސީއަށް އެންގި ކަންކަން ފުރިހަމަވުމުން ކަމަށް ވިދާޅުވި. -- ފޮޓޯ/އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ އުފުލައިދޭން އެދިފައިވާ މައްސަލައިގައި، ޕީޖީ އޮފީހުން ބޭނުންވާ ކަންކަން ފުރިހަމަވުމުން ގޮތެއް ނިންމަވާނެ ކަމަށް ޕޮރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުމުން ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ އޭސީސީގައި އެދިފަ އެވެ. މީގެ މާނައަކީ މިނިސްޓަރު މަހްލޫފަށް ވާތީ ދައުވާނުކުރުން ނޫން ކަމަށާއި ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައިގެ އިދާރީ ކަންކަމާއި އެހެން ހުރި ހުރިހާ ކަމެއް ފުރިހަމަކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ހިޔާނާތުގެ ތަހުގީގަކީ ފުލުހުންނާއި ޕީޖީ އޮފީހާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ވެފައި މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޑިއުޓީ ޕްރޮސިކިއުޝަން ވެސް ދެ އެވެ. މިގޮތަށް މި މަޝްވަރާތައް ހިނގާއިރު، އަލުން ކަންތައްތަކެއް ފުރިހަމަކުރަން ފޮނުވާލި ސަބަބާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ ތަހުގީގުގައި ޕީޖީ އޮފީހަށް އޮންނަނީ ސުޕަވައިޒަރީ ރޯލެއް ކަމަށެވެ. އޭގެތެރޭގައި ލަފާ އެރުވުމާއި އިތުރަށް ބަލަންވީ ކަންކަން ވެސް ސާފުކޮށްދެއްވާ ކަމަށެވެ.

Advertisement

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ދައުވާކުރަން މައްސަލައެއް ފޮނުވާ ހިސާބުން ޕީޖީ އޮފީހަށް މުހިއްމުވަނީ ކޯޓުގައި އެ މައްސަލަ ސާބިތުކުރެވޭވަރުގެ ހެކި ހުރިތޯ ބެލުން ކަމަށެވެ. އެއީ ކޯޓުން އަންނާނެ ސުވާލުތައް ތަސައްވަރު ކުރެއްވޭތީ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހްލޫފަށް ދައުވާކުރަން އެދުނު މައްސަލައިގައި ވެސް ކަންތައްތަކެއް ފުރިހަމަކުރަން އެދުނީ އެހެންވެ އެވެ.

"އެ ކަހަލަ އިދާރީ ކަމެއް މިއުޅެނީ. ތަފްސީލަކަށް ދާކަށް ނެތިން," ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވޭ އަޅުގަނޑުމެންގެ މިސްޓޭކަކުން ވަކި އެއްޗެއް ހޯދިފައި ނެތިގެން ނުވަތަ ނުހޯދިގެން އެ ކަހަލަ އިދާރީ ކަމަކާ ގުޅިގެން މި ނިންމުމަށް ނުވަތަ ދައުވާކުރުމަށް, ނުވަތަ ކޯޓުން ސާބިތުނުވެ ހިނގައިދާނެތީ."

ބައެއް ކަންކަން ފުރިހަމަކުރަން އެންގީ ވަކި މީހެއްގެ މައްސަލައަކަށްވީތީތޯ ނޫސްވެރިންގެ ތަކުރާރުކޮށް ސުވާލުކުރުމުން ޝަމީމް ވިދާޅުވީ ވަކި މީހަކަށް ވީތީ ދައުވާކުރަން ނުވަތަ ނުކުރަން ނިންމައިފައެއް ނޯންނާނެ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވަނީ އަޅުގަނޑު ބިރުގަންނަނީއޭ. ކޮން ކަމަކާތޯ ބިރުގަންނަނީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ވެސް ސްޓޭޓް މިނިސްޓަރުންގެ މައްޗަށް ދައުވާ އުފުއްލެވިކަން ޝަމީމް ފާހަގަކުރެއްވި އެވެ. އޭނާއަކީ ކުރީގެ ރައީސުންގެ މައްޗަށް ދައުވާކުރަން ޖެހުނު މީހެއް ކަމަށާއި އެފަދަ ކަމަކުން ވާނެ ގެއްލުމެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox